Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުއްރަހީމްއަށް ދައުވާ ކުރުން

އަދުރޭ ހުތުރު އެއްޗެހި ގޮވީ ފަނޑިޔާރުންނަށް، މައްސަލަ ހުށައެޅީ ޑީޖޭއޭއިން!

28 އޮކްޓޯބަރު 2020 | ބުދަ 07:45

ދައުވާ ކުރަން ފޮނުވިކަން ޕީޖީ އޮފީހުން ކަށަވަރުކޮށްދެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޮކްޓޯބަރު 2020 | ބުދަ 07:45
އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)- އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހޯމަ ދުވަހު

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)- އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ހޯމަ ދުވަހު

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަޑިހުތުރު އެއްޗެހި ގޮވި މައްސަލައަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުލުހުންނަށް ހުށައަޅައިގެން ތަހުޤީޤު ކުރި މައްސަލައެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

އަދުރޭއަށް އުފުލާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށް އިދިކޮޅު ފަރާތްތަކުން އަޑު އުފުލަމުންދާ މި ދަނޑިވަޅުގައި އެކަމާ ގުޅޭ ގޮތުން "ރާއްޖެއެމްވީ" އިން ސުވާލުކޮށް ލުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އަދުރޭގެ މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ ޑީޖޭއޭގެ ފަރާތުން ކަމަށެވެ. އަދި އެއީ ފުލުހުން ތަހުޤީޤު ކުރުމަށް ފަހު ދައުވާ ކުރަން ފޮނުވި މައްސަލައެއް ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ އިތުރަށް ވިދާޅުވީ، އަދުރޭގެ މައްސަލަ ޑީޖޭއޭއިން ފުލުހުންނަށް ފޮނުވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޙުކުމް ކުރި ދުވަހު ކްރިިމިނަލް ކޯޓު ސަރަޙައްދުގައި ހުންނަވައި ހަޑިހުތުރު ބަހުން ދެއްކެވި ވާހަކައަކާ ގުޅިގެން ކަމަށެވެ. އެގޮތުން ރައީސް ޔާމީނަށް ޙުކުމް ކުރެއްވުމުން އަދުރޭ ވަނީ ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންނަށް އަމާޒުކޮށް ހަޑިހުތުރު ބަސް ބޭނުން ކުރައްވައި ވާހަކަ ދައްކަވާފައެވެ.

އެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ވަނީ ޤާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދުރޭގެ މައްޗަށް އުފުލާފައެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނީ، އެ އޮފީހުން މައްސަލަތަކުގައި ދައުވާ ކުރަނީ ވަކި މީހަކަށް އަމާޒުކޮށްގެން ނޫން ކަމަށާއި، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި ވަކި މީހެއްގެ މޫނަކަށް ނުވަތަ ސިޔާސީ ފިކުރަކަށް ނުބަލާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީނަށް ކުށް ސާބިތުވާ ކަމަށް ނިންމާ ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ މީރާއަށް ދައްކަން ޖެހޭ ގޮތަށް ހުކުމް އިއްވީ 28 ނޮވެންބަރު 2019 ގައެވެ. އެ ދުވަހު ކްރިމިނަލް ކޯޓު ސަރަޙައްދުގައި އެ މަނިކުފާނުގެ ސަޕޯޓަރުން މުޒަހަރާ ވެސް ކޮށްފައި ވެއެވެ.

އަބްދުއްރަޙީމްއަށް ދައުވާ އުފުލާފައިވާ އިރު، މި ފަހުން ބާއްވާ މުޒާހަރާތަކާއި، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބޭއަދަބީ ބަސް ބޭނުން ކުރައްވާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ދޭތެރެ ދޭތެރެއިން މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެގޮތުން 26 ސެޕްޓެމްބަރު 2020 ވީ ހޮނިހިރު ދުވަހުގެ ރޭ އަބްދުއްރަހީމް ވަނީ ލައިވް ޓީވީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ނިސްބަތްކޮށް އައުގުރާނަ ވެސް ގޮވާފައެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2017

އިބްރާހިމް ދީދީގެ ބަހުގެ ހަމަލާތަކެއް ނިހާން އާއި އަދުރޭއަށް !

03 ސެޕްޓެމްބަރު 2017
އިބްރާހިމް ދީދީގެ ބަހުގެ ހަމަލާތަކެއް ނިހާން އާއި އަދުރޭއަށް !
01 ސެޕްޓެމްބަރު 2017

އީސީއަކީ "ކުކުޅެއް"، އަލިވިލޭނީ ހާލެއް ގޮވީމަ:ހަނީފާ

01 ސެޕްޓެމްބަރު 2017
އީސީއަކީ "ކުކުޅެއް"، އަލިވިލޭނީ ހާލެއް ގޮވީމަ:ހަނީފާ
15 އޯގަސްޓު 2017

ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދައްކަވައިފި

15 އޯގަސްޓު 2017
ރައީސް މައުމޫން ފަނޑިޔާރުންނަށް ނުފޫޒް ފޯރުއްވާ ކަމަށް ދޭހަވާ ގޮތަށް ނިހާން ވާހަކަ ދައްކަވައިފި
07 ޖުލައި 2017

ފަހު ނޭވައަށް ދަންދެެން ރައީސް ޔާމީނާއި އެކު ހުންނާނަން: އަދުރޭ

07 ޖުލައި 2017
ފަހު ނޭވައަށް ދަންދެެން ރައީސް ޔާމީނާއި އެކު ހުންނާނަން: އަދުރޭ
03 ޖުލައި 2017

މިއީ ބިރުން ތިއްބެވި ފަނޑިޔާރުންނަށް ލިބުނު އުފަލެއް: އަބްދުﷲ ރިޔާޒު

03 ޖުލައި 2017
މިއީ ބިރުން ތިއްބެވި ފަނޑިޔާރުންނަށް ލިބުނު އުފަލެއް: އަބްދުﷲ ރިޔާޒު
22 އެޕްރީލު 2017

ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް

22 އެޕްރީލު 2017
ޕީޖީއަށާއި ފަނޑިޔާރުންނަށް އައްބާސް ފާއިޒްގެ ވަރުގަދަ ބަސްތަކެއް
01 އެޕްރީލު 2017

ރައީސުލް ޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާ ގޮތަށް ޓްވީޓް ކުރާކަމަށް ބުނެ އިތުރު އެކްޓިވިސްޓަކު ހައްޔަރުކޮށްފި

01 އެޕްރީލު 2017
ރައީސުލް ޖުމްހޫރިއްޔާގެ އަބުރަށް ހުތުރުވާ ގޮތަށް ޓްވީޓް ކުރާކަމަށް ބުނެ އިތުރު އެކްޓިވިސްޓަކު ހައްޔަރުކޮށްފި
04 މާރިޗު 2017

ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި

04 މާރިޗު 2017
ސަތޭކަ މެންބަރުން ވައްދައި ފޮނަދޫ ރައްޔިތުން މެމްބަރު އަދުރޭއަށް ރައްދު ދީފި
19 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް