Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް އިން 'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' އިފްތިތާހުކޮށްފި

19 ފެބުރުއަރީ 2019 | އަންގާރަ 09:31

މިއީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 ފެބުރުއަރީ 2019 | އަންގާރަ 09:31
ބޭންކް އޮފް މޯލްޑިވްސް އިން \'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު\' އިފްތިތާހުކުރުމުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް އިން \'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު\' އިފްތިތާހުކުރުމުގެ ތެރެއިން

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އިފްތިތާހްކޮށްފިއެވެ.

މި ފަންޑު އިފްތިތާހުކޮށްފައި ވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް"ގެ ނަމުގައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމް ދަށުންނެވެ.

މުޖުތަމައަކަށް އަމާޒުކޮށް ހިންގުމަށް ގަސްދުކުރާ ހަރަކާތްތައް، ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް އަހަރެންގެ ބޭންކް "ކޮމިއުނިޓީ ފަންޑު" އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

މި ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށެވެ.

މިއަހަރުގެ ކޮންމެ ކުއާޓަރއެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000ރ. ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި ފަންޑާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޭންކުގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ ފާއިތުވި ދެ އަހަރު ބީއެމްއެލް އިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ރައްޖޭގައި ހިންގަމުންދާ އިންވެސްޓްމަންޓް ދެ ގުނައަށް އިތުރުކޮށްފައެވެ.

"މި ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރުވެގެންދާނެ،" މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ބީއެމްއެލްއިން ބުންޏެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
04 މެއި 2017

މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި

04 މެއި 2017
މޯލްޑިވްސް ކޮންސިއުމަރ ފެއަރ 2017 ހުޅުވައިފި
04 އެޕްރީލު 2017

ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ

04 އެޕްރީލު 2017
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
04 އެޕްރީލު 2017

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި

04 އެޕްރީލު 2017
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަކަށް ނަޖީބް ޚާން އައްޔަނުކޮށްފި
29 މާރިޗު 2017

ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި

29 މާރިޗު 2017
ކޮކޫން މޯލްޑިވްސް އިޓަލީގައި ލޯންޗްކޮށްފި
20 މާރިޗު 2017

ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި

20 މާރިޗު 2017
ދިއްލީއަށް ކުރާ ދަތުރުތައް މެގަ މޯލްޑިވްސް އިން ހުއްޓާލައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް