Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެވެށި އަނިޔާގެ މައްސަލައިގެން ތަފާސް ހިސާބު

ތިންވަނަ ކުއާޓާގައި ހުށައެޅުނު ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެއްޖެ

6 ނޮވެމްބަރު 2020 | ހުކުރު 07:48

ރިޕޯޓް ކޮށްފައިވާ މައްސަލަތަކުގެ އަދަދަކީ 179

އަލީ ސަމާޚް
އަލީ ސަމާޚް | 6 ނޮވެމްބަރު 2020 | ހުކުރު 07:48
ގެވެށި އަނިޔާއާއި ދެކޮޅަށް ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދިއަ ކެމްޕޭނެއްގެ ޕޯސްޓަރު

ގެވެށި އަނިޔާއާއި ދެކޮޅަށް ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދިއަ ކެމްޕޭނެއްގެ ޕޯސްޓަރު

މިއަހަރުގެ ދެވަނަ ކުއާޓާ އަށްވުރެ ތިން ވަނަ ކުއާޓާގައި ހުށައެޅުނު ގެވެށި އަނިޔާގެ މައްސަލަތައް އިތުރުވެއްޖެއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއަޓާގައި އޮތޯރިޓީ އަށް ސީދާ ހުށަހެޅުނު އަދި އެހެން މުއައްސަސާތަކުން ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާ ގެ މައްސަލަތަކުގެ ޖުމްލަ އަދަދަކީ 179 އެވެ. އޭގެ ތެރެއިން އެންމެ ގިނައިން މައްސަލަ ހުށައެޅިފައިވަނީ މާލެ ސަރަހައްދުންނެވެ.

Advertisement - newsAdvertisement

ދެވަނަ ކުއާޓާގައި ހުށައެޅުނު މައްސަލަތަކުގެ އަދަދަކީ 111 އެވެ. ތިން ވަނަ ކުއާޓާގައި ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 110 މައްސަލަ އަކީ ފުލުހުންގެ އިދާރާއިން ފެމެލީ ޕްރޮޓެކްޝަން އެޖެންސީ އަށް ރިޕޯޓް ކޮށްފައިވާ މައްސަލަތަކެވެ. ޖެންޑާ މެދުވެރިކޮށް 70 މައްސަލަ އެއް އަދި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ރިޕޯޓްކުރި ހަ މައްސަލައެއް ހިމެނެއެވެ.

އެ އިދާރާއިން ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ތިން ވަނަ ކުއާޓާގައި ރިޕޯޓް ކުރި ގެވެށި އަނިޔާ ލިބުނު މީހުންގެ ޖުމްލަ އަދަދަކީ 242 އެވެ. އޭގެ ތެރޭގައި 182 އަންހެނުންގެ އިތުރުން 60 ފިރިހެނުން ހިމެނެއެވެ. އަނިޔާ ލިބިފައިވާ 18 އަހަރުން ދަށުގެ ކުޑަކުދިންގެ ޖުމްލަ އަދަދަކީ 92 އެވެ. އެއީ 67 އަންހެނުންގެ އިތުރުން 25 ފިރިހެނުންނެވެ.

މައްސަލަތަކުގައި ހިމެނޭ ގެވެށި އަނިޔާގެ ބާވަތްތަކުގެ އަދަދަށް ބަލާއިރު އެންމެ ގިނައިން ހުށައެޅިފައިވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުން، ބިރުދެއްކުމުގެ އިތުރުން ޖިންސީ އަނިޔާކުރުމުގެ އިތުރުން ޖިސްމާނީ އަނިޔާކުރުމެވެ.

ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމުގެ 130 މައްސަލަ، ޖިސްމާނީ އަނިޔާކުރުމުގެ 90 މައްސަލައިގެ އިތުރުން ޖިންސީ އަނިޔާކުރުމުގެ 49 މައްސަލައެއް ހުށައެޅިފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. އަދި ބިރުދެއްކުމުގެ 81 މައްސަލަ، ގޯނާކުރުމުގެ 25 މައްސަލަ މުދަލަށް ގެއްލުން ދިނުމުގެ 27 މައްސަލައިގެ އިތުރުން މާލީގޮތުން ނުވަތަ އިގްތިސާދީ ގޮތުން ދަތިކުރުމުގެ 19 މައްސަލައެއް ހުށައެޅިފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

12 މާރިޗު 2018

"ތިންވަނަ ފަރާތަކާ" ރައީސް ނަޝީދު މަޝްވަރާކުރެއްވީ ލީޑަރުންނަށް އެނގިގެން: ގުޅިފައިވާ ޕާޓީތައް

12 މާރިޗު 2018
"ތިންވަނަ ފަރާތަކާ" ރައީސް ނަޝީދު މަޝްވަރާކުރެއްވީ ލީޑަރުންނަށް އެނގިގެން: ގުޅިފައިވާ ޕާޓީތައް
06 މާރިޗު 2018

މުއްދަތު ހަމަވިއިރުވެސް، ފުލުހުން ކުރި އަނިޔާގެ ތަފްސީލެއް އެޗްއާރްސީއެމަކުން ހާމައެއް ނުކުރި

06 މާރިޗު 2018
މުއްދަތު ހަމަވިއިރުވެސް، ފުލުހުން ކުރި އަނިޔާގެ ތަފްސީލެއް އެޗްއާރްސީއެމަކުން ހާމައެއް ނުކުރި
18 ޖެނުއަރީ 2018

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ގެވެށި އަނިޔާގެ މައްސަލަ އާއި އާއިލީ މައްސަލަ: ޖެންޑަރ މިނިސްޓްރީ

18 ޖެނުއަރީ 2018
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ގެވެށި އަނިޔާގެ މައްސަލަ އާއި އާއިލީ މައްސަލަ: ޖެންޑަރ މިނިސްޓްރީ
01 ޑިސެމްބަރު 2017

މިއަހަރުގެ ތިން ވަނަ ކުއާޓާގައި ދަށު ކޯޓްތަކަށް ހުށަހެޅުނު މައްސަލަތައް 36 ޕަސެންޓަށް އިތުރު ވެއްޖެ

01 ޑިސެމްބަރު 2017
މިއަހަރުގެ ތިން ވަނަ ކުއާޓާގައި ދަށު ކޯޓްތަކަށް ހުށަހެޅުނު މައްސަލަތައް 36 ޕަސެންޓަށް އިތުރު ވެއްޖެ
19 ނޮވެމްބަރު 2017

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ރާއްޖެ އަށް ދަނީ އިޤްތިޞާދީ ގެއްލުންތަކެއް ލިބެމުން:ޖެންޑާ މިނިސްޓަރު

19 ނޮވެމްބަރު 2017
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ރާއްޖެ އަށް ދަނީ އިޤްތިޞާދީ ގެއްލުންތަކެއް ލިބެމުން:ޖެންޑާ މިނިސްޓަރު
25 ޖުލައި 2017

މިނިވަންދުވަހު ޤައުމާއި މުހާތަބުކުރުން ތިންވަނަ ފަހަރަށް ފަސްކޮށްފި

25 ޖުލައި 2017
މިނިވަންދުވަހު ޤައުމާއި މުހާތަބުކުރުން ތިންވަނަ ފަހަރަށް ފަސްކޮށްފި
16 ޖުލައި 2017

ފުރަތަމަ ހަމަސްދުވަހު ފުލުހުންނަށް ހުށައެޅުނު މައްސަލަތައް މަދު

16 ޖުލައި 2017
ފުރަތަމަ ހަމަސްދުވަހު ފުލުހުންނަށް ހުށައެޅުނު މައްސަލަތައް މަދު
07 ޖުލައި 2017

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކުޑަކުދިންނާ ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހެޅިފައި ވަނީ އަނިޔާ ކުރުމުގެ މައްސަލަ: އެޗްއާރުސީއެމް

07 ޖުލައި 2017
މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓާގައި ކުޑަކުދިންނާ ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހެޅިފައި ވަނީ އަނިޔާ ކުރުމުގެ މައްސަލަ: އެޗްއާރުސީއެމް
15 ޖޫން 2017

މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހުށައެޅުނު އެއްވެސް މައްސަލައެއް ނުބަލަން ފާސްކޮށްފި

15 ޖޫން 2017
މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހުށައެޅުނު އެއްވެސް މައްސަލައެއް ނުބަލަން ފާސްކޮށްފި
16 މެއި 2017

ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަނީ

16 މެއި 2017
ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ފުލުހުންގެ ތަހުގީގަށް މީހަކު ހޯދަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް