Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19: ފްރާންސްގެ ހާލަތު

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ފްރާންސް ދެވަނަ ލޮކްޑައުނަކަށް

ހުކުރު ދުވަހުން ފެށިގެން ފްރާންސް ލޮކްޑައުން ކުރާއިރު، މި ލޮކްޑައުން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2020 | ބުރާސްފަތި 08:55
ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން

ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން

ފްރާންސްގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިޔުމާއެކު މި ހަފުތާގައި ދެވަނަ ފަހަރަށް އެގައުމު ލޮކްޑައުން ކުރާނެ ކަމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އެގައުމުގެ ރައްޔިތުންނާއި މުޚާތަބުކުރަައްވައި ވާހަކަދައްކަވަމުން މެކްރޮން ވިދާޅުވީ ހުކުރު ދުވަހުން ފެށިގެން ފްރާންސް ލޮކްޑައުން ކުރާއިރު، މި ލޮކްޑައުން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އެގައުމުގެ ރައްޔިތުން ތިބެންޖެހޭނީ ގޭގައި ކަމަށާއި، ބޭރަށް ނިކުމެ އުޅެވޭނީ ހަމައެކަނި ކޮންމެހެން ގަންނަންޖެހޭ ތަކެތި ގަތުމަށާއި، ސިއްހީ ފަރުވާ ހޯދުމަށް ކަމަށެވެ. އަދި ކޮންމެ މީހަކަށްވެސް ދުވާލަކު އެއް ގަޑިއިރު ކަސްރަތުކުރުމަށް ބޭރަށް ނިކުމެވޭނެކަމަށް މެކްރޮން ވިދާޅުވިއެވެ.

ގެއިން ބޭރަށް ނިކުންނަ ކޮންމެ މީހެއްގެ އަތުގައި އެކަމާއި ގުޅޭ ލިޔުމެއް އޮންނަންޖެހޭނެ ކަމަށާއި، އެލިޔުން ފުލުހުން ޗެކްކުރާނެ ކަމަށްވެސް މެކްރޮން ވިދާޅުވިއެވެ.

ފިހާރަތަކާއި ރެސްޓޯރެންޓުތަކުގެ ތެރެއިން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ވިއްކާތަންތަން ނޫން އެހެން ހުރިހާ ތަނެއް މަދުވެގެން ކުރިޔަށް އޮތް ދެ ހަފުތާގެ މުއްދަތަށް ބަންދުވާނެ ކަމަށް މެކްރޮން ވިދާޅުވިއެވެ.

ލޮކްޑައުން ކުރި ނަމަވެސް މަސައްކަތް ކުރާ މީހުންގެ ތެރެއިން ގޭގައި ތިބިގެން މަސައްކަތް ނުކުރެވޭ މީހުންނަށް އޮފީހަށް ނިކުމެވޭނެ ކަމަށް މެކްރޮން ވިދާޅުވިއެވެ. އަދި މާޗު މަހު އެ ގައުމު ލޮކްޑައުންކޮށްފައި އޮތްއިރާ ޚިލާފަށް، މިފަހަރުގެ ލޮކްޑައުނުގައި ސްކޫލުތައް ހުންނާނީ ހުޅުވާފައި ކަމަށްވެސް މެކްރޮން ވިދާޅުވިއެވެ.

މެކްރޮން ވިދާޅުވީ ވައިރަސް ފެތުރެމުންދަނީ ކަމާބެހޭ އެއްވެސް ފަރާތަކުން އަންދާޒާކޮށްފައިވާ މިންވަރަށްވުރެ ބާރު އަދި ހަލުވި މިނެއްގައި ކަމަށެވެ. އަދި ކުރިން ފަހަރަށްވުރެ މިފަހަރު ވައިރަހުގެ ބާރުގަދަ ކަމަށް މެކްރޮން ވިދާޅުވިއެވެ. އެެހެންކަމުން މުޅި ފްރާންސް އަނެއްކާވެސް ލޮކްޑައުން ކުރުމަށް ނިންމާފައިވާ ކަމަށާއި، ރައްޔިތުންގެ އެއްބާރުލުމާއެކު ވައިރަސް ފެތުރުން ކޮންޓްރޯލް ކުރެވި، މިކަމުން އަރައިގަނެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް މެކްރޮން ވިދާޅުވިއެވެ.

ފްރާންސްގައި އެންމެ ފުރަތަަމަ ވައިރަސް ފެތުރެން ފެށުމާއެކު އަށް ހަފުތާގެ މުއްދަތަށް އެގައުމު ލޮކްޑައުން ކުރިއެވެ. ލޮކްޑައުނަށް މެއި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ލުއިތައް ދޭން ފެށުމުން މަޑުމަޑުން އަނެއްކާވެސް ވައިރަސް ފެތުރުން އިތުރުވާން ފެށިއެވެ.

ފްރާންސްގައި އަންގާރަ ދުވަހު ވަނީ ވައިރަސް ޖެހިގެން 523 މީހަކު މަރުވެފައެވެ. މިއީ އޭޕްރީލް މަހުގެ ފަހުން އެގައުމުގައި އެއްދުވަހާ އެންމެ ގިނަ އަދަދެއްގެ މީހުން މިބަލީގެ މަރުވި ފުރަތަމަ ފަހަރެވެ. ޑޮކްޓަރުން ވަނީ އެގައުމުގެ އައިސީޔޫތައް ބަލި މީހުންނާއިގެން ފުރިދާނެ ކަމުގެ އިންޒާރުދީފައެވެ.

ފްރާންސްގައި މިހާތަނަށް އައިއިރު މިބަލީގައި 35،000ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ފްރާންސަކީ ހަތްވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މިބަލީގައި މަރުވެގެން ރިޕޯޓުކުރަމުން އަންނަ ގައުމެވެ.

ފްރާންސްގައި ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މިމަހުގެ ކުރީކޮޅު ވަނީ ރޭގަނޑު ގަޑީގައި ކާފިއު ހިންގާފައެވެ. އެހެންނަމަވެސް އޮފިޝަލުން ބުނެފައިވަނީ އެފިޔަވަޅުތަކާއެކުވެސް ވައިރަސް ފެތުރުން ކޮންޓްރޯލްނުވާ ކަމަށާއި އެއަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

ފްރާންސްގެ އިތުރުން ޖަރުމަނުންވެސް އަންނަނީ ކޮވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާއެކު ލޮކްޑައުނަކަށް ދާނެ ކަމަށް ބުނެފައެވެ. ޔޫރަޕުގެ އެންމެ ބޮޑު އިގުތިސޯދު އޮންނަ ދެ ގައުމުން އަނެއްކާވެސް ލޮކްޑައުނަކަށްދާނެ ކަމަށް އިއުލާން ކުރުމާއެކު ދުނިޔޭގެ ސްޓޮކް މާކެޓް ވަނީ ދަށަށްގޮސްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

14 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށް ފްރާންސްގައި ވޯޓުލާން ފަށައިފި

23 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު