Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ރިޔާސީ އިންތިޚާބު

ކުރިން ވޯޓުލުމުގެ މަރުހަލާގައި އެމެރިކާގެ 85 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލައިފި

31 އޮކްޓޯބަރު 2020 | ހޮނިހިރު 04:04

2016 ވަނަ އަހަރާއި އަޅާބަލާއިރު އެމެރިކާގެ ހުރިހާ ސަރަހައްދު ތަކެއްގައިވެސް މިއަހަރު އަންނަނީ ގިނައިން ވޯޓުލާން މީހުން ނިކުންނަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2020 | ހޮނިހިރު 04:04
ވޯޓުލުމަށްފަހު މީހަކު އަތް ސެނެޓައިޒް ކުރަނީ

ވޯޓުލުމަށްފަހު މީހަކު އަތް ސެނެޓައިޒް ކުރަނީ

އެމެރިކާގެ ރިޔާސީ އިންތިޚާބު ބާއްވަން ހަތަރު ދުވަހަށް ވެފައިވާއިރު ކުރިން ވޯޓުލުމުގެ މަރުހަލާގެ ދަށުން 85 މިލިއަނަށްވުރެ ގިނަ މީހުން ވޯޓުލައިފި އެވެ.

މީގެތެރޭގައި ޓެކްސަސްގެ 9 މިލިއަން މީހުން ހިމެނޭއިރު މިއަދަދާއެކު ޓެކްސަސް ވެގެން ގޮސްފައިމިވަނީ 2016 ވަނަ އަހަރުގެ އިންތިޚާބުގައި އެސްޓޭޓުން ވޯޓުލާން ނިކުތް މީހުންނަށްވުރެ ގިނައިން ވޯޓުލާން މިއަހަރު މީހުން ނިކުތް ސްޓޭޓަކަށެވެ. މީގެކުރިން މިރިކޯޑް ގާއިމުކުރި ސްޓޭޓަކީ ހަވާއީ އެވެ.

ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ ޔޫއެސް އިލެކްޝަން ޕްރޮޖެކްޓުން ދައްކާގޮތުގައި 2016 ވަނަ އަހަރާއި އަޅާބަލާއިރު އެމެރިކާގެ ހުރިހާ ސަރަހައްދު ތަކެއްގައިވެސް މިއަހަރު އަންނަނީ ގިނައިން ވޯޓުލާން މީހުން ނިކުންނަމުންނެވެ.

ކުރިން އަންދާޒާކުރި ވަރަށްވުރެ ގިނަ ބަޔަކު ކުރިން ވޯޓުލުމުގެ މަރުހަލާގެ ދަށުން ވޯޓުލާން ނިކުންނަމުން ދިއުމާއެކު އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ކެންޑިޑޭޓް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އާއި ދެމެދު އޮތް ވާދަވެރިކަން ހާމައެވެ. މީގެއިތުރުން އެމެރިކާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ގިނައިން މީހުން އެއްވާ ތަންތަނަށްނުގޮސް ވައިރަސް އަށް ހުށަހެޅުމުން ރައްކާތެރިވުމަށް ގިނަ ބަޔަކު އެގޮތަށް އަމަލުކުރަނީ ކަމަށްވެސް ބެލެވެ އެވެ.

ކުރިން ވޯޓުލުމުގެ މަރުހަލާގެ ދަށުން ގިނަ ސްޓޭޓްތަކެއްގައި ވޯޓުލުމަށް އޮތް އެންމެ ފަހު ދުވަހަކީ ހުކުރު ދުވަހު އެވެ. ހުކުރާ ދުވަހާ ހަމައަށް ކުރިން ވޯޓުލުމުގެ މަރުހަލާގެ ދަށުން 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންނަށްވުރެ އިތުރަށް 20 މިލިއަން މީހުން ވަނީ ވޯޓުލާފައެވެ.

ޓެކްސަސް އަކީ 1976 ވަނަ އަހަރުން ފެށިގެން ޑިމޮކްރަޓިކް ކެންޑިޑޭޓަކަށް އިންތިޚާބުގެ ނަތީޖާ ބުރަވެފައިވާ ސްޓޭޓެއް ނޫނެވެ. އެހެންނަމަވެސް ޕޯލްތަކުން ދައްކާގޮތުގައި ކުރިން ވޯޓުލީ މީހުންގެ ކުރީގައި މިފަހަރު އުޅެނީ ބައިޑަން އެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް
19 ފެބުރުއަރީ 2017

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި
14 ފެބުރުއަރީ 2017

ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް

14 ފެބުރުއަރީ 2017
ހުވާކުރުމުގެ ކުރިން ޓެމިލްނާޑޫ ޗީފް މިނިސްޓަރު ޖަލަށް
08 ފެބުރުއަރީ 2017

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!
07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް