Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެނުއެލް މެކްރޮން

މެކްރޮން މިއަދު ފްރާންސްގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ

މެކްރޮން ފުރަތަމަ ސިޔާސީ ބޮޑު މަގާމަކަށް އައްޔަން ކުރެވިގެން ދިޔައީ 2014 ވަނަ އަހަރު

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 14 މެއި 2017 | އާދީއްތަ 09:52
އިންތިޚާބުގެ ނަތީޖާއަށް ފަހު މެކްރޮން އުފާ ފާޅުކުރައްވަނީ

އިންތިޚާބުގެ ނަތީޖާއަށް ފަހު މެކްރޮން އުފާ ފާޅުކުރައްވަނީ

މެއި ހަތް ވަަނަ ދުވަހު ފްރާންސްގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކުރެއްވި މެދުމިނުގެ ސިޔާސަތަށް ތާއީދުކުރައްވާ އެމެނުއެލް މެކްރޮން އާދީއްތަ ދުވަހު ބާއްވާ ރަސްމިއްޔާތެއްގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެއެވެ.

ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ އެލިސީ ޕެލެސް ގައި ބާއްވާ ރަސްމިއްޔާތުގައި މެކްރޮން ވެރިކަމާއި ހަވާލުވެވަޑައިގަަންނަވާއިރު، އެމިނިކުފާނު ވެވަޑައިގަންނަވާނީ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ، ފްރާންސްގެ އެންމެ ޒުވާން ރައީސް އަށެވެ. އަދި މި ރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމެއް އެރުވުމަށް ހަމަޖެހިފައިވެއެވެ.

އިންވެސްޓްމެންޓް ބޭންކް ހިންގެވުމުގައި ކުރިން އުޅުއްވާފައިވާ އުމުރުފުޅުން 39 އަހަރުފުޅުގެ މެކްރޮންއަކީ ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު ވެގެންދާނީ ނަޕޯލިއަންއަށްފަހު އެގައުމުގައި ވެރިކަންކުރައްވާ އެންމެ ޒުވާން ރައީސަށެވެ. މެކްރޮން އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ޔޫރަޕްގެ ލީޑަރުންނަށް ފިނިކަމެއް ލިބިވަޑައިގެންނެވި ކަމަކަށް ވެގެންދާނެއެވެ.

ސިޔާސީ ދާއިރާގައި ތަޖުރިބާކާރު މެރިން ލެ ޕެން އާ ވާދަކުރައްވާ މެކްރޮން އިންތިޚާބުގެ 65 އިން ސައްތަ ހޯއްދަވައިގެންނެވެ.

މެކްރޮން ފުރަތަމަ ސިޔާސީ ބޮޑު މަގާމަކަށް އައްޔަން ކުރެވިގެން ދިޔައީ 2014 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން އޯގަސްޓް 2016 އާ ހަމައަށް މިނިސްޓަރު އޮފް އިކޮނޮމީ އެންޑް ޑިޖިޓަލް އެފެއަރޒްގެ މަގާމު ފުރުއްވާފައި ވެއެވެ. މަގާމުން އިސްތިއުފާ ދެއްވީ 2017އިގެ ރިޔާސީ އިންތިޚާބަށް ނުކުމެ ވަޑައިގަތުމަށެވެ. ނަމަވެސް އިންތިޚާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރެއްވީ 2016 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ފްރާންސްގެެ ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

21 ޖޫން 2017
ފްރާންސްގެެ ޖަސްޓިސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި
12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
15 މެއި 2017

ފްރާންސްގެ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ އެދުއާ ފިލިޕް

15 މެއި 2017
ފްރާންސްގެ ބޮޑުވަޒީރަކަށް އައްޔަން ކުރައްވާނެ ކަމަށް ބެލެވެނީ އެދުއާ ފިލިޕް
14 މެއި 2017

ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި

14 މެއި 2017
ފްރާންސްގެ އާ ރައީސް މެކްރޮން ވެރިކަމާ ހަވާލުވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު