Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަސްކުރި ދޯންޏަށް ބަޔަކު އެރި މައްސަލަ

ހަތިޔާރާ އެކު ދޯންޏަކަށް އެރި މައްސަލާގައި ހައްޔަރުކުރި އެންމެން ކޯޓުން ދޫކޮށްލައިފި

އެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފްކޮށްދިނުމަށް ޕީޖީގައި އެދިފައިވާނެ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2020 | ހޮނިހިރު 13:40
ތޫނު ހަތިޔާރު ހިފައިގެން ތިބި ބަޔަކު އެރި \"ފަސްކުރި\" ދޯނި

ތޫނު ހަތިޔާރު ހިފައިގެން ތިބި ބަޔަކު އެރި \"ފަސްކުރި\" ދޯނި

ތޫނު ހަތިޔާރާއެކު ކަނޑުމަތިން ދޯންޏަކަށް ބަޔަކު އެރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި 16 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މިދިޔަ އާދީއްތަ ދުވަހުގެރޭ 11:55 ހާއިރު ލ. އަތޮޅުގެ އެތެރެވަރި، ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރުމުން، އެ ދޯނި ލ. ގަން ތުނޑިއަށް ކައިރި ކުރާކަން އެނގިފައިވާ ކަމަށާއި، ފުލުހުން ދޯންޏަށް ގޮސް ބެލި ބެލުމުން، ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ އެ ދޯންޏަށް ބަޔަކު އެރި ނަމަވެސް މާރާމާރީއެއް ހިންގާފައިނުވާ ކަމަށެވެ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފަސްކުރި ދޯންޏަށް ތޫނު ހަތިޔާރާ އެކު އެރި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި 16 މީހުންގެ ބަންދުގެ މުއްދަތާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި މައްސަލަ އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުގައި އެދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ތަހުޤީޤް ކުރަމުން އަންނަ އިރު، އެ މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ވެސް ތަހުޤީޤް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި، އެއްބަސްވުމަށް އަމަލުނުކުރާ ކަމަށް ބުނެ، ދޯންޏަށް ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، މި މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް، މައުލޫމާތު އޮޅުންފިލުވައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ތަހުގީގު ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގުރޫޕަކުން އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ދޯންޏަށެވެ. އަދި ދޯންޏަށް ބަޔަކު އެރީ އެންދަމަން ތިއްބާ ކަމަށާއި، 30 ވަރަކަށް މީހުން ތިބި ކަމަށްވެއެވެ. އަދި ދޯނި ގަމު ތުނޑިއާއި ކައިރި ކުރި އިރު ފުލުހުން ތިބި ކަމަށާއި، ނަމަވެސް އެ އެންމެންގެ ނަން ނޯޓު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. މި ދޯނީގައި 22 ފަޅުވެރިން ތިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު