Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑީޖޭއޭ

މިއަހަރުގެ ތިން ވަނަ ކުއާޓާގައި ދަށު ކޯޓްތަކަށް ހުށަހެޅުނު މައްސަލަތައް 36 ޕަސެންޓަށް އިތުރު ވެއްޖެ

1 ޑިސެމްބަރު 2017 | ހުކުރު 06:04

މިއަހަރުގެ ތިން ވަނަ ކުއާޓާގައި ދަށު ކޯޓްތަކަށް 5799 މައްސަލަ ހުށަހަޅާފައިވޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 1 ޑިސެމްބަރު 2017 | ހުކުރު 06:04
ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

ޖުޑިޝަލް އެޑްމިނިސްޓްރޭޝަން

މިއަހަރުގެ ތިންވަނަ ކުއާޓާގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ، 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ދަށުކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށް ވުރެ 36 ޕަސެންޓް މައްސަލަ އިތުރުވެފައވާ ކަމަށް " ޝަރުޢީ ކޯޓްތަކުގެ ކޭސް މެނޭޖްމަންޓް ރިޕޯޓް" އިން ދައްކައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ " ޝަރުޢީ ކޯޓްތަކުގެ ކޭސް މެނޭޖްމަންޓް ރިޕޯޓް" ގައި ބުނެފައިވާ ގޮތުގައި 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި 4263 މައްސަލަ ހުށަހަޅާފައިވާއިރު، މިއަހަރުގެ މިމުއްދަތުގެ ތެރޭގައި 5799 މައްސަލަ ދަށު ކޯޓުތަކަށް ހުށަހަޅާފައިވެއެވެ. މިއީ 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާ އަޅާބަލާއިރު 1536 މައްސަލައިގެ އިތުރުވުމެކެވެ.

Advertisement - newsAdvertisement

މިއަހަރުގެ ތިންވަނަ ކުއާޓާގައި ދަށުކޯޓުކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރުވެގެން ގޮސްފައިވަނީ، މި މުއްދަތުގެ ތެރޭގައި ސުޕީރިއަރ އަދި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު އިތުރު ވުމާ ގުޅިގެންނެވެ. އެގޮތުން 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރގައި ސުޕީރިއަރ ކޯޓުތަކަށް 57 ޕަސެންޓް މައްސަލަ އަދި މެޖިސްޓްރޭޓު ކޯޓުތަކަށް 22 ޕަސެންޓް މައްސަލަ އިތުރަށް ހުށަހެޅިފައިވެއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓާގައި ދަށު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު، 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ނިންމި މައްސަލަތަކުގެ އަދަދަށް ވުރެ 5 ޕަސެންޓް މައްސަލަ މަދުވެފައިވެއެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ދަށުކޯޓުތަކުން ޖުމުލަ 4707 މައްސަލަ ނިންމާފައި ވާއިރު، 2017 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ދަށުކޯޓުތަކުން ޖުމުލަ ނިންމާފައިވަނީ 4493 މައްސަލަ އެވެ. މިއީ 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ނިންމި މަސައްލަތަކުގެ އަދަދަށް ވުރެ 214 މައްސަލައިގެ މަދުވުމެކެވެ.

ޑީޖޭއޭގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓާގައި ދަށުކޯޓުތަކުން ނިންމި ޖުމުލަ މައްސަލަތަކުގެ އަދަދު މަދުވިކަމުގައިވިޔަސް، މި މުއްދަތުގެ ތެރޭގައި ސުޕީރިއާރ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެގެން ގޮސްފައެވެ. ތިންވަނަ ކުއާޓާގައި ނިންމި މައްސަލަތަކުގެ އަދަދު މަދުވެފައިވަނީ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު މަދުވުމާ ގުޅިގެންނެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާބަލާއިރު، މިއަހަރުގެ ތިންވަނަ ކުއާޓާގައި ސުޕީރިއާރ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު 5 ޕަސެންޓް އިތުރުވެފައިވެއެވެ. އެހެން ނަމަވެސް މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ވަނީ 12 ޕަސެންޓް މަދުވެފައެވެ.

މިހަރުގެ ތިންވަނަ ކުއާޓާގައި ދަށު ކޯޓުތަކުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދު 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ނުނިމި ހުރި މައްސަލަކަށް ވުރެ 35 ޕަސެންޓް މައްސަލަ އިތުރުވެފައިވެއެވެ. 2016 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ކޯޓުތަކުގައި 6969 މައްސަލަ ނުނިމި ހުރި އިރު ، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކުގެ އަދަދު ވަނީ 9376 މައްސަލައަށް މަތިވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް