Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑަބްލިއުއެސްސީގެ މަސައްކަތްތައް

ކޮވިޑާއި ގުޅިގެން އެމްޑަބްލިއުއެސްސީގެ ބައެއް ޕްރޮޖެކްޓްތައް ދިގު ދަންމާލާން ޖެހުނު: ޝާހު

31 އޮކްޓޯބަރު 2020 | ހޮނިހިރު 17:02

ކޮވިޑާއިއެކު ކުންފުނިން ކުރިން ކުރަމުން ގެންދިޔަ ބައެއް ހަރަދުތައް ކުޑަ ކޮށްފައިވާނެ: ޝާހު

އަތޫފް އާތިފް
އަތޫފް އާތިފް | 31 އޮކްޓޯބަރު 2020 | ހޮނިހިރު 17:02
އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

ކޮވިޑް-19 ގެ ޕެންޑަމިކާއި އެކު އެމްޑަބްލިއުއެސްސީގެ ބައެއް ޕްރޮޖެކްޓްތައް ދިގު ދަންމާލަން ޖެހުނު ކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ކޮވިޑް-19 އާ އެކު އެމްޑަބްލިއުއެސްސީއިން ހިންގަމުން ދިޔަ ބައެއް ޕްރޮޖެކްޓްތައް ދިގު ދަންމައިލާން ޖެހުނު ކަމަށާއި، އެހެން ނަމަވެސް އެއްވެސް ޕްރޮޖެކްޓްއެއް ހުއްޓާލައިފައި ނުވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ވާނެ ހިދުމަތްތައް ހުއްޓުމެއް ނެތި ދީފައި ވާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝާހު ވިދާޅުވީ އެ ކުންފުނިން މި ނިންމުން ނިންމީ ސަރުކާރުގެ އެދުމުގެ މަތިން ކަމަށާއި، ކޮވިޑާއި އެކު ކުންފުނިން ކުރިން ކުރަމުން ގެންދިޔަ ބައެއް ހަރަދުތައް ކުޑަ ކޮށްފައި ވާނެ ކަމަށެވެ.

ޝާހު ވިދާޅުވީ ކޮވިޑްގެ ސަބަބުން އެ ކުންފުނިން އާންމުންނަށް ދެމުން ގެންދިޔަ އެއްވެސް ހިދުމަތަކަށް ބުރު އަރާފައި ނުވާނެ ކަމަށާއި، ފެނާއި ނަރުދަމާގެ ނިޒާމުގައި އެއްވެސް މައްސަލައެއް ދިމާވެފައި ނުވާނެ ކަމަށެވެ. ހާއްސަކޮށް ރައްޔިތުންނަށް ފެނުގެ ބިލް ދެއްކުމުގައި ލުއިތަކެއް ކުންފުނިން ދީފައި ވާނެ ކަމަށާއި، ކުންފުނީގެ ވިސްނުމަކީ އަބަދުވެސް ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް ފަސޭހަވާނެހެން ހިދުމަތް ދިނުމަށް ކަމަށެވެ.

އޭގެ އިތުރުން ޝާހު ވިދާޅުވީ މާލެ ސަރަހައްދުގެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތައް ހުއްޓުމެއްނެތި ކުރިޔަށްދާ ކަމަށާއި، އަދި މިހާރު ވެސް ފެން ލިބުމުގައި ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ. އަދި ހާދިސާއެއް ދިމާވި ކަމުގައިވިޔަސް ފެނުގެ ޝޯޓޭޖެއް ދިމާނުވެ ހިދުމަތް ދެވޭނެ ގާބިލިއްޔަތުކަން އެމްޑަބްލިއުއެސްސީގައި މިހާރު ހުރި ކަމަށް ޝާހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް