Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަންހެން ޓެކްސީ ޑްރައިވަރ އައިންތު

ޓެކްސީއަށް ގެއްލުން ދިނުމުގެ މައްސަލައާއި އެކު އާޒިމްގެ ފާޑުކިއުން ފުލުހުންގެ އިދާރާއަށް

މިއީ ހުރިހާ ފުލުހުންގެ މައްސަލައެއް ނޫން ކަމަށް އާޒިމް ވިދާޅުވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2020 | ހޯމަ 05:12
މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

މާލޭގައި ޓެކްސީ ކުރަމުންދާ ހަމައެކަނި އަންހެން ޑްރައިވަރު ކަމަށްވާ އައިމިނަތު ވަހީދާގެ ޓެކްސީއަށް އެކި ފަހަރު މަތިން ގެއްލުންދީފައިވާތީ އެކަމާއި ގުޅޭ ގޮތުން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައާއި އެކު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ފާޑުކިއުން ފުލުހުންގެ މުއައްސަސާއަށް އަމާޒުވެއްޖެއެވެ.

މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނެސް، މަޖިލީހުގައި ވާހަކަދައްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމް ވިދާޅުވީ އައިންތުގެ ކާރަށް ގެއްލުންދިން މައްސަލަ ފަސް ފަހަރެއްގެ މަތިން ފުލުހުންނަށް ހުށައެޅިއިރު އެ މައްސަލަ ބަލާފައި ނުވުމަކީ އެ އިދާރާގެ މައްސަލައެއް ކަމަށެވެ. މިއީ ހުރިހާ ފުލުހުންގެ މައްސަލައަކަށް ނުވި ނަމަވެސް، އެ އިދާރާގެ މައްސަލަތަކެއް ވާކަން އެ އިދާރާ ހިންގަން ތިއްބެވި ވެރިން ގަބޫލުކުރަން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ފަދަ މައްސަލަތައް ހައްލުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާތަނަށް ހިނހގާފައިވާ ހާދިސާތައް ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެމައްސަލަތަކުގެ ތަހުގީގުތައް ހިނގާފައިވާ ގޮތަށް ބަލާލާއިރުވެސް އެ އިދާރާގައި މައްސަލަތަކެއް ވާކަން އެނގޭ ކަމަށެވެ. ފުލުހުންގެ މުއައްސަސާއަށް ބޮޑު ބަޖެޓެއް ދިނުމުންވެސް މައްސަލަތައް ބަލަންޖެހޭ މިންވަރަށް ނުބެލޭ ކަމަށެވެ.

އާޒިމް ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި ހުރި މައްސަލަތައް ހައްލުކޮށް، އެ އިދާރާގެ މަސައްކަތްތައް ރަނގަޅުކުރުމަކީ އެ އިދާރާ ހިންގަން ތިބޭ ފަރާތްތަކުގެ މަސައްކަތެއް ކަމަށެވެ.

މާލޭގައި އާންމުންނަށް ޓެކްސީގެ ޚިދުމަތް ފޯރުކޮށްދޭ އާމިނަތު ވަހީދާ އަށް އެކި ގޮތްގޮތުން އެކި ފަހަރުމަތިން އޭނާ ދުއްވަމުންދާ ޓެކްސީތަކަށް ގެއްލުންދީ، އެކިކަހަލަ ގޯނާތައް ކުރާ ވާހަކައަކީ ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށްވެސް އެތައް ފަހަރެއްގެ މަތިން ހުށައަޅާފައިވާ މައްސަލަތަކެކެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް މި މައްސަލައާއި ގުޅިގެން އޭނާއަށް އިންސާފު ލިބިފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު