Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް

15 މީހުންނަށް އެއްފަހަރާ އެއްތަނެއްގައި އުޅެވޭ ގޮތަށް ހުއްދަ ދީފި

ހައިރިސްކް މީހުން އޮފީހަށް ނުކުމެ މަސައްކަތް ކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ނޮވެމްބަރު 2020 | އާދީއްތަ 02:07
ޓޭކްއަވޭ ހިދުމަތް ދޭތަނެއްގައި ބަޔަކު މަޑުކޮށްލައިގެން

ޓޭކްއަވޭ ހިދުމަތް ދޭތަނެއްގައި ބަޔަކު މަޑުކޮށްލައިގެން

އެއްފަހަރާ 15 މީހުންނަށް އެއްތަނެއްގައި ތިބެވޭ ގޮތަށް ހުއްދަ ދީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދީފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ އެންގުމުގައި ވަނީ މާލެ، ހުޅުމާލެ، ވިލިމާލޭގައި އެއްވެސް ވަގުތެއްގައި، އެއްފަހަރާ 15 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެއުޅުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން ގްރޭޓަރ މާލެ ސަރަހައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވުމާއި، ރާއްޖޭގެ އެތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ދަތުރުކުރާ ފަރާތްތައް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާ އެއްގޮތަށް ޢަމަލުކުރުމާއި، ހުރިހާ ވަގުތެއްގައި ވެސް މާސްކު އެޅުމަށް ވަނީ އަންގާފައެވެ.

މީގެ ކުރިން މާލޭގައި ކާފިއު ހިންގި ގަޑިއަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން ރޭގަނޑު 11 އިން ފަތިހު 4:00 އަށް މަގުމަތީގައި އުޅުމާއި އެއްގަމު އުޅަނދު ދުއްވުން މަނާކުރި ކުރުމަށް ބަދަލު ގެނެސް ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން ދީފައިވާ އިތުރު ލުއިތަކުގެ ތެރޭގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ހުޅުވާލުމާއި، ގައިޑްލައިންތަކާ އެއްގޮތަށް، ވިޔަފާރިކުރާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވުމަށް ވަނީ ހުއްދަ ދީފައެވެ.

އޭގެ އިތުރުން 15 މީހުންނަށް ވުރެ ގިނަ ނުވާގޮތަށް ކުޅިވަރުތައް ބަލަން ދިޔުމުގެ ހުއްދައާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލް އާސާރުތަކާއު އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުމާއި، ގޭގައި މަސައްކަތްކުރާ ގޮތަށް އޮފީސްތަކުން ހަމަޖައްސާފައިވާ ހައި ރިސްކު ފަރާތްތައް ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނިކުމެ މަސައްކަތްކުރުމަށް ވަނީ ހުއްދަ ދީފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު