Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނު އެމެރިކާ ގުޅުން

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ކޮންމެގޮތަކަށް ނިކުތަސް އިރާނުން އެމެރިކާއާ މެދު ގެންގުޅޭ ސިޔާސަތު ބަދަލެއްނުވާނެ

ޚާމަނާއީ ވިދާޅުވީ އެމެރިކާ އާ މެދު އިރާނުން ގެންގުޅޭ ސިޔާސަތަކީ ވަރަށް ސާފު އަދި ބަދަލުނުވާނެ ސިޔާސަތެއްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ނޮވެމްބަރު 2020 | ބުދަ 04:47
އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ

އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް އިރާނުން އެމެރިކާ އާއި ގުޅޭގޮތުން ގެންގުޅޭ ސިޔާސަތަށް ބަދަލެއް ނާންނާނެކަމަށް އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

އިރާނުގެ ދައުލަތުގެ މީޑިޔާއިން ވަގުތުން ދައްކަމުންދިޔަ ކަވަރޭޖެއްގައި ވާހަކަދައްކަވަމުން ޚާމަނާއީ ވިދާޅުވީ އެމެރިކާ އާ މެދު އިރާނުން ގެންގުޅޭ ސިޔާސަތަކީ ވަރަށް ސާފު އަދި ބަދަލުނުވާނެ ސިޔާސަތެއްކަމަށެވެ. ވަކި މީހަކު އައުމަކުން އެސިޔާސަތަށް ބަދަލެއް ނާންނާނެކަމަށާއި ކޮންމެ މީހަކު ވެރިކަމަށް އަޔަސް އަދި ފޭބިއަސް އެކަމާއި ގުޅުމެއް ނެތްކަމަށް ޚާމަނާއީ ވިދާޅުވިއެވެ.

ޚާމަނާއީ މިމޭރުމުން ވާހަކަދެއްކެވީ 1979 ވަނަ އަހަރު ތެހެރާންގައި ހުރި އެމެރިކާ އެމްބަސީ ހިފައިގެން ހިނގި ހާދިސާ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ޚާމަނާއީ ވަނީ ކިޔަވާކުދިންތަކެއް އެމެރިކާ އެމްބަސީއަށް ވަދެ އެތަނުގެ 52 ސްޓާފުން ހޮސްޓޭޖުންގެ ގޮތުގައި 444 ދުވަސްވަންދެން ގެންގުޅުނު ހާދިސާއަށް އިޝާރާތްކުރައްވާ އެއީ ރަނގަޅު އަމަލެއްގެ ގޮތުގައި ސިފަކުރައްވާ ވާހަކަ ދައްކަވާފައެވެ. އެހާދިސާ އަށް ފަހު އެމެރިކާ އާއި އިރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުމެއްނޯވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ވަނީ އިރާނާއެކު ހަދާފައިވާ ނިޔުކްލިޔަރ އެއްބަސްވުން އަލުން ހަދާނެ ކަމަށް ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު