Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރޫޓްގެ ފައިސާ ފޭރުން

ރޫޓްގެ ފައިސާ ފޭރެން ރާވައި، އެހީވުމުގެ ތުހުމަތު ކުރެވޭ ތިން މީހެއްގެ ވަނަވަރު އާންމުކޮށްފި

8 ނޮވެމްބަރު 2020 | އާދީއްތަ 10:23

މީގެ ކުރިންވެސް ހަތަރު މީހެއްގެ ވަނަވަރު އާންމު ކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ނޮވެމްބަރު 2020 | އާދީއްތަ 10:23
ރޫޓްގެ ފައިސާ ފޭރުމަށް ރާވައި އެހީވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 3 މީހުން

ރޫޓްގެ ފައިސާ ފޭރުމަށް ރާވައި އެހީވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި 3 މީހުން

ރޫޓް ފިހާރައިގެ ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ފޭރެން މަސައްކަތް ކުރި މީހުންނަށް އެހީތެރިވި ކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

އާދިއްތަ ދުވަހު ފުލުހުން ވަނީ ރޫޓްގެ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރެން މަސައްކަތް ކުރުމުގައި އެހީތެރިވެދިން ކަމަށް ތުހުމަތު ކުރެވޭ ތިން މީހުންނަކީ، 2020 އޮކްޓޯބަރ 25 ވަނަ ދުވަހުގެ 11:40 އެހައިކަންހާއިރު، ރޫޓް ފިހާރައިގެ ފަރާތުން ބެންކް އޮފް ސިލޯނަށް ޖަމާކުރުމަށް ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހުންނަށް އެހީތެރިވެދީ، އެ އަމަލު ހިންގުމަށް ރާވައި، އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ 3 މީހުން ކަމަށެވެ.

Advertisement - newsAdvertisement

އެ ތިން މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، މުޙައްމަދު މާހީން މަދީޙް (20އ) އާއި ސ. ފޭދޫ / ރަންކޮކާގެ، އަޙްމަދު މާހިލް ސަޢީދު (21އ) އާއި ރ. ރަސްމާދޫ / އޯކިޑްމާގެ، މުޙައްމަދު އަޒުމީން (30އ) ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން، މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ، މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި މީގެ ކުރިންވެސް ހަތަރު މީހެއްގެ ވަނަވަރު އާންމު ކޮށްފައިވެއެވެ. އެގޮތުން އަމަލީ ގޮތުން މި ފޭރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ވަނަވަރު އާއްމުކޮށްފައި ވަނީ ވ. ޕިންކްވިލާ، އަޙްމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުޙައްމަދު މުސްޢަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ޙުސައިން ޢަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، ޢަބްދުﷲ ރާޝިދު (27އ) އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި "ރޫޓް" ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާ ކަރުދާސް ބޮޑު ފޮށިގަނޑަކަށް އަޅާއިގެން އައި ވޭން، ބޭންކް އޮފް ސިލޯން ކުރިމައްޗަށް މަޑު ކުރުމާއެކު، ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ އެ ފައިސާ ފޮށިގަނޑު ފޭރެން މަސައްކަތްކޮށްފައެވެ.

ނަމަވެސް އެ މީހުންނަށް އެކަން ކާމިޔާބު ނުވީ، ބޭންކް އޮފް ސިލޯންގެ ސެކިއުޓީ ބަލަހައްޓާ، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޑެޓް (އޭއެސްއޭޕީ) ގެ ސެކިއުރިޓީ ގާޑު ބޭންކުން ނުކުމެ، އެ ފައިސާ ފޮށިގަނޑު އެ މީހުންގެ އަތުން އަތުލައިގަތުމުގެ ސަބަބުންނެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް