Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމު

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކޮށްފައިވާތީ ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މާދަމާ

3 ނޮވެމްބަރު 2020 | އަންގާރަ 07:03

މާދަމާ 14:00 ގައި ހައިކޯޓުގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 3 ނޮވެމްބަރު 2020 | އަންގާރަ 07:03
ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖޭގެ ހައިކޯޓު

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ހައިކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ބޭއްވުމަށް ތާވަލް ކޮށްފި އެވެ.

މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހައިކޯޓަށް ހުށަހަޅުއްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ޒުވާނުން ގޮފީގެ ކުރީގެ ރައީސް، އަދި ގާނޫނީ ވަކީލު މޫސާ އަންވަރު އެވެ.

Advertisement - newsAdvertisement

މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިއަ އޮކްޓޯބަރު މަހުގަ އެވެ. ބުދަ ދުވަހު ތާވަލް ކޮށްފައި މިވަނީ މިމައްސަލައިގެ ދެ ވަނަ އަޑުއެހުމެވެ.

މިމައްސަލައަށް ޖަވާބުދާރީ ވަމުން ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ، ލޯކަލް ކައުންސިލްތަކުގައި 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމަކީ ޖިންސީ ތަފާތު ކުރުން ނޫން ކަމަށެވެ. އަދި މި ދާއިރާތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަކީ ސަރުކާރުންވެސް އިސްކަންދޭ ކަމެއް ކަމަށެވެ.

އޭގެ އިތުރުން، މިހާރުވެސް ލޯކަލް ކައުންސިލް ތަކުގައި އަންހެނުންގެ ދައުރު ކުޑަކަން ފާހަގަ ކުރައްވައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލު ވިދާޅުވީ، 2011 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް އިންތިޚާބުވާ އަންހެނުންގެ އިންސައްތަ 10ށް ވުރެވެސް ދަށް ކަމަށެވެ. އެއާއެކު އަންހެނުންނަށް ކައުންސިލްގައި ގޮނޑިތަކެއް ހާއްސަ ކުރުމަކީ ތަފާތު ކުރުމެއް ނޫން ކަމަށާއި، އެއީ ހަގީގަތުގައި ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުންކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ވަކީލު ވިދާޅުވީ، މުޖުތަމައުގެ އާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް ނުވަތަ އިޖުތިމާއީ ގޮތުން ޚާއްސަ ރައްކާތެރިކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރިވެދިނުމަށްޓަކައި ކުރާ ކަންކަމަކީ ތަފާތު ކުރުން ކަމަށް ނުބެލެވޭކަމަށް ސީދާ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހަކީ އެ އަސާސްގެ މައްޗަށް ބިނާވެގެންވާ އިސްލާޙެއްކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، މިއީ ބައިނަލްއަޤުވާމީ ގޮތުންވެސް މިހާރު ބަލައިގެންފައިވާ އުސޫލުތަކެއް ކަމަށެވެ. އަދި އެކަން ބޭރުގެ ޤައުމުތަކުގެ ނިންމުންތަކުންވެސް ފެންނަން އޮތްކަން ވަކީލު ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުންނަށް ވަކި ގޮނޑިތަކެއް ހާއްސަކޮށްފައި އޮތުމަކީ ގާނޫނު އަސާސީއާ ތައާރަޒުވާ ކަމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް އޭޖީ އޮފީހުން ވަނީ އެދިފައެވެ.

މޫސާ އަންވަރުގެ ފަރާތުން ހުށައެޅި މި މައްސަލަ ފުރަތަމަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށެވެ. އެހެން ނަމަވެސް މި މައްސަލަ ނުބެލޭނެ ކަމަށް ނިންމައި ސުޕްރީމް ކޯޓުގެ ރެޖިސްޓްރ، މޫސާ އަންވަރު އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ފުރަތަމަ މަރުހަލާގައި އެ މައްސަލަ ބެލުމުގެ ބާރުލިބިގެންވަނީ ހައިކޯޓަށް ކަމަށެެެވެ. އެހެން ކަމުން އެ މައްސަލަ ސުޕްރީމް ކޯޓުން ބެލެން ނެތް ކަމަށް އެ ކޯޓުން ފޮނުވި ސިޓީގައިވެއެވެ. އެއާއެކު މޫސާ އަންވަރު ވަނީ އެ މައްސަލަ ހައިކޯޓަށް ހުށައަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

05 މެއި 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް

05 މެއި 2017
ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޗާޕް ކޮށްފައިވަނީ 431،939 ވޯޓް ކަރުދާސް: އިލެކްޝަންސް
15 އެޕްރީލު 2017

ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ

15 އެޕްރީލު 2017
ރައީސް ޔާމީނަށް ކެރިވަޑައިގަންނަވާނަމަ އިސްތިއުފާ ދެއްވާފަ ކުރިމަތިލައްވާ، އެއް ޕަސެންޓްވެސް ނުލިބޭނެ: ޑރ ޑީޑީ
09 އެޕްރީލު 2017

އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް

09 އެޕްރީލު 2017
އިންސާފެވެރި އިންތިޚާބެއް ބާއްވައިފިނަމަ 3 ޕަސެންޓްވެސް ރައީސް ޔާމީނަށް ނުލިބޭނެ: ނާޒިމް
05 އެޕްރީލު 2017

ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް

05 އެޕްރީލު 2017
ބާރު ލިބުމާއެކު ކައުންސިލްތަކުގެ ބާރު އިޔާދަކޮށްދޭނަން: ނިޔާޒް
15 މާރިޗު 2017

އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި

15 މާރިޗު 2017
އައިޖީއެމްއެޗުން މާބަނޑު އަންހެނުންނަށް އިންފްލުއެންޒާ ވެކްސިން ދޭން ފަށައިފި
06 މާރިޗު 2017

ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ

06 މާރިޗު 2017
ސިޔާސީ މަގާމުތަކަށް ވާދަކުރާ އަންހެނުންނަށް އެމްޑީޕީން މާލީ އެހީ ފޯރުކޮށްދޭނެ: ޝިފާ
01 މާރިޗު 2017

ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

01 މާރިޗު 2017
ދުންފަތާއި އެނާޖީ ޑްރިންކްގެ ޑިއުޓީން 5 ޕަސެންޓް ހޭލުންތެރިކަމުގެ ހަރަކާތްތަކަށް ކަނޑައަޅާން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި
27 ފެބުރުއަރީ 2017

އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް މާޗް 9 ގައި ފަށަނީ

27 ފެބުރުއަރީ 2017
އެމްޔޫއޯއިން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް  މާޗް 9 ގައި ފަށަނީ
27 ފެބުރުއަރީ 2017

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ
23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް