Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މޯލްޑިވްސް ބޯޓިންގް އެވޯޑްސް

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޖުމްލަ 26 ކެޓަގަރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2018 | އަންގާރަ 09:17
މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ހަފްލާގެ ތެރެއިން

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ހަފްލާގެ ތެރެއިން

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑްސްއަކީ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ކަނޑުދަތުރު ފަތުރުގެ އިންޑަސްޓްރީގެ ހަރަކާތްތެރިވާ ފަރާތްތަކަށް ހިތްވަރުދީ އެ އިންޑަސްޓްރީ ކުރިއެރުވުމަށްގެ މަޤްސަދުގައި 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

ޖުމްލަ 26 ކެޓަގަރީއަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ނޮވެމްބަރު 5 ވަނަ ދުވަހާ ހަމައަށެވެ. ބޯޓިންގް އެވޯޑްސްއަށް ހުށަހަޅާ ފަރާތްތަކަށް އޮންލައިންކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ވޯޓުލުމަށް ނޮވެމްބަރު 5 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 5 ވަނަ ދުވަހަށް ހުޅުވާލާނެއެވެ.

މިދިޔަ އަހަރު މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ލިބުނީ އަހްމަދު ޒުބައިރު އާދަމްއަށެވެ. މިދިޔަ އަހަރު ތަފާތު 21 ކެޓަގަރީއަކުން އެވޯޑުތައް ވަނީ ހަވާލު ކޮށްފައެވެ. އެގޮތުން ލިވްއަބޯޑް ކެޕްޓަން އޮފް ދަ އިޔަރ އެވޯޑާއި ސާފް ގައިޑް އޮފް ދަ އިޔަރގެ އެވޯޑާއި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ތިން މީހަކަށް ލިބިފައިވާއިރު ބާކީ 18 އެވޯޑު ލިބިފައިވަނީ ޕްރައިވެޓް ކުންފުނިތަކަށެވެ.

މޯލްޑިވްސް ބޯޓިންގް އެވޯޑު މިދިޔަ އަހަރު ދީފައި ވަނީ، އޮންލައިން ވޯޓިންގެ 40 އިންސައްތަ އާއި ޖަޖުންގެ 60 އިންސައްތަ މާރކްސްއާ އެކުގައެވެ.

މީގެ އިތުރުން އެ ހަފްލާގެ ތެރެއިން މިދިޔަ އަހަރުގެ އެވޯޑް ހަފްލާގައި ސްޕޮންސަރުންނާއި އަދި ޕާޓްނަރުންނަށް ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017
ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

ޚަޒާނާ މޯލްޑިވްސް ލިމިޓެޑްގެ ޝަރީޢާ ބޯޑަށް މެމްބަރުން ހޯދަނީ

07 ޖޫން 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު