Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރިޔާސީ އިންތިޚާބު

ކުރިން ވޯޓުލުމުގެ މަރުހަލާގައި އެމެރިކާގެ 95 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލައިފި

މިއީ މިފަހަކުން އެންމެ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާގެ އިންތިޚާބުގައި ވޯޓުލީ ފަހަރު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ނޮވެމްބަރު 2020 | އަންގާރަ 04:02
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ގިނަ ބަޔަކު ނިކުމެ

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ގިނަ ބަޔަކު ނިކުމެ

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އެންމެ ފަހު ދުވަހުގެ ކުރިން ވޯޓުލުމަށް އޮންނަ މަރުހަލާގައި 95 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލައިފި އެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އެންމެ ފަހު ދުވަހަކީ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އެވެ. ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހާ ހަމައަށް ކުރިން ވޯޓުލުމުގެ މަރުހަލާގެ ދަށުން 95 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލާފައިވާއިރު މިއީ މިފަހަކުން އެންމެ ގިނަ އަދަދެއްގެ ބަޔަކު އެމެރިކާގައި އިންތިޚާބުގައި ވޯޓުލީ ފަހަރެވެ.

އެންމެ ފަހުން އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ 69 އިންސައްތަ މީހުންނެވެ. މިފަހަރު ކުރިން ވޯޓުލުމުގެ މަރުހަލާގައި ވޯޓުލީ މީހުންގެ އަދަދާއެކު މިހާރުވެސް މިވަނީ މިފަހަރުގެ އިންތިޚާބުގައި 69 އިންސައްތަ މީހުން ވޯޓުލާފައެވެ.

މެއިލް މެދުވެރިކޮށްނާއި ކުރިން ވޯޓުލުމުގެ މަރުހަލާގައި ނިކުމެ ގިނަ ބަޔަކު ވޯޓުލާފައި މިވަނީ އެމެރިކާގައި ހަލުވިމިނެއްގައި ކޮވިޑް-19 ފެތުރެމުންދާތީ ވައިރަހަށް ހުށަހެޅުމަށް އޮތް ފުރުސަތު ހަނިކުރުމުގެ ގޮތުންނެވެ. ގިނަ ބަޔަކު އެއް ފަހަރާ ނިކުމެ ވޯޓުލާން އުޅެފިނަމަ އަނެއްކާވެސް އެތައް ބަޔަކަށް ވައިރަސް ޖެހުމުގެ ފުރުސަތު ލިބިގެންދާނެތީ އެވެ. އެމެރިކާގައި މިހާތަނަށް އައިއިރު ކޮވިޑް-19 ޖެހިގެން 230،000 މީހުން ވަނީ މަރުވެފައެވެ. އަދި މިހާރުވެސް އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި އަންނަނީ ހަލުވި މިނެއްގައި ވައިރަސް ފެތުރެމުންނެވެ.

އެމެރިކާގައި ނެގެމުންދާ ޕޯލްތަކަށް ބަލާއިރު ކުރީގައި އުޅުއްވަނީ ބައިޑަން އެވެ. އޮކްޓޯބަރ 27ން 29ށް ނަގާފައިވާ ޕޯލްތަކުން ދައްކާގޮތުގައި ބައިޑަން އަށް ވަނީ 51 އިންސައްތަ ލިބިވަޑައިގަންފައެވެ. ޓްރަމްޕަށް ލިބިވަޑައިގަންފައިވަނީ 43 އިންސައްތަ އެވެ.

އެހެންނަމަވެސް މި ޕޯލްތަކަކީ އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކެންޑިޑޭޓު ކަނޑައަޅާ ޕޯލްތަކެއް ނޫނެވެ. އެކަން ކަނޑައަޅާނީ އިލޮކްޓޯރަލް ކޮލެޖްގައި ހިމެނޭ 538 މެންބަރުންގެ ވޯޓުންނެވެ. ސްޓޭޓްތަކުގެ މެދުގައި އޮންނަ އިންތިޚާބީ ނިޒާމެއްކަމަށްވާ އިލެކްޓޯރަލް ކޮލެޖް ގައި ހިމެނޭ މެންބަރުންގެ ވޯޓުން ނަތީޖާ ނިކުންނައިރު އެރިޒޯނާ، ފްލޮރިޑާ އަދި ނޯރތް ކެރޮލިން އަކީ އިންތިޚާބުގެ ނަތީޖާ ކަނޑައަޅާނެ މުހިންމު ތިން ސްޓޭޓެވެ.

ބެލެވޭ ގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރާ ރިޕަބްލިކަންގެ ގިނަ މީހުން ވޯޓުލާން ނިކުންނާނީ އަންގާރަ ދުވަހު އެވެ. އިންތިޚާބަށް ކެމްޕެއިން ފެށުނީއްސުރެ ވެސް ޓްރަމްޕް ގެންދަވަނީ މެއިލް މެދުވެރިކޮށްލާ ވޯޓުލާތަކުގައި އޮޅުވާލުންތަކެއް އުޅޭ ކަމަށް ތުހުމަތުކުރައްވާ ވާހަކަދައްކަވަމުންނެވެ. އެހެންނަމަވެސް މިހާތަނަށް އައިއިރު އެކަމަށް އެއްވެސް ހެއްކެތް ޓްރަމްޕަށް ދެއްކިފައެއްނުވެ އެވެ.

ޖޯ ބައިޑަން ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރަޓުންގެ ގިނަ ބަޔަކު ވަނީ ކުރިން ވޯޓުލުމުގެ މަރުހަލާގައި ވޯޓުލާފައެވެ.

ކަމާބެހޭ މާހިރުން ގަބާލުކުރާ ގޮތުގައި 2016 ވަނަ އަހަރުގެ އިންތިޚާބުގައި ވޯޓުލާން ނިކުތް 138 މިލިއަން މީހުންނަށްވުރެ ގިނަ މީހުން މިފަހަރުގެ އިންތިޚާބުގައި ވޯޓުލާނެ އެވެ. އެފަހަރުގެ އިންތިޚާބުގައި ކުރިން ވޯޓުލުމުގެ މަރުހަލާގެ ދަށުން ވޯޓުލާފައިވަނީ 47 މިލިއަން މީހުންނެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު