Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފްރެންޗް ކަޕް ފަސްކުރުން

ޑިސެމްބަރު އެކެއްގެ ނިޔަލަށް ފްރެންޗް ކަޕް ފަސްކޮށްފި

ހުކުރު ދުވަހުން ފެށިގެން ފްރާންސް ދެވަނަ ފަހަރަށް ފްރާންސް ލޮކްޑައުނަކަށް ދާނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2020 | ބުރާސްފަތި 16:35
މިދިޔަ ސީޒަނުގެ ފްރެންޗް ކަޕުގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީ ޓީމު

މިދިޔަ ސީޒަނުގެ ފްރެންޗް ކަޕުގެ ޗެމްޕިއަންކަން ހޯދި ޕީއެސްޖީ ޓީމު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފްރާންސް ދެވަނަ ލޮކްޑައުނަކަށް ދާން ނިންމުމުން ފްރެންޗް ކަޕުގެ މެޗުތައް ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ފަސްކޮށްފިއެވެ.

ބުދަ ދުވަހު ފްރާންސްގެ ރައްޔިތުންނާއި މުޚާތަބުކުރަައްވައި ވާހަކަދައްކަވަމުން އެ ގައުމުގެ ރައީސް އެމަނުއަލް މެކްރޮން ވަނީ ހުކުރު ދުވަހުން ފެށިގެން ފްރާންސް ދެވަނަ ފަހަރަށް ލޮކްޑައުން ކުރާ ކަމަށާއި، މި ލޮކްޑައުން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ލޮކްޑައުނުގައި ފްރެންޗް ކަޕުގެ އިތުރުން ފްރާންސުގެ ދަށް ޑިވިޝަންތަކުގެ މެޗުތައް ނުކުޅެން ނިންމާފައެވެ. އެކަމަކު މި މުއްދަތުގައި ފުރަތަމަ ޑިވިޝަން (ފްރެންޗް ލީގު) އާއި ދެވަނަ ޑިވިޝަނާއި، އަންހެނުންގެ ފުރަތަމަ ޑިވިޝަނުގެ އިތުރުން ބައިނަލްއަގުވާމީ މެޗުތައް ކުރިއަށްދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެކަމަކު މެޗުތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ސަޕޯޓަރުން ދަނޑަށް ނުވައްދައެވެ.

ފްރާންސްގައި އެންމެ ފުރަތަަމަ ވައިރަސް ފެތުރެން ފެށުމާއެކު އަށް ހަފުތާގެ މުއްދަތަށް އެގައުމު ލޮކްޑައުން ކުރިއެވެ. އެފަހަރު ލޮކްޑައުން ކުރުމާއެކު މިދިޔަ ސީޒަނުގެ ފްރެންޗް ލީގު ކެންސަލް ކޮށް ޕީއެސްޖީގެ ޗެމްޕިއަންކަން ދިނުމަށް ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުން ނިންމިއެވެ. ފްރެންޗް ލީގަކީ މިދިޔަ ސީޒަނުގައި ކޮވިޑް-19 އާ ގުޅިގެން ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ކެންސަލް ކުރި ހަމައެކަނި ލީގެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފްރާންސް ދެވަނަ ލޮކްޑައުނަކަށް ދާއިރު، ފްރާންސްގައި އަންގާރަ ދުވަހު ވަނީ ވައިރަސް ޖެހިގެން 523 މީހަކު މަރުވެފައެވެ. މިއީ އޭޕްރީލް މަހުގެ ފަހުން އެގައުމުގައި އެއްދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުން މިބަލީގެ މަރުވި ފުރަތަމަ ފަހަރެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
07 ފެބުރުއަރީ 2017

ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ

07 ފެބުރުއަރީ 2017
ވެލެންސިއާގެ ޓާގެޓަކީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުން: ފެސްކޯ
07 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް

07 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ފަހުވަގުތު ޖެހި ލަނޑުތަކާއެކު ތިމްޕޫ ބަލިކޮށް ވެލެންސިއާ ޕްލޭއޮފަށް
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން

03 ފެބުރުއަރީ 2017
ގާނާ ބަލިކޮށް އެފްރިކަން ކަޕްގެ ފައިނަލަށް ކެމަރޫން
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު