Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިކަމަށް ފަޅުރަށް ބީލަމަށް ހުޅުވާލުން

ދަނޑުވެރިކަން ކުރުމަށް ހުޅުވާލި 6 ފަޅު ރަށުގެ ބީލަމުގެ ޕްރީބިޑް މީޓީންގ ބާއްވަނީ!

9 ނޮވެމްބަރު 2020 | ހޯމަ 07:44

6 ފަޅުރަށެއް ބީލަމުގެ އުސޫލުން 21 އަހަރަށް ދޫކުރުމަށް ވަނީ ނިންމާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 9 ނޮވެމްބަރު 2020 | ހޯމަ 07:44
ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކުރުމަށް ދޫކުރާ ރަށްތަކެއް

ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކުރުމަށް ދޫކުރާ ރަށްތަކެއް

ދަނޑުވެރި ކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ފަޅުރަށް ބީލަމަށް ހުޅުވާލާފައިވާއިރު، ބީލަން ކަރުދާހާ ބެހޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ [ޕްރީބިޑް މީޓިންގ] 19 ނޮވެންބަރު 2020 ވާ ބުދަ ދުވަހު ބޭއްވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޕްރީބިޑް މީޓިންގ އޮންނާނީ 19 ނޮވެމްބަރުގެ މެންދުރު 13:00 ގައި ކަމުގައި ދަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

ދުނިޔޭގައި މިވަގުތު ފެތުރެމުންދާ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޢަމަލު ކުރުމަށް ކަނޑައަޅުއްވާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުގެ ސްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، ފުރަތަމަ ބުރުގައި 6 ފަޅު ރަށެއް ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދޫކުރާ ހަތް ރަށަކީ ހއ. މަޑުލު، ށ. ކަކާއެރިޔަދޫ، ނ. ނެޔޮ، ބ. މާއްޑޫ، ނ. ތޮޅެންދޫ، ގއ. އޮއިނިގިއްލާއެވެ.

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަޤީންކަން ކަށަވަރުކޮށްދިނުމެވެ. އަދި ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމަކީވެސް މަގުސަދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ހަރަދު ކުޑަ ކުރުމަށް ބާރު އެޅުމުގެ ގޮތުން މި ރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުށްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 ލާރިއެވެ. މި ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ. އަދި އުފައްދާ ތަކެތީގެ އިތުރު ތަފްސީލްވެސް އެފަރާތްތަކަށް ބީލަށް ކަރުދާހުން ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

03 ޖޫން 2017

ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

03 ޖޫން 2017
ރަށުގެ ތަރައްގީގައި ބާރަށް ކުރިއަށް ދިއުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
01 ޖޫން 2017

މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޯލަރޝިޕްގެ މުއްދަތު އިތުރުކޮށްފި

01 ޖޫން 2017
މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޯލަރޝިޕްގެ މުއްދަތު އިތުރުކޮށްފި
18 މެއި 2017

ފަޅު ރަށްރަށުން ކުރުނބަ އާއި ކާށި އަޅައިގެން، ރޯދަމަހު މާރުކޭޓްގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި

18 މެއި 2017
ފަޅު ރަށްރަށުން ކުރުނބަ އާއި ކާށި އަޅައިގެން، ރޯދަމަހު މާރުކޭޓްގައި ވިއްކުމުގެ ފުރުސަތު ހުޅުވާލައިފި
18 އެޕްރީލު 2017

އިލްޔާސް އިބްރާހީމަށް ދީފައި އޮތް ފަޅު ރަށެއް ސަރުކާރަށް ނަގައިފި

18 އެޕްރީލު 2017
އިލްޔާސް އިބްރާހީމަށް ދީފައި އޮތް ފަޅު ރަށެއް ސަރުކާރަށް ނަގައިފި
21 މާރިޗު 2017

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި
17 މާރިޗު 2017

ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން

17 މާރިޗު 2017
ފަހިރޯދި ދޯނި ނުގެއްލޭ: ފަޅުވެރިން
21 ފެބުރުއަރީ 2017

ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން

21 ފެބުރުއަރީ 2017
 ބެހެއްޓީ އާރަށުގެ ބަންގަލޯއެއްގައި، ބޭނުން މީހަކާއި ބޭނުން އިރަކު ގުޅޭ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް