Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލުތުފަރުގެ މަރުގެ މައްސަލަ

ލުތުފަރުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި

3 ނޮވެމްބަރު 2020 | އަންގާރަ 17:20

އިބްތިދާއީ އަޑުއެހުން ތާވަލް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި މާދަމާ 09:00 އަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ނޮވެމްބަރު 2020 | އަންގާރަ 17:20
ލުތުފަރުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިދިއަ އޮކްޓޯބަރު 25 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން

ލުތުފަރުގެ މަރުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިދިއަ އޮކްޓޯބަރު 25 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގެ ތެރެއިން

ށ. ޅައިމަގު "ކުރިމަގު 1'' ބޯޓުން ގެއްލުނު ލުތުފަރު މަރާލި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ބުދަ ދުވަހަށް ތާވަލް ކޮށްފިއެވެ.

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުގެ މައްޗަށް ބޭއްވޭ އިބްތިދާއީ އަޑުއުހުމެއް ތާވަލްކޮށްފައި ވަނީ ބުދަ ދުވަހުގެ 09:00 އަށެވެ.

Advertisement - newsAdvertisement

މި މައްސަލާގައި މިދިއަ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވަނީ ދައުލަތުން ދައުވާކުރާ ތިން ބިދޭސީންގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހެކި ހުށަހަޅާފައެވެ.

ލުތުފަރު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ، ބަންގްލަދޭޝް ތިން މީހެއްގެ މައްޗަށެވެ. އެއީ އަލަމިން އާއި ނޫރުލްއިސްލާމް އަދި އެމްޑީ އަކޮތޮރު ހޮސައިންގެ މައްޗަށެވެ.

އޮކްޓޯބަރު 25 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ، ލުތުފަރު މަރާލި މައްސަލާގައި، އަލުން ދައުވާ އިއްވުމުގެ ފުރުސަތު ދެއްވާފައެވެ. އަދި ދައުވާ އިއްވުމުން، ދައުވާ ރައްދުވާ މީހުން ވަނީ އެދައުވާއަށް އިންކާރުކޮށްފައެވެ.

އެހެންކަމުން ޝަރީއަތުން ވަނީ، ދައުވާ ސާބިތު ކުރުމަށް ދައުލަތަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދެއްވާފައެވެ.

އެ މީހުންގެ މައްޗަށް އިއްވި ދައުވާގައި ބުނެފައި ވަނީ، އަލަމިން އިތުރު ދެމީހަކާއެކު 21 އޭޕްރީލް 2019 ވަނަ ދުވަހު 21:30 އެހާކަންހާއިރު، އެމީހުން މަސައްކަތްކުރާ ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ލުތުފަރު ރަހްމާނާއި އަލަމިންއާ ދެމެދ ހިނގި ހަމަނުޖެހުމެއްގައި، ލުތުފަރު އެ ބޯޓުގެ ދިރުނބާކޮޅަށް ވައްޓާލައި، އަލަމިން އާއި އަހޮތޮރު، ލުުތުފަރުގެ ކަރާއި އަނގަޔާއި ނޭފަތުގައި ހިފަހައްޓައި ނޫރުލްއިސްލާމް، ލުތުފަރުގެ ގައިގާ ހިފަހައްޓައި، ލުތުރުފަރު މަރުވުމުން، ށ. ލައިމަގު ބަނދަރާ ދިމާލު ބޭރުން ގާތްގަނޑަކަށް 200 ވަރަކަށް ފޫޓު ދުރު ހިސާބަށް ލުތުފަރުގެ ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށް އިއުތިރާފް ވެފައިވާތީ، ކަމަށް ދައުވާގައި ބުނެފައި ވެއެވެ.

ލުތުފަރު މަރާލިކަމަށް އެ ތިން މީހުން އިއުތިރާފްވެފައިވަނީ، މި މައްސަލާގައި ފުލުހުން ހިންގި ތަހުގީގުގައެވެ.

އެ ތިން މީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ، އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ދައުވާ އިއްވުމުން، އަލަމިން އާއި ނޫރުލްއިސްލާމް، އެ ދައުވާއަށް އިންކާރު ކުރާކަމަށް ދެ މީހުންގެ ގާނޫނީ ވަކީލުން ވިދާޅުވިއެވެ.

އަހޮތޮރުގެ ގާނޫނީ ވަކީލެއް އައްޔަން ކުރެވިފައިނުވާތީ، އޭނާއަށް ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރުމަށް ފުރުސަތު ދެއްވާފައެވެ.

ލުތުފަރު މަރާލި މައްސަލަ، އެ ތިން މީހުންގެ މައްޗަށް ސާބިތު ކުރުމަށް، ގިނަ ސަފަވީ ހެކިތަކާއި ކިތާބީ ހެކިތަކެއް ދައުލަތުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހުޤީޤްގެ ތަފްސީލްތައް ހާމަކުރުމަށް އިސްކަންދަރުކޮށީގައި 16 މެއި 2016 ވަނަ ދުވަހު ބޭޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވަނީ، ލުތުފަރު މަރާލައިފައި ވަނީ ބޯޓުގައި ހުރި އިތުރު ބިދޭސީއަކާއެކު އެއް ޖިންސުން ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ކަމަށް އެ މީހުން ތަހުޤީޤުގައި ބުނެފައިވާ ކަމަށެވެ. އަދި ބޯޓު ތެރޭގައި ޖިިންސީ ގުޅުން ހިންގުމަށް މަސައްކަތް ކުރުމުން ތިން ބިދޭސީއަކު ވެގެން ލުތުފަރުގެ ނޭވާ ހާސްކޮށް މަރާލީ ކަމަށް ތަހުޤީޤަށް އެނގިފައިވާ ކަމަށެވެ.

ލުތުފަރު މަރާލުމަށް ފަހު، ލުތުފަރުގެ ހަށިގަނޑު ވާ ޖަހައި މޫދަށްލުމަށް ފަހު، އޭގެ ވަގުތުކޮޅެއް ފަހުން ލުތުފަރުގެ ހަށިގަނޑު އަނެއްކާވެސް މޫދުން ނަގައި، ގައިގައި ހުރި ފެން ހިއްކުމަށް ފަހު، ލުތުފަރު ނިދާ އެނދުމަތީގައި އެ ބިދޭސީން ބޭއްވި ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި އެގޮތަށް ކަންތައްތައް ކުރި ލުތުފަރު ބޯޓުގައި ނިދާފައި އޮތް ކަމަށް، ބޯޓަށް އަރާފައިބާ މީހުންނަށް ދެއްކުމުގެ ގޮތުން ކަމަށް އެ މީހުން ތަހުޤީޤުގައި ބުނެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެެއަށް ފަހު ލުތުފަރުގެ ހަށިގަނޑުގައި ވާޖަހައި އެއްސުމަށްފަހު ހަމައެއްގައި އައްސައި ލުތުފަރުގެ ހަށިގަނޑު ކަނޑަށް ފެއްތި ކަމަށް އެ ބިދޭސީން ތަހުޤީޤަށް ކިޔައިދިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ ލުތުފަރުގެ ހަޑިގަނޑުގެ ގުނަވަންތައް ކަނޑުގެ ސަރަހައްދުން ހޯދާފައެވެ. ހަށިގަނޑުގެ އެކި ބައިތައް އެކި ސަރަހައްދުތަކުން ފެނުނުއިރު، އެއީ ލުތުފަރުގެ ހަށިގަނޑުކަން ކަށަވަރު ކުރަނީ ކޮންގޮތަކުންތޯ ސުވާލުކުރުމުން ފުލުހުން ބުނީ، ލުތުފަރުގެ ދިގުމިނާ އަދި ހަށިގަނޑުގެ ބައިތައް ފެނުނު ސަރަހައްދަށް ބެލުން އެއީ ލުތުފަރުގެ ހަށިގަނޑުގެ ބައިތަށް ކަމަށް ބެލެވޭކަމަށެވެ. ނަމަވެސް ސައިންސްގެ އަލީގައި ޔަޤީން ކުރަންޖެހޭ ކަންކަން ޔަޤީން ކުރަމުންގެންދާ ކަމަށް އޭރު ފުލުހުން ބުނެފައިވެއެވެ.

ލުތުފަރަކީ ވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީއެކެވެ. އޭނާގެ މަރުގެ މައްސަލާގައި ހައްޔަރުކޮށްފައި ތިބި ބިދޭސީންނަކީ ވެސް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް