Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސީހުގެ އިތުބާރު

މިއީ ބިރުން ތިއްބެވި ފަނޑިޔާރުންނަށް ލިބުނު އުފަލެއް: އަބްދުﷲ ރިޔާޒު

މަސީހު ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 3 ޖުލައި 2017 | ހޯމަ 07:06
އަބްދުﷲ ރިޔާޒު

އަބްދުﷲ ރިޔާޒު

މިއީ ބިރު ފަހަނަ އަޅައި ދާން ވީ ވަގުތު ކަމަށާއި ބިރުން ތއްބެވި ފަނޑިޔާރުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ލިބުނު ހިތްހަމަ ޖެހުމެއް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ދެއްވި ޕްރެސްގައި މަސީހުގެ އިތުބާރު ނެތްކަމުގެ ސޮއި ރިޔާޒު ސިފަކުރެއްވީ ހުރިހާ ރައްޔިތުންނަށް ލިބުނު "ޖިހާދެއްގެ" ގޮތުގައެވެ.

Advertisement - newsAdvertisement

ރިޔާޒު ވިދާޅުވީ މަސައްކަތުގެ ހިތްވަރަކީ ރައްޔިތުން ކަމަށާއި މިއީ މަސީހާ ދޭތެރޭ އަދި ރައީސް ޔާމީނާ މެދު އޮތް ޒާތީ މައްސަލައެއް ނޫން ކަމަށެވެ.

ރައީސް ޔާމީނަށް ތާއިދު ކުރެއްވި ބޭފުޅުން ނެންގެވީ ގައުމައްޓަކާ ރަނގަޅު ރިސްކެއް ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ރައްޔިތުން ތިބި ގޮތް އެނގިގެން ހިނގައްޖެ ކަމަށާއި ގާނޫނުތަކާއި އެއްގޮތަށް މައްސަލަތައް ނިންމަން ކޯޓުގެ ގާޒީންނަށް ގޮވާލާ ކަމަށެވެ. ކޯޓުތަކުގެ ގާޒީންނަށް ޕްރެޝަރ އޮތް ނަމަވެސް މަސީހުގެ އިތުބާރު ނެތްކަން ފާސްވުމާއެކު ހުރިހާ މުއައްސަސާއެއް ވެސް މިނިވަންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިނިވަން މުއައްސަސާގެ ބޭފުޅަކު ވަކިކުރެއްވުމުގެ ބާރެއް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ އަތްޕުޅުގައި ނެތް ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދައްކާލީ އަދި 45 މެމްބަރުން. އަދި ކުރިއަށް އޮތްތަނުގައި މިއަދަދު ގިނަވާނެ. މިއައި ބަދަލާ އެކު ފަނޑިޔާރުގެއަށް ވެސް މުއައްސަސާތަކަށް ވެސް އަލުން ވިސްނަވާނެ ކަމަށް އުންމީދު ކުރަން،" ރިޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން އެކި ތުހުމަތުތައް ކޮށްގެން ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރެއްވުމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަށް ވަނީ ގޮވާލައްވާފައެވެ. ރިޔާޒު ވިދާޅުވީ މިހާރު ގައުމުން އަރުވާލެވިގެން ތިއްބެވި ސިޔާސީ ބޭފުޅުން މިގައުމަށް އަނބުރާ އައިސް ގައުމަށް ޚިދުމަތް ކުރައްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ނަޝީދުގެ މައްސަލަ އަނބުރާ ގެންދަންޖެހޭ ކަމަށާއި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމްއިބްރާހިމްގެ މައްޗަށް ދެއްކެވި ވާހަކައަކުން ކޮރަޕްޝަންގެ ދައުވާ ނުކުރެވޭނެ ކަމަށާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސްގެ މައްޗަށް ޝަހުސް އޮޅުވާލުމުގެ ދައުވާއެއް ނުކުރެވޭނެ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަން މިއަދު ހާމަވެފައިވާ ކަމަށާއި އެހެންކަމުން ވަގުތުން އިސްތިއުފާދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ލެޖިޓިމަސިއެއް ނެތް. މެޖޯރިޓީ މިއޮތީ އެހެން ބުނެފައި. އިތުރު ރޯލް ކޯލެއް ހަދާކަށް ދެން ނުޖެހޭނެ. މަސީހު ވަގުތުން އިސްތިއުފާ ދެއްވަން ޖެހޭނެ." ރިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ މެޖޯރިޓީ މިހާރު އޮތީ އިދިކޮޅު ފަރާތްތަކުގެ އަތުގައި ކަމަށް ރިޔާޒު ވިދާޅުވިއެވެ. އަދި މިކަމަށް ފުލުހުންނާއި ސިފައިން އެއަށް އިހުތިރާމް ކުރެއްވުން އެދިލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮށި ޖަހައިގެން ގެންގުޅުނު މެންބަރުން ފަޅާލާފައި އެ ނިކުތީ. ބިރު ގަންނާނެ ކަމެއް ނެތް. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދެމި ހުންނާނަން" ރިޔާޒު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު