Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބިދޭސީންގެ ވޮލުންޓަރީ ރިޕެޓްރިއޭޝަން ޕްރޮގްރާމް

ވޮލުންޓަރީ ރިޕެޓްރިއޭޝަންގެ ދަށުން ފޮނުވާލި ބިދޭސީންގެ އަދަދު 15،000 އަށް

ބިދޭސީން ފޮނުވުމުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިޔަށްދޭ

އަލީ ސަމާޚް
އަލީ ސަމާޚް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2020 | އާދީއްތަ 02:15
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުން ބަލައި އައިސް އޮތް ބަންގްލަދޭޝްގެ ފްލައިޓެއް

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުން ބަލައި އައިސް އޮތް ބަންގްލަދޭޝްގެ ފްލައިޓެއް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމަށް އިކޮނޮމިކް މިނިސްޓްރީ ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 15،000 އަށް ވުރެ ގިނަ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާ ލެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ނާޒިމާ ވިދާޅުވީ، ވޮލަންޓަރީ ރީޕެޓްރިއަޝަންގެ ދަށުން ކޮންމެ ހަފްތާއަކު ވެސް ގައުމަށް ދާން ބޭނުންވާ ބިދޭސީން ފޮނުވުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއި އެކު ކުރިޔަށްދާ ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އެކަމުގެ ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވިއެވެ. އޭގެ ތެރޭގައި ދާން ބޭނުންވާ މީހުންގެ ތެރެއިން ގިނަ މީހުންގެ ލިޔެކިޔުންތައް ނެތުމަކީ ދިމާވާ އެންމެ ބޮޑު ގޮންޖެހުން ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކީ ބަންގްލަދޭޝް މީހުންކަން ފާހަގަކުރައްވަމުން ނާޒިމާ ވިދާޅުވީ، އެ މީހުން ފުރުވާލުމުގައި ފޮރިން މިނިސްޓްރީގެ އިތުރުން ރާއްޖޭގައި ހުންނަ ބަންގަލަދޭޝްގެ ހައި ކޮމިޝަނުން އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

ގައުމަށް ދާން ބޭނުންވާ ބިދޭސިންނަށް ހާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ހިންގާ ޕްރޮގްރާމް ކުރިޔަށް ދަނީ ދެ ގޮތަށެވެ. އެއީ އަމިއްލައަށް ބޭނުންވެގެން ދާން ވެގެން ރަޖިސްޓްރީވާ ބިދޭސީންގެ އިތުރުން ވަޒީފާދޭ ފަރާތްތަކުން އެމީހުން ރަޖިސްޓްރީ ކޮށްގެން ރެގިއުލަރައިޒޭޝަން ސިސްޓަމް ތެރޭގައި ފެއްތުމަށް ގައުމަށް އަނބުރާ ފޮނުވާލެވޭ މީހުންނެވެ.

ނާޒިމާ ވިދާޅުވީ، ރެގިއުލަރައިޒޭޝަން ޕްރޮގްރާމްގެ ތެރޭގައި 5000 އެއްހާ މީހުން ސިސްޓަމްގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި، ސިސްޓަމް ތެރެއަށް ވެއްދުމަށް ވަގުތު ނަގާ ކަމަށެވެ. އަދި ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކޮންމެވެސް ވަރަކަށް މަޑުޖެހުނު ކަމަށާއި، އެކަމަކު އޮންލައިންކޮށް ބައެއް ކަންތައްތައް ހިންގުނު ކަމަށެވެ.

ބިދޭސީންގެ މައްސަލަ ހައްލު ނުކުރެވި އޮތީ އެންމެ ރަނގަޅަށް އެކަން މޮނިޓަރ ނުކުރެވޭތީ ކަމަށާއި، އަލަށް އެކުލަވާލެވުނު ގަވާއިދުގެ ދަށުން ބިދޭސީ މީހާގެ އިތުރުން އެ މީހާ ލައްވާ ގަވާއިދާ ހިލާފަށް މަސައްކަތްކުރުވާ ފަރާތްތަކާއި ދެމެދު ފިޔަވަޅު އެޅޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

މއ. ކިނާރާ ހައުސް ބަލާ ފާސްކުރަނީ ޚާއްސަ އޮޕަރޭޝަންއެއްގެ ދަށުން: ފުލުހުން

24 އެޕްރީލު 2017
ބަރިސްތާ އަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަތް، ބަޔަކު ހައްޔަރެއް ނުކުރޭ: ބަރިސްތާ

ބަރިސްތާ އަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަތް، ބަޔަކު ހައްޔަރެއް ނުކުރޭ: ބަރިސްތާ

22 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ގާސިމްގެ ފޯނު އަތުލައިފި

16 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

ކޯޓު އަމުރެއްގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކޮށްފި

06 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު