Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ އަނިޔާ

މުއްދަތު ހަމަވިއިރުވެސް، ފުލުހުން ކުރި އަނިޔާގެ ތަފްސީލެއް އެޗްއާރްސީއެމަކުން ހާމައެއް ނުކުރި

6 މާރިޗު 2018 | އަންގާރަ 04:05

ހާމަކުރަން ޖެހޭނީ 14 ދުވަހުގެ ތެރޭގައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 މާރިޗު 2018 | އަންގާރަ 04:05
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން މެމްބަރު މުހައްމާ ދުރުކުރުމަށް މަސައްކަތް ކުރަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން މެމްބަރު މުހައްމާ ދުރުކުރުމަށް މަސައްކަތް ކުރަނީ

މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާ ލިބޭފަ ގެއްލުމެއް ފުލުހުން ދީފިކަމަށް ތުހުމަތު ކުރެވިއްޖެ ހިނދެއްގައި، އެކަން ތަހުގީގުކޮށް، އެކަން ހިނގައިދިޔަ ގޮތް އާންމުކުރަންޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އެކަން އިއުލާނެއް ނުކުރި އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނޫގައި ބުނެފައި ވަނީ ފުލުހުންގެ މީހަކު މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާ ލިބޭފަދަ ގެއްލުމެއް އެއްވުމެއްގެ ތެރެއިން ދީފި ކަމަށް ތުހުމަތު ކުރެވިއްޖެ ހިނދެއްގައި، އިތުރު އެއްވެސް ފަރާތެއްގެ ޝަކުވާއެއް ހުށަހެޅުމެއް ނެތި، އެ މައްސަލައެއް އެޗްއާރްސީއެމުން ތަހުގީގުކޮށް، އެކަމާ ގުޅޭ ގޮތުން ފާހަގަ ކުރެވުނު ކަންކަން އެކަމެއް ހިނގައިދިޔަތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންވާނެ ކަމަށެވެ.

Advertisement - newsAdvertisement

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ އެފަދަ ކަމެއް ހިނގައިފައިވާ ކަމަށް އެ ތަހުގީގަކުން ދައްކައިފިނަމަ، އަކަމާ ގުޅޭ ގޮތުން އަޅަންޖެގޭ ފިޔަވަޅު އަޅައި ދިނުމަށް އެދި އެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށް ފޮނުވަންވާނެ ކަމަށެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން އެކަން ތަހުގީގުކުރުމުގެ ބާރު ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)އަށް ވެސް ވަނީ ދީފައެވެ. ނަމަވެސް ޕީއައިސީ އުވާލުމަށްފަހު، އުފައްދާފައިވާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ވެސް އެ މައްސަލަ ތަހުގީގުކޮށް، ހިނގައިދިޔަ ކަންކަން އާންމުކޮށްފައެއް ނުވެއެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެ، ހޮސްޕިޓަލްތަކުން ފަރުވާދީފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމެއް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މީހެއްގެ އަތް ބިންދައިގެން ގޮސްފައިވެއެވެ. އަދި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން، ދޮށީ އުމުރުގެ މީހަކު ހޭނެތި ކޯމާއަށް ގޮސް، އައިސީޔޫގައި ފަރުވާ ދޭން ޖެހިފައިވެއެވެ.

ސިލްސިލާ މުޒާހަރާތައް ކުރިއަށްދާތާ 33 ދުވަސްވެފައިވާއިރު، ނޫސްވެރިންނަށް ވެސް ފުލުހުން އެކިވަރުގެ އަނިޔާދީފައިވެއެވެ. އަދި ހައްޔަރު ކުރި ނޫސްވެރިޔަކަށް ފުލުހުން ދިން އަނިޔާތަކާ ގުޅިގެން، ރާއްޖެއިން ބޭރުން ފަރުވާ ވެސް ހޯދަންޖެހުނެއެވެ.

މުޒާހަރާތަކުގައި ފުލުހުން ދެމުންދާ އަނިޔާތައް ތަހުގީގުކޮށް، ހާމަކުރަންޖެހޭ މައުލޫމާތު އެޗްއާރްސީއެމާއި އެންއައިސީން އާންމު ނުކުރާ މައްސަލަ ފެންމަތިވެފައި ވާއިރު، އެ މުއްސަސާތަކުން ޖަވާބެއް ނުދެއެވެ. ނަމަވެސް ބައެއް ދުވަސްތަކުގައި މުޒާހަރާތައް މޮނީޓާ ކުރުމަށްޓަކައި އެންއައިސީ އާއި އެޗްއާރްސީއެމްގެ ބޭފުޅުން މުޒާހަރާތަކުގައި ހަރަކާތްތެރިވެއެވެ.

މުޒާހަރާތައް މޮނީޓާ ކުރުމަށްފަހު، އެ ބޭފުޅުންނަށް ފާހަގަ ކުރެވޭ މައްސަލަތައް ހާމަކޮށްފައެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ވެސް އެ މުއައްސަސާތަކުން ބަހެއް ބުނަން ބޭނުމެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް