Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށި އެއާޕޯޓު

ހޯރަފުށި އެއަރޕޯޓުގެ މަސައްކަތް އާދިއްތަ ދުވަހަށް ނިންމާލެވޭނެ: އެމްޓީސީސީ

5 ނޮވެމްބަރު 2020 | ބުރާސްފަތި 04:15

ހޯރަފުށީ އެއަރޕޯޓުގެ މަޝްރޫޢުގެ މަސައްކަތުގެ 84 އިންސައްތަ މަސައްކަތް މިހާތަނަށް މުޅިން ނިންމާލެވިފައި

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 5 ނޮވެމްބަރު 2020 | ބުރާސްފަތި 04:15
ހޯރަފުށީ އެއަރޕޯޓު

ހޯރަފުށީ އެއަރޕޯޓު

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރަމުން ގެންދާ އެއަރޕޯޓްގެ އަމަލީ މަސައްކަތްތައް އާދިއްތަ ދުވަހަށް ނިންމާލާނެކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެގޮތުން ބުދަ ދުވަހު އެމްޓީސީސީން ބުނީ، ހޯރަފުށީ އެއަރޕޯޓުގެ މަޝްރޫޢުގެ މަސައްކަތުގެ 84 އިންސައްތަ މަސައްކަތް މިހާތަނަށް ނިންމާލެވިފައިވާ ކަމަށެވެ. އެގޮތުން އެމްޓީސީސީގެ ސީއީއޯ އާޒިމް ވަނީ ބުދަ ދުވަހު އެއަރޕޯޓުގެ މަސައްކަތް ހިނގާ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތް ބައްލަވާލައްވާފައެވެ.

Advertisement - newsAdvertisement

އެއަރޕޯޓުގެ ޕެސެންޖަރ ޓަރމިނަލާއި ފަޔަރ ބިލްޑިންގ ގާއިމުކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޯގަސްޓް މަހު ސޮއި ކޮށްފައިވާއިރު މި މަސައްކަތް ނިންމަން ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެމްޓީސީސީއަށް 80 ދުވަހުގެ މުއްދަތެއް ދީފައެވެ.

ހޯރަފުށީ އެއަރޕޯޓްގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު 198 މިލިއަނަށް އަރާއިރު އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމަށް 13.8 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ހޯރަފުށީ އެއަރޕޯޓް ހަދަނީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. މި އެއަރޕޯޓުގައި ހަދަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ. މީގެ އިތުރުން ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއަރޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން އެއަރޕޯޓަށް ބޭނުންވާނޭ ކަރަންޓް ފޯރުކޮށްދެވޭނެ ނިޒާމެއް ފެނަކައިން ޤާއިމުކޮށް ކަރަންޓްގެ ހިދުމަތް ދޭން ފަށާފައިވަނީވެސް އޮކްޓޯބަރ 29 ވަނަ ދުވަހުއެވެ. އަދި އެއަރޕޯޓަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ވެސް ބާރު ސްޕީޑެއްގައި ކުރިޔަށް ދާކަމަށް ބުނެފައިވެއެވެ.

ހޯރަފުށީ އެއަރޕޯޓް ނޮވެމްބަރު 8 ގައި ނިންމައި 11 ވަނަ ދުވަހު ހުޅުވުމަށްޓަކައި އެމްޓީސީސީއިން ދަނީ 24 ގަޑިއިރުގައި މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. 24 ގަޑިއިރު މަސައްކަތް ކުރިއަށް ގެންދާ އިރު މުވައްޒަފުންގެ މަސައްކަތްތައް ރާވާފައި ހުރީ، މަސައްކަތް ބުރަ ނުވާނެހެން ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް