Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސީހުގެ އިތުބާރުގެ މައްސަލަ

ސަރުކާރުން އަމިއްލަ މެމްބަރުންނަށްވެސް އިތުބާރު ނުކުރާކަން ހާމަވެއްޖެ: ޤާސިމް

މިއީ ލިބުނު ބޮޑު ކާމިޔާބީ އަކާއި މޮޅެއް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 28 މާރިޗު 2017 | އަންގާރަ 03:38
މަސީހުގެ އިތުބަރު ނެތްކަމުގެ މައްސަލައަށްފަހު ޤާސިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

މަސީހުގެ އިތުބަރު ނެތްކަމުގެ މައްސަލައަށްފަހު ޤާސިމް ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބަރު ނެތްކަމަށް ވޯޓު ނެގިގެންދިޔަ ގޮތުން އަމިއްލަ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުންނަށްވެސް، ސަރުކާރުން އިތުބާރު ނުކުރާކަން ހާމަވެގެންގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރައްވާފައިވާ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމް އިބްރާހިމް ވިދާޅުވީ، ވަކިވަކި މެމްބަރުންނާ ސުވާލުކޮށްގެން ވޯޓަށް އަހަން ނިންމުމީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި ވިދާޅުވީ، 17 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ރޯލް ކޯލް ވޯޓެއް ނަގާފައިނުވާނެކަމަށެވެ. އެކަން އެގޮތަށް އެ ދެ ދައުރުގައިވެސް މިހާތަނަށް ކޮށްފައިނުވަނީ މަޖިލީހުގައި ފުރިހަމަ، އިލެކްޓްރޯނިކް ވޯޓިންގގެ ނިޒާމެއް ޤާއުމްކުރެވިފައިވާތީ ކަމަށް ޤާސިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޤާސިމް ވިދާޅުވީ، މަސީހުގެ އިތުބަރު ނެތްކަމަށް ވޯޓު ނެގުމުގެ ތެރޭގައި ވަރަށް ބޮޑު މަންޒަރެއް ފެނިގެންގޮސްފައިވާކަމަށެވެ. އެގޮތުން އޮޅުވާލުންތައް ގެންގުޅޭ މަންޒަރު ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ ކަމަށް އޭނަ ވިދާޅުވި އެވެ. އަދި ވިދާޅުވީ، މިއީ ލިބުނު ބޮޑު ކާމިޔާބީ އަކާއި މޮޅެއް ކަމަށެވެ. އެގޮތުން މިއީ އެޅުން ރަނގަޅު ފެށުމެއްގެ ގޮތުގައި ޤާސިމް ސިފަކުރެއްވި އެވެ.

"އެކި އެކި މަޤާމުގައިތަކުގައި ތިބި މިނިސްޓަރުންނާއި، އޮޑިޓަރ ޖެނެރަލުންނާއި، އުއްތަމަ ފަނޑިޔާރާއި، ނައިބް ރައީސުން ފަދަ ބޭބޭފުޅުންގެވެސް ނޯ ކޮންފިޑެންސް ވޯޓް ނަގައިފި. އަބަދުވެސް އެއްކަލަ މެޝިން ބޭނުންކޮށްގެން ނަގަނީ އެނގޭތޯ. މިއަދު ކިހިނެއްތޯ ކުއްލިއަކަށް މިވީ؟ މިއަދު މި ވީގޮތް އަޅުގަނޑު ދިވެހި ރައްޔިތުންނަށް ބުނެނުދިނަސް އެނގިވަޑައިގަންނަވާނެ ވަރަށް ސާފުކޮށް، ވަރަށް ސާފުކޮށް. އާދެ ސަރުކަރުގެ ކޮންފިޑެންސް އަމިއްލަ މެމްބަރުންނާއިމެދު ނެތްކަން ސާބިތުވެގެންދިޔައީ" ޖުމްހޫރީ ޕާޓީގެ ލީޑަރުކަންވެސް ކުރައްވާ ޤާސިމް އިބްރާހިމް ވިދާޅުވި އެވެ.

ޤާސިމް ވިދާޅުވީ، ކުރައްވާ މަސައްކަތަކީ، ދިވެހި ޤައުމުގައި އަދުލުވެރިކަމާއި، އިންސާފު ޤާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ހަމަނުޖެހުންތައް ހައްލުކޮށް، އެއްވެސް މީހަކަށް އަނިޔާ ނުލިބޭނެކަން ކަށަވަރުކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ އިންސާފު ނުލިބި ލަސްވާ ކޮންމެ ވަގުތަކީ ލިބޭ ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އަދި އެކަމަށް އެއްވެސް މީހަކު މައާފު ނުކުރާނެކަމަށް ޤާސިމް ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު