Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައިއޯއައިޖީ ރާއްޖޭގައި ބޭއްވުން

އައިއޯއައިޖީ 2023 ގައި ރާއްޖޭގައި ބޭއްވޭނެ: މަރުޒޫގް

6 ނޮވެމްބަރު 2020 | ހުކުރު 17:41

އައިއޯއައިޖީ 2025ށް ފަސްކުރުމަށް، ނޫންނަމަ ދެން އޮންނަ ގޭމްސްއެއް ބާއްވަން އެދޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 6 ނޮވެމްބަރު 2020 | ހުކުރު 17:41
އައިއޯއައިޖީގެ ބިޑު ރާއްޖެއިން ކާމިޔާބުކުރި ބައްދުލުވުމުގެ ތެރެއިން

އައިއޯއައިޖީގެ ބިޑު ރާއްޖެއިން ކާމިޔާބުކުރި ބައްދުލުވުމުގެ ތެރެއިން

އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވޭނެ ކަމަށާއި، މި ހާލަތުގައި އައިއޯއައިޖޭ ބޭއްވޭނެ ގޮތްތަކެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ޖެނެރަލް ސެކްރެޓްރީ އަޙްމަދު މަރުޒޫގް (މަރޭ) ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ގޭމްސް ބޭއްވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފަށަން ޕްލޭން ކުރެވިފައި އޮތް އަހަރަކީ މި އަހަރު ކަމަށާއި، އެހެން ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19 ގެ ހާލަތާއެކު ގޭމްސްއަށް އަމާޒުކުރި ބޮޑެތި މަސައްކަތް ނުފެށި ހުރި ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ކޮވިޑް-19 ގެ ހާލަތު ރަނގަޅުވެ، އަންނަ އަހަރު އެ މަސައްކަތް ފަށައިގެން އައިއޯއައިޖީ ރާއްޖޭގެ ބޭއްވޭނެ ކަމަށް މިހާރު ގަބޫލުނުކުރައްވާ ކަމަށާއި، 2023 ވަނަ އަހަރުގެ އައިއޯއައިޖީ 2025 ވަނަ އަހަރަށް ފަސްކުރުމަށް، ނޫނީ ކުރިއަށް އޮތް ގޭމްސް މިފަހަރު ދޫކޮށްލާފައި، ދެން އަންނަ ގޭމްސް ބޭއްވުމަށް އެދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެކަމަކު މިދިޔަ ހަފުތާގައި ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މަރުޒޫގް ވިދާޅުވީ އައިއޯއައިޖީ ރާއްޖޭގައި ބޭއްވުން އެއީ ކުޅިވަރު އެތުލީޓުންނާއި އެސޯސިއޭޝަންތަކުން ދެކެމުން އަންނަ ހުވަފެނެއް ކަމަށާއި، ގޭމްސް ރާއްޖެގައި ނުބޭއްވިއްޖެނަމަ، ގޭމްސް ބާއްވަން އެހެން ގައުމުތަކުން ތިބީ ފާރަވެރިވެގެން ކަމަށެވެ. އަދި އައިއޯއައިޖީއަށް ރާއްޖެއިން ބިޑުކުރީ އެކަމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ޓެކްނިކަލް މީހުންނާ މަޝްވަރާ ކުރެވިގެން ކަމަށާއި، މިވަގުތު އެންމެ މުހިންމީ ގޭމްސް ބޭއްވޭނެ ގޮތަކާ މެދު، އެކަމުގެ މާހިރުންނާއެކު ވާހަކަދެއްކުން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މަރުޒޫގު އިތުރަށް ވިދާޅުވީ އޭނާއަށް މިހާރުވެސް އައިއޯއައިޖީ ބޭއްވޭނެ ކަމަށް ގަބޫލުކުރާ ކުޅިވަރުގެ މީހުންނާ ދިމާވާ ކަމަށާއި، ގޭމްސް ބާއްވަން އެމީހުންގެ ޚިޔާލުތައްވެސް އެބަހުރި ކަމަށެވެ. އަދި އޭނާ ބޭނުންވަނީ ސަރުކާރުން އެހާ އަވަސް އަރުވާލައިގެން ގޭމްސް ލަސްކުރުމުގެ ވާހަކަ ނުދައްކައި، ކަމާ ބެހޭ މާހިރުންނާއެކު ގޭމްސް ބޭއްވޭނެ މަގެއް ހޯދުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އައިއޯއައިޖީއަށް ރާއްޖެއިން ބިޑުކުރިއިރު، ބިޑުކުރީ އެންމެ "ވޯސްޓް ސިޗުއޭޝަން" ގައިވެސް ގޭމްސް ބޭއްވޭނެ ގޮތް ހޯދައިގެން ކަމަށާއި، އެހެންކަމަށް ވާނަމަ މިހާލަތުގައިވެސް ގޭމްސް ބޭއްވޭނެ މަގެއް ހޯދޭނެ ކަމަށެވެ. އަދި މި ފުރުސަތު ނަގާލުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.

މަރުޒޫގް ވިދާޅުވީ ރާއްޖޭގައި ގޭމްސް ބާއްވަން އޮތް އެންމެ ބޮޑު ދައްޗަކީ ފައިސާގެ ދަތިކަން ކަމަށާއި، ދެން ސަރުކާރުން ދައްކަމުން އަންނަނީ ގޭމްސްތަކާއި ބޮޑެތި މުބާރާތްތައް ފަސްކުރާ ވާހަކަ ކަމަށެވެ. އެކަމަކު ހަގީގަތަކީ ފަސްކުރަމުން އަންނަނީ މިއަހަރާއި އަންނަ އަހަރު ބާއްވަން ނިންމާފައިވާ ގޭމްސްތައް އެކަނިކަން ކަމަށާއި، 2022 ވަނަ އަހަރުގެ ފަހުގައި ބާއްވަން ނިންމާފައިވާ އެއްވެސް މުބާރާތެއް އަދި ފަސްކޮށްފައި ނުވާ ކަމަށްވެސް މަރުޒޫގް ވިދާޅުވިއެވެ.

މަރުޒޫގް މިހެން ވިދާޅުވިއިރު، މިދިޔަ މަހުގެ މެދުތެރޭގައި ކުޅިވަރާ ބެހޭ ވަޒީރު ވަނީ އައިއޯއައިޖީ ބޭއްވުމާ ގުޅޭ ގޮތުން އެމްއޯސީ އާއި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއެކު މަޝްވަރާކުރައްވާފައެވެ.

ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، ރާއްޖޭން އައިއޯއައިޖީ ބޭއްވުމުގެ ބިޑް ކާމިޔާބުކުރީ މި ސަރަހައްދުގެ އެންމެ ބޮޑު ޖަޒީރާ ކަމަށްވާ މަޑަގަސްކަރަ އާއި ކޮމޮރޯސްއާ ވާދަކޮށްގެންނެވެ.

އައިއޯއައިޖީއަކީ މިހާތަނަށް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނު ބައިނަލްއަގުވާމީ ފުރަތަމަ ކުޅިވަރު ގޭމްސްއެވެ. ރާއްޖޭގައި ރަސްމީކޮށް ކުޅިވަރު ކުޅެންފެށިތާ 88 ވުރެން ގިނަ އަހަރުވެފައިވާއިރު، އައިއޯއައިޖީގެ ބިޑު ކާމިޔާބުވުމަކީ ދިވެހި ކުޅިވަރަށް ލިބުނު އެންމެ ބޮޑު ޝަރަފަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
07 ޖެނުއަރީ 2017

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
04 ޖެނުއަރީ 2017

އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް

04 ޖެނުއަރީ 2017
އުމުރުން 41 އަހަރުގައި ވެރޯން އެނބުރި ކުޅުމުގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް