Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖިންސީ އަނިޔާގެ މައްސަލަތައް

މިއީ އެހެން ގަައުމެއް ނަމަ ފެންނާނީ މިނިސްޓަރ އިމްރާން މައާފަށް އެދި، އިސްތިއުފާ ދެއްވާ މަންޒަރު: މީކާއިލް

މި މައްސަލައާއި ގުޅިގެން މަޖިލީހަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް ވަނީ ހުށައަޅާފަ

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2020 | ހޯމަ 07:29
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް

މިއީ އެހެން ގަައުމެއް ނަމަ ފެނިގެންދާނީ ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ މާފަށް އެދުމާއި އެކު އިސްތިއުފާގެ ސިޓީ ރައީސްއަށް އަރުވާ މަންޒަރު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މީކާއިލް މިހެން ވިދާޅުވެފައިވަނީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެކަން ހިނގައި ދިޔަ ގޮތަށް ވުރެ ބޮޑުކޮށްލައިގެން ކަމަށް ދޭހަވާ ފަދަ މޭރުމަކުން ރޭޑިއޯ ޕްރޮގްރާމެއްގައި މިނިސްޓަރ ވާހަކަ ދެއްކެވުމާއި ގުޅިގެން އާއްމުންގެ ފާޑުކިއުން އަމާޒުވެފައިވަނިކޮށެވެ. އަދި މި މައްސަލައާއި ގުޅިގެން މަޖިލީހަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވަނީ ހުށައަޅާފައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ޖަލްސާގައި މާލޭގައި ޓެކްސީ ކުރަމުންދާ ހަމައެކަނި އަންހެން ޑްރައިވަރު ކަމަށްވާ އައިމިނަތު ވަހީދާގެ ޓެކްސީއަށް އެކި ފަހަރު މަތިން ގެއްލުންދީފައިވާ މައްސަލައާއި ގުޅިގެން ދިވެހި މުޖުތަމައުގައި އަންހެނުންނަށް އޮތް ރައްކާތެރިކަމާއި ގުޅިގެން މެމްބަރުން ސުވާލު އުފައްދަވަމުން ގެންދަވާ ދަނޑިވަޅުގައި މީކާއިލް ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ބެލެނިވެރި ފަރާތްކަމަށްވާ ހޯމް މިނިސްޓަރ އެދުވަަހު ދެއްކެވި ވާހަކައިން ޖިންސީ ކުށުގެ އަމަލުތަކަށް ހިތްވަރު ދެވޭ ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރ މާފަށް އެދިވަޑައިގެންނެވި ނަމަވެސް މިއީ އެހެން ގައުމެއް ނަމަ ފެނިގެންދާނީ މާފަށް އެދުމާއި އެކު އިސްތިއުފާގެ ސިޓީ ރައީސްއަށް އަރުވާ މަންޒަރު ކަމަށެވެ.

މީކާއިލް ވިދާޅުވީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުންނަ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ހޯމް މިނިސްޓަރަކަށް ހުންނަަަވާ ބޭފުޅަކަށް ޖެންޑަރ ބޭސްޑް ވަޔަލެންސްއަކީ ކޮބާ ކަމާއި ޖެންޑަރ ސެންސިޓިވް ބަސް މަގަކީ ކޮބައިކަން އެނގުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފުލުހުންގެ އިދާރާގައާއި ތަހުގީގީ އިދާރާތަކުގައި ތިބެން ޖެހޭނީ މިކަންކަމަށް ހޭލުންތެރި ފަރާތްތައް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންނޫންނަމަ ފެނިގެންދާނީ މި ފަދަ މައްސަލަތަކަށް ދައުލަތުން އަހަމިއްޔަތު ދޭ މިންވަރު ކުޑަވާ މަންޒަރާއި، މިފަދަ ކުށްތަކުގެ ޝިކާރައަކަށްވާ އެތައް ބަޔަކަށް އިންސާފު ނުލިބޭ މަންޒަރު ކަމަށް ވިދާޅުވިއެވެ.

ޝެއިހް އިމްރާންގެ މައްސަލަ ފެންމަތިވެގެން ދިއުމާއިއެކު އޭނާ ވިދާޅުވެފައިވަނީ ޖިންސީ އަނިޔާ ނުވަތަ ފުރައްސާރަ ކުރުމަކީ ކުޑަކަމެއް ކަމަށް ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި މީޑިއާތަކުގައި މިކަން ރިޕޯޓްކޮށްފައިވަނީ ހަޤީގަތް އޮޅޭގޮތަށް ކަމަށް ވިދާޅުވެ ދިފާއުވެވަޑައިގެންނެވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު