Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުހުޅުމާލެ ކޮމިއުނިޓީ އަރބަން ފަރމިންގ

ހުޅުމާލެ، "ކޮމިއުނިޓީ އަރބަން ފަރމިންގ" އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

2 ނޮވެމްބަރު 2020 | ހޯމަ 10:11

ފޯމް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 5 އާއި ހަމައަށް ވަނީ އިތުރުކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 2 ނޮވެމްބަރު 2020 | ހޯމަ 10:11
ހުޅުމާލެ، \"ކޮމިއުނިޓީ އަރބަން ފަރމިންގ\" ޕްރޮޖެކްޓްގެ ކުރެހުމެއް

ހުޅުމާލެ، \"ކޮމިއުނިޓީ އަރބަން ފަރމިންގ\" ޕްރޮޖެކްޓްގެ ކުރެހުމެއް

ހުޅުމާލެ، "ކޮމިއުނިޓީ އަރބަން ފަރމިންގ" ޕްރޮޖެކްޓަށް ކުރިމަތިލުމުގެ މުއްދަތު ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިތުރުކޮށްފިއެވެ.

މިކަމުގެ މައުލޫމާތު "ރާއްޖެއެމްވީ" އަށް ދެއްވަމުން އެޗްޑީސީގެ ސީނިއަރ ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އޮފިސަރ އައިޝަތު ނަޔަޝީން އަޙްމަދު ވިދާޅުވީ ފޯމް ހުށަހެޅުމަށް މުއްދަތު އިތުރުކޮށްފައިވަނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި މަޝްރޫއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުންވެސް ބައެއް މައުލޫމާތު ފުރިހަމަ ނުވެ ހުރި ކަން ފާހަގަކުރެވޭ ކަމަށާއި އެ ފަރާތްތަކަށްވެސް އެ މައުލޫމާތު ފުރިހަމަކުރުމަށް ފުރުސަތު ދީފައިވާނެ ކަމަަށް ނަޔަޝީން ވިދާޅުވިއެވެ.

މި މަޝްރޫއުއަކީ، "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމަންޓް ފޯ ޑިވެލޮޕްމަންޓް އޮފްއެމް.އެސް.އެމް.އީސް" (ސީޑްސް) މަޝްރޫޢުގެ ބައެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އެޗްޑީސީން ބުނި ގޮތުގައި މި މަޝްރޫޢު ޚާއްޞަ ކުރެވިފައިވަނީ، "ރަށްވެހި ދަނޑުވެރިކަން" ނުވަތަ "އަރބަން ފާމިންގ" ކުރިއަރުވައި ޒަމާނީ ވަސީލަތްތަކުގެ އެހީގައި ދަނޑުވެރިކަން ކުރާ އައު ޖީލެއް ބިނާ ކުރުމަށެވެ.

އެޗްޑީސީން ބުނީ މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ "ނެއިބަރހުޑް 3" ގައި ހުސް ޖާގައިގެ ގޮތުގައި ކަނޑައެޅިފައިވާ ދެވަނަ ލޮޓްގައި ކަމަށެވެ. އަދި މި މަޝްރޫޢަށް ޖުމްލަ 19,871 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވެއެވެ.

އެޗްޑީސީން މި ސަރަޙައްދު ބަހާލާފައިވަނީ 600 އަކަފޫޓުގެ 16 ޕްލޮޓަށެވެ. ކޮންމެ ޕްލޮޓެއް ޙަވާލު ކުރެވޭނީ 03 ދަނޑުވެރިންގެ މައްޗަށް އެކުލެވޭ ގުރޫޕަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މި މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު 48 ދަނޑުވެރިޔަކަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި މަޝްރޫޢު ކުރިއަށް ގެންދަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ތިން މަސް ދުވަހު އެއްވެސް ފީއެއް ނުނަގާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ހަތަރުވަނަ މަހުން ފެށިގެން 3 މަސް ދުވަހުގެ މުއްދަތަށް ކޮންމެ ޕްލޮޓަކުން މަހަކު 1275 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ. ތިންވަނަ ފިޔަވަހިން ފެށިގެން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ވިޔަފާރި އުސޫލުންނެވެ. އެއީ ހަތްވަނަ މަހުން ފެށިގެން ކޮންމެ މަހަކު ޕްލޮޓަކަށް 2500 ރުފިޔާ ފީއެއް ދައްކަން ޖެހޭ ގޮތަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2019

ބޭންކް އޮފް މޯލްޑިވްސް އިން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހުކޮށްފި

19 ފެބުރުއަރީ 2019
ބޭންކް އޮފް މޯލްޑިވްސް އިން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހުކޮށްފި
14 ޖެނުއަރީ 2019

ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް ހުޅުމާލެ އަދި ވިލިމާލެއަށް

14 ޖެނުއަރީ 2019
ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް ހުޅުމާލެ އަދި ވިލިމާލެއަށް
28 ޑިސެމްބަރު 2018

އެސްޓީއޯގެ ހުޅުމާލެ ހޮޓެލް ގަންނާނެ ފަރާތެއް ހޯދަނީ

28 ޑިސެމްބަރު 2018
އެސްޓީއޯގެ ހުޅުމާލެ ހޮޓެލް ގަންނާނެ ފަރާތެއް ހޯދަނީ
16 އޮކްޓޯބަރު 2018

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 އޮކްޓޯބަރު 2018
މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 އޮކްޓޯބަރު 2018

މަޓާޓޯގެ އެކްޒެކެޓިވް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

10 އޮކްޓޯބަރު 2018
މަޓާޓޯގެ އެކްޒެކެޓިވް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
29 މެއި 2018

ގެޓްސެޓްގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

29 މެއި 2018
ގެޓްސެޓްގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
17 ޖެނުއަރީ 2018

ސަޓާ އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

17 ޖެނުއަރީ 2018
ސަޓާ އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
15 ޖެނުއަރީ 2018

ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2018
ބީއެމްއެލްގެ ބޯޑަށް އާންމު ހިއްސާދާރުން ހޮވާ ތިން ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
24 އެޕްރީލު 2017

އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި

24 އެޕްރީލު 2017
އެމްއައިބީ ހުޅުމާލެ ބްރާންޗް ރަސްމީކޮށް ހުޅުވައިފި
04 އެޕްރީލު 2017

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް