Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމަޓާޓޯގެ އެކްޒެކެޓިވް ބޯޑް

މަޓާޓޯގެ އެކްޒެކެޓިވް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އެޕްލިކޭޝަން އޮކްޓޯބަރ 31 ގެ ނިޔަލަށް ބަލައިގަންނާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 10 އޮކްޓޯބަރު 2018 | ބުދަ 15:56
މަޓާޓޯ އިން ބޭއްވި އެވޯޑްސް ހަފްލާގެ ތެރެއިން

މަޓާޓޯ އިން ބޭއްވި އެވޯޑްސް ހަފްލާގެ ތެރެއިން

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) ގެ އެކްޒެކެޓިވް ބޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެގޮތުން އެގްޒެކެޓިވް ބޯޑަށް ކުރިމަތިލާ ފަރާތްތަކުގެ އެޕްލިކޭޝަން އޮކްޓޯބަރ 31ގެ ނިޔަލަށް ބަލައިގަންނާނެ ކަމަށާއި އަދި ނޮވެމްބަރގައި ބާއްވާ އަހަރީ އާންމު ޖަލްސާގެ 15 ދުވަސް ކުރިން އެކްޒެކެޓިވް ބޯޑަށް ކުރިމަތިލާފައިވާ ފަރާތްތައް އިއުލާން ކުރާނެ ކަމަށް މަޓާޓޯ އިން ބުންޏެވެ.

2006 ވަނަ އަހަރު ވުޖޫދަށް އައި މަޓާޓޯއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ހަރަކާތްތެރި އެއް އެސޯސިއޭޝަން ކަމަށްވާ އިރު، އާންމު މެމްބަރުންގެ ތެރޭގައި ޓްރެވެލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން ހަރަކާތްތެރިވެއެވެ.

މަޓާޓޯގެ އެކްޒެކެޓިވް ބޯޑުގައި ނުވަ މެމްބަރުން ހަރަކާތްތެރިވާ އިރު، މި މަޤާމްތަކަށް މީހުން އައްޔަން ކުރަނީ ކޮންމެ ދެ އަހަރަކުން އެއް އަހަރުއެވެ.

އެގޮތުން މަޤާމްތަކަށް ކުރިމަތިލާ ފަރާތްތަކަށް ވޯޓް ދެވޭނީ ހަމަ އެކަނި އާންމު މެމްބަރުންނަށެވެ.

މިހާރުގެ ބޯޑުގައި އިސްކޮށް ތިއްބަވާ ބޭފުޅުންގެ ތެރޭގައި އިނަރ މޯލްޑިވްސް ހޮލިޑޭސްގެ ފަރާތުން އަބްދުﷲ ގިޔާސް ރިޔާޒް، ޓޮރޮޕިކަލް ކަލެކްޝަންގެ ފަރާތުން އަބްދުﷲ ސުއޫދު، ވައިސް ޕްރެޒިޓެންޓްގެ މަޤާމުގައި ޔޮޓް ޓުއާސް މޯލްޑިވްސްގެ ފަރާތުން އިބްރާހިމް ޝިހާމް، ޓްރެޝަރަރގެ ގޮތުގައި ވިސްޓަރ ޓްރެވެލް އެންޑް ސަރވިސަސްގެ ފަރާތުން އަލީ އަހްމަދެވެ.

އިތުރު މެމްބަރުންގެ ތެރޭގައި ސަން ޓްރެވެލް އެންޑް ޓުއާރސްގެ ފަރާތުން އާމިނަތު ނީނާ ނިޒާރް، ޕާލް ޓްރެވެލް ސަރވިސްގެ ފަރާތުން އަހްމަދު ފިޔާޒް، ރިއޯލޯ ޓްރެވެލްގެ ފަރާތުން މުހައްމަދު ހަލީލް، ވޮޔަޖަސް މޯލްޑިވްސްގެ ފަރާތުން މުހައްމަދު ޖިނާން، އައިލެންޑް ޕާލް ހޮލިޑޭސްގެ ފަރާތުން ހާތިމް ހަސަންއެވެ.

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2018

މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 އޮކްޓޯބަރު 2018
މޯލްޑިވްސް ބޯޓިންގް އެވޯޑްސްގެ ނޮމިނޭޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
10 އޯގަސްޓު 2018

ޗައިނާ-އާސިއާން އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

10 އޯގަސްޓު 2018
ޗައިނާ-އާސިއާން އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
25 ޖުލައި 2018

ރެހެންދި ނައިޓް މާރކެޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

25 ޖުލައި 2018
ރެހެންދި ނައިޓް މާރކެޓްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
25 ޖުލައި 2018

ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއަރގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި

25 ޖުލައި 2018
ރަޝިޔާގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއަރގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފި
29 މެއި 2018

ގެޓްސެޓްގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

29 މެއި 2018
ގެޓްސެޓްގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު