Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުން

ފުރަތަމަ ހަމަސްދުވަހު ފުލުހުންނަށް ހުށައެޅުނު މައްސަލަތައް މަދު

16 ޖުލައި 2017 | އާދީއްތަ 08:44

ވޭތުވެދިޔަ 2016 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތައް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 16 ޖުލައި 2017 | އާދީއްތަ 08:44
ޕޮލިސް

ޕޮލިސް

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ފުލުހުންނަށް ހުށައެޅުނު މައްސަލަތައް މަދު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާދީއްތަ ދުވަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2016 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 8615 މައްސަލައެއް ހުށަހެޅިފައިވާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ހުށަހަޅާފައިވަނީ 7644 މައްސަލައެވެ. މި މުއްދަތުގެ ތެރޭގައި މި މައްސަލަތަކުގައި ވޭތުވެދިޔަ އަހަރު 2911 މީހުން ހައްޔަރު ކޮށްފައިވާއިރު މިއަހަރުގެ މި މުއްދަތުގައި 2314 މީހުން ހައްޔަރު ކުރެވިފައިވެއެވެ.

Advertisement - newsAdvertisement

މިދިޔަ އެންމެ ގިނައިން ހުށަހެޅިފައިވަނީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 1994 މައްސަލައަކާ، މާރާމާރީގެ 429 މައްސަލައަކާ، ފޭރުމުގެ 376 މައްސަލައަކާ އަދި މަސްތުވާތަކެތީގެ 1239 މައްސަލައެއް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހަޅާފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހަޅާފައި ވަނީ 1546 މައްސަލައަކާ، މާރާމާރީގެ 374 މައްސަލައަކާ، ފޭރުމުގެ 356 މައްސަލައަކާ އަދި މަސްތުވާތަކެތީގެ 1041 މައްސަލައެވެ. މީގެ އިތުރުން ޓްރެފިކް އެކްސިޑެންޓްގެ 1282 މައްސަލަ ވޭތުވެދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް ހުށަހަޅާފައިވާއިރު މިއަހަރުގެ އެ މުއްދަތުގައި ޓްރެފިކް އެކްސިޑެންޓްގެ 1107 މައްސަލަވަނީ ހުށަހަޅާފައެވެ.

މި މުއްދަތުގެ ތެރޭގައި ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ހައްޔަރު ކުރެވިފައިވާ މީހުންގެ ޢަދަދަށް ބަލާއިރު އެންމެ ގިނައިން މީހުން ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. މިގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި 2016 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް 1419 މީހުން ހައްޔަރުކޮށްފައިވެއެވެ. މީގެއިތުރުން ވޭތުވެދިޔަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މާރާމާރީގެ މައްސަލަތަކުގައި 250 މީހުން، ވައްކަމުގެ މައްސަލަތަކުގައި 529 މީހުން، ފޭރުމުގެ މައްސަލަތަކުގައި 86 މީހުން ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް މާރާމާރީގެ މައްސަލަތަކުގައި 1097 މީހުން، މާރާމާރީގެ މައްސަލަތަކުގައި 257 މީހުން، ވައްކަމުގެ މައްސަލަތަކުގައި 359 މީހުން، އަދި ފޭރުމުގެ މައްސަލަތަކުގައި 99 މީހުން ހައްޔަރުކޮށްފައިވެއެވެ.

ފާއިތުވި 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ހަމަސްދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މުދަލަށް ގެއްލުންދިނުމާއި އަދި ޚިޔާނާތުގެ މައްސަލަތައް ހުށަހެޅިފައިވާ ޢަދަދު ވަނީ އިތުރުވެފައެވެ. އަދި މީގެ އިތުރުން މާރާމާރީ އަދި ފޭރުމުގެ މައްސަލަތައް ހުށަހެޅިފައިވާ ޢަދަދު މަދު ނަމަވެސް މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންގެ ޢަދަދު ވަނީ އިތުރު ވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
01 ފެބުރުއަރީ 2017

މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!

01 ފެބުރުއަރީ 2017
މުސާރަ ނުލިބުމުން ފުލުހުންނަށް ލޯނު ނަގަން ޖެހިއްޖެ!
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް