Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަޖެޓް 2021

މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި 2021 ވަނަ އަހަރު ފެނާ ނަރުދަމާގެ އަމަލީ މަސައްކަތް ފެށޭނެ!

ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޚައްޤެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 ނޮވެމްބަރު 2020 | ހޯމަ 04:46
ފެނާ ނަރުދަމާގެ ނިޒާމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤެއް ކަމަށް މިނިސްޓަރ ވިދާޅުވި

ފެނާ ނަރުދަމާގެ ނިޒާމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްޤެއް ކަމަށް މިނިސްޓަރ ވިދާޅުވި

މިހާތަނަށް މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި 2021 ވަނަ އަހަރު ފެނާ ނަރުދަމާގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެ އެވެ.

2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުގައި އިއްވަވަމުން ހޯމަ ދުވަހުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ، ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޚައްޤެއް ކަމަށެވެ. އަދި ސަރުކާރުން ވަޢުދު ވެފައިވާ ގޮތަށް، 2023 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ސާފު ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމު ކުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 143 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި 998.5 މިލިއަން ރުފިޔާ ހިމަނާފައިވާނެކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއީ ވޭތުވެދިޔާ އެއްވެސް ސަރުކާރަކުން އަތޮޅުތަކުގައި ހިންގާފައި ނުވާވަރުގެ ބޮޑު މަޝްރޫޢެއް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިހާތަނަށް މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި 2021 ވަނަ އަހަރު ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަކީވެސް އަންނަ އަހަރަށް ކަނޑައަޅާފައިވާ މުހިއްމު އަމާޒެއް ކަަމަށެވެ.

ރަށް ރަށުގެ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި އޮތުމުން އެކަމުގެ ކަންބޮޑުވުން އެކި ރަށްރަށުން ފާޅު ކޮށްފައިވާއިރު، މި ސަރުކާރުން ގެންދަނީ ކޮވިޑް ގެ މި ޙާލަތުގައިވެސް އަތޮޅު ތެރޭގައި ހިންގާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރަމުންނެވެ.

އޭގެ އިތުރުން، ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ ދަށުން ތައްޔާރުކުރަންޖެހޭ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭންވެސް މި ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ މައިގަނޑު 6 (ހައެއް) ސިޔާސަތު ބިނާވަނީ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެނަށް ކަށަވަރުކޮށްދިނުމަށާއި، ތިމާވެއްޓާ ރައްޓެހި، ޚަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށާއި، ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށާއި، މިދާއިރާއަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށާއި އަދި ފެންބޮޑުވުމުގެ ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގެ މައްޗަށެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު