Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަރިސްތާ

ބަރިސްތާ އަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަތް، ބަޔަކު ހައްޔަރެއް ނުކުރޭ: ބަރިސްތާ

އެތާތެރޭގައި ފުލުހުން މިނިޓެއްހާއިރު ހަރަކާތްތެރިވުމަށްފަހު ވަނީ ތަން ދޫކޮށް ގޮސްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 22 އެޕްރީލު 2017 | ހޮނިހިރު 14:33
މާލޭގައި ހުޅުވާފައިވާ ބަރިސްތާ

މާލޭގައި ހުޅުވާފައިވާ ބަރިސްތާ

ބަރިސްތާ ކޮފީ ޝޮޕަށް ފުލުހުން ވަދެ އެތާ ތެރެއިން ބަޔަކު ހައްޔަރު ކުރި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައި ވީނަމަވެސް ބަރިސްތާއިން އެކަން ދޮގުކޮށްފިއެވެ.

ބަރިސްތާގެ ޑައިރެކްޓާ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް ވަދީފް ހަސަން ސައީދު ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ބަރިސްތާއަށް ވަނީ ފުލުހުން ހިންގަމުންދިޔަ އޮޕަރޭޝަނަކާ ގުޅިގެން ބަޔަކު ހޯދުމަށް ކަމަށެވެ. އަދި ފުލުހުން ވަދެފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އެތާތެރޭގައި ފުލުހުން މިނިޓެއްހާއިރު ހަރަކާތްތެރިވުމަށް ފަހު ތަން ދޫކޮށް ގޮސްފައިވާ ކަމަށެވެ. ބަރިސްތާ ތެރެއިން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވަދީފް ބުންޏެވެ.

Advertisement - newsAdvertisement

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ރާއްޖެ އެމްވީއަށް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންނާ ސުވާލުކޮށް ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ނަމެވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާނެ ކަމަށެވެ.

ބައެއް މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ގެނެސްދީފައިވާ ޚަބަރަކީ ސައްހަ މައުލޫމާތުތަކެއް ނޫން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހުކުރުދުވަހުގެ ރޭ ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ބުނެފައިވާއިރު އެ އޮޕަރޭޝަނާ ބެހޭ އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. އަދި ބަލާ ފާސްކޮށް ސުވާލު ކޮށްފައި ވަނީ ކިތައް މީހުންނާ ކަމެއް ވެސް ބުނެފައެއް ނުވެއެވެ.

އިންޑިއާގެ މަޝްހޫރު ފުޑް ޗެއިން، "ބަރިސްތާ" މާލޭގައި ހުޅުވާފައި ވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. ބަރިސްތާ ހުންނަނީ އެމްޕީއެލް ކައިރިން ބޮޑުތަކުރުފާނު މަގުގަ އެވެ. ބަރިސްތާ އަކީ އިންޑިއާ އަށް އުފަން، އޭޝިއާގެ ގިނަ ގައުމުތަކެއްގައި މަގުބޫލު ބްރޭންޑެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު