Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިލެކްޝަންސް ކޮމިޝަން

އީސީއަކީ "ކުކުޅެއް"، އަލިވިލޭނީ ހާލެއް ގޮވީމަ:ހަނީފާ

1 ސެޕްޓެމްބަރު 2017 | ހުކުރު 09:45

އިލެކްޝަންސް ކޮމިޝަނަށް ކިތަންމެ ވަރަކަށް މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނިނަމަވެސް ގޮނޑިއެއް ނުގެއްލޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 1 ސެޕްޓެމްބަރު 2017 | ހުކުރު 09:45
ގާނޫނީ ވަކީލު ހަނީފާ ހާލިދު --

ގާނޫނީ ވަކީލު ހަނީފާ ހާލިދު --

ކުކުޅެއް ކިތައްމެ ވަރަކަށް ހަޅޭއްލެވިޔަސް އަލިވިލޭނީ ހާލެއް ގޮވީމަ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނަށް އެކޮމިޝަންގެ ކުރީގެ ލީގަލް ޑިރެކްޓަރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިހާރު ފެންމަތި ވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހަ ގޮނޑިއެއް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމާ ގުޅިގެން މަޝްހޫރު ދިވެހި ރައިވަރަކަށް ނިސްބަތްކޮށް، ހަނީފާ ވިދާޅުވީ އިންތިހާބު ކުރެވޭ އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށެވެ.

Advertisement - newsAdvertisement

"އެބޭފުޅުން އަމިއްލަފުޅަށް ތިން މެމްބަރުން ހަތަރު މެމްބަރުން ތިއްބަވާފަ މިހާރު މިހިސާބުން މި ގޮނޑި ގެއްލުނިއްޔޭ، އެހެނެއް ވިދާޅެއް ނުވެވޭނެ. އެބޭފުޅުންނަކީ ވޯޓް ކަރުދާސް ޗާޕްކޮށްފަ، މީހުންގެ އަދަދަށް ވޯޓް ކަރުދާސް ފޯރުކޮށްދީފަ، ވޯޓް ފޮށި ބަހައްޓަ ދޭން ގާނޫނުން ލާޒިމްކޮށްފަ ތިބި ބައެއް. އެއްވެސް ހާލެއްގައި މީހުންގެ ގޮނޑި ގެއްލުވާކަށް ނުވަތަ ގޮނޑި ދޭކަށް ތިބި ބައެއް ނޫން،" ހަނީފާ ވިދާޅުވި އެވެ.

ހަނީފާ ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންގެ ގޮނޑި ނުގެއްލޭކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"ކުކުޅެއް ކިތައްމެވަރަކަށް ހަޅޭއްލެވިޔަސް އަލިވިލޭނީ ހާލެއް ގޮވީމަ. އިލެކްޝަންސް ކޮމިޝަނަކީ މިހާލަތުގައި ކުކުޅެއް ކަމަށް އަޅުގަނޑު ދެކެނީ،" ހަނީފާ ވިދާޅުވި އެވެ.

ހަނީފާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮނޑި ގެއްލިޖެ ކަމަށް ކިތަންމެ ވަރަކަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް މެމްބަރެއްގެ ގޮނޑި ގެއްލޭނީ ގާނޫނުއަސާސީ އާއި ގާނޫނުގައިވާ ގޮތަށް ސުޕްރީމް ކޯޓުން މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައެޅީމަ ކަމަށެވެ.

މީގެ އިތުރުން ހަނީފާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގް އާއި ނާއިބު ރައީސް އަހުމަދު ފަޔާޒު މެމްބަރުންކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ސެކްޝަނަކުން ހިންގާފައިވާ ކަމެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ސެކްޝަނުގެ ވެރިންގެ މައްޗަށް ޝަރީއަތްނުކޮށް ކޮމިޝަންގެ ރައީސާއި ނާއިބު ރައީސްގެ މައްޗަށް ޝަރީއަތް ހިންގާ ވަކިކުރެއްވިއިރު، މިހާރު އިލެކްޝަންސް ކޮމިޝަން ހިންގަމުންދާ ކަންކަމުގެ މައްޗަށް ޝަރީއަތް ހިންގުން މާއައުލާކަން ބޮޑު ކަމަށް ވެސް ހާނީފާ ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

01 އޯގަސްޓު 2023

މުޞްޙަފް އެންދުމާއި ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެކަމެއްނޫން - ސަރުކާރު

01 އޯގަސްޓު 2023
މުޞްޙަފް އެންދުމާއި ދެކޮޅަށް ފިޔަވަޅުނާޅާ ދޫކޮށްލެވިގެން ދިއުމަކީ އެއްވެސް ހާލެއްގައި ޤަބޫލުކުރެވޭނެކަމެއްނޫން - ސަރުކާރު
26 ނޮވެމްބަރު 2020

އަނިޔާގެ މައްސަލަތައް ކޮންމެ ހާލެއްގައިވިޔަސް ރިޕޯޓްކުރަންޖެހޭ: ޖެންޑަރ

26 ނޮވެމްބަރު 2020
އަނިޔާގެ މައްސަލަތައް ކޮންމެ ހާލެއްގައިވިޔަސް ރިޕޯޓްކުރަންޖެހޭ: ޖެންޑަރ
07 އެޕްރީލު 2020

ރައްޔިތުންނަށްވާ ދަތިތަކުގައި "ވީހާލެއްގައި ވާން" މިހުރީ ތައްޔާރަށް: ރައީސް ނަޝީދު

07 އެޕްރީލު 2020
ރައްޔިތުންނަށްވާ ދަތިތަކުގައި "ވީހާލެއްގައި ވާން" މިހުރީ ތައްޔާރަށް: ރައީސް ނަޝީދު
02 ޖޫން 2018

ދިރޭ ކުކުޅެއް ވަގަށް ނަގަން އުޅުނު މީހަކު ކުކުޅާ އެކު ހައްޔަރުކޮށްފި

02 ޖޫން 2018
ދިރޭ ކުކުޅެއް ވަގަށް ނަގަން އުޅުނު މީހަކު ކުކުޅާ އެކު ހައްޔަރުކޮށްފި
01 ސެޕްޓެމްބަރު 2017

ރާއްޖެ ޓީވީގެ އީދު ހަދިޔާ: "ކުކުޅެއް ކާން"

01 ސެޕްޓެމްބަރު 2017
ރާއްޖެ ޓީވީގެ އީދު ހަދިޔާ: "ކުކުޅެއް ކާން"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް