Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމުސްލިމުންނާ ދެކޮޅަށް ހުޅަނގުން ގެންގުޅޭ ސިޔާސަތު

މުސްލިމުންނަށް ފުރައްސާރަ ކޮށްގެން ހުޅަނގުން ބޭނުންވަނީ އަނެއްކާވެސް ހަނގުރާމަ ފަށަން: އުރުދުޣާން

29 އޮކްޓޯބަރު 2020 | ބުރާސްފަތި 11:06

ދުނިޔޭގެ އެކި ހިސާބުތަކުގައި ފްރާންސާ ދެކޮޅަށް މުސްލިމުން ވަނީ އަޑުއުފުލަން ފަށާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އޮކްޓޯބަރު 2020 | ބުރާސްފަތި 11:06
ތުރުކީގެ ރައީސް ތޮއްޔިބް އުރުދުޣާން

ތުރުކީގެ ރައީސް ތޮއްޔިބް އުރުދުޣާން

ހުޅަނގުގެ ގައުމުތަކުން އިސްލާމް ދީނަށާއި މުސްލިމުންނަށް ފުރައްސާރަކޮށްގެން ބޭނުންވަނީ އަނެއްކާވެސް މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރަން ކަމަށް ތުރުކީގެ ރައީސް ތޮއްޔިބް އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ކީރިތި ރަސޫލާ (ޞ) ގެ ކާޓޫން ކުރަހައި ކުލާސްރޫމެއްގެ ތެރޭގައި ތިބި ކުދިންނަށް ކާޓޫން ދެއްކުމާއި ގުޅިގެން އެމީހާ ވަނީ މަރާލާފައެވެ. މަގެއްގެ މަތިން އެމީހާ މަރާލާފައިވާއިރު ފްރާންސްގެ ސަރުކާރުގެ އިސް އޮފިޝަލުން އަންނަނީ ކީރިތި ރަސޫލާ(ޞ)ގެ ކާޓޫނު ކުރެހުމަށް ބާރު ލިބޭ ގޮތައް ވާހަކަ ދައްކަމުންނެވެ. އެއާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފްރާންސް އާއި ދެކޮޅަށް މުސްލިމުން ވަނީ އަޑުއުފުލަން ފަށާފައެވެ.

މިކަމުގައި ފްރާންސް އާއި ދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަދައްކަވަމުން ގެންދަވާ މުސްލިމް ލީޑަރަކީ ތުރުކީގެ ރައީސް އުރުދުޣާން އެވެ. ބުދަ ދުވަހު އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ކީރިތި ރަސޫލާ(ޞ) އަށް ފުރައްސާރަކުރާ ބަޔަކާދެކޮޅަށް ތެދުވުމަކީ ލިބޭ ފަހުރެއްކަމަށެވެ. އަދި މިކަމުގައި ތުރުކީން ދިގުދެމިގެންދާ ސިޔާސަތުތަކެއް ގެންގުޅެންޖެހޭ ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އުރުދުޣާން ވަނީ ތުރުކީވިލާތުން ފްރާންސްގެ ޕްރޮޑަކްޓްތައް ބޮއިކޮޓް ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އުރުދުޣާން ފާޅުގައި ފްރާންސަށާއި ފްރާންސްގެ ރައީސަށް ފާޑުވިދާޅުވެ ވާހަކަދައްކަވާތީ ކީރިތި ރަސޫލާ(ޞ) ގެ ކާޓޫން މީގެކުރިން ކުރެހި ނޫސްކަމުގައިވާ ޗާލީ ހެބްޑޯ އިން ވަނީ އުރުދުޣާންގެ ކާޓޫނެއް ކުރަހާ އެމީހުންގެ މަޖައްލާގެ ކަވަރ ފޮޓޯގެ ގޮތުގައި ޖަހާފައެވެ. އުރުދުޣާން އަށް ފުރައްސާރަކުރާ ގޮތަށް ކުރަހާފައިވާ މިކުރެހުމާއި ގުޅިގެން ތުރުކީގެ އޮފިޝަލުން ވަނީ މިކަމާއިމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ.

އަދި މިއީ ނަސްލީ ތަފާތުކުރުންތަކާއި ނަފްރަތު އުފެއްދުމަށް ކުރާ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއްކަމަށާއި މިކަމުގައި ޤާނޫނީ ގޮތުންވެސް އަދި ޑިޕްލޮމެޓިކް ގޮތުންވެސް ކުރެވެން ހުރި ކަންތައްތައް ކުރާނެ ކަމަށް ތުރުކީގެ އޮފިޝަލުން ވަނީ ބުނެފައެވެ.

މިކުރެހުމާއި ގުޅިގެން އުރުދުޣާން ވިދާޅުވެފައިވަނީ މިއީ ވަރަށްވެސް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ފްރާންސާ ދެކޮޅަށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވީ ކީރިތި ރަސޫލާ(ޞ) އަށް ފުރައްސާރަކުރުމުން ކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އަދި މިއަމަލާއެކު ހުޅަނގުން އަނެއްކާވެސް އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ދުވަސްވަރަށް ހިނގައްޖެކަމަށް އުުރުދުޣާން ވިދާޅުވިއެވެ.

"އެމީހުން ބޭނުންވަނީ އަނެއްކާވެސް ޞަލީބީ ހަނގުރާމަ ފަށަން. އަނިޔާވެރިކަމާއި ރުޅިވެރިކަން މިވަނީ މުސްލިމު އުއްމަތަށް ކުރިމަތިވެފައި. މިއާއެކު އަނެއްކާވެސް ހަމަޖެހުމަށް ބުރުއަރާނެ" އުރުދުޣާން ވިދާޅުވިއެވެ.

ފްރާންސާ ދެކޮޅަށް މުސްލިމު ގައުމުތަކުގައި އަޑުއުފުލަމުން ދާއިރު ފްރާންސުން ވަނީ އެގައުމުގެ ރައްޔިތުން މުސްލިމް ގައުމުތަކަށް ދަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 ޖޫން 2017

ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި

25 ޖޫން 2017
ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
24 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ

24 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލައިފައިވަނީ ވަރަށް ވިހަ ގަދަ ކެމިކަލް ހަތިޔާރެއް ބޭނުންކޮށްގެން: މެލޭޝިއާ
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް