Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން

ބްރޯޑްކޮމްގެ މެމްބަރ ކަމުން ޒީނާ އިސްތިއުފާ ދެއްވައިފި

މެމްބަރު ކަމަށް ޒީނާ އައްޔަނު ކުރީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 5 ވަނަ ދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2020 | ބުދަ 08:28
ބްރޯޑްކޮމް އިން އިސްތިއުފާދެއްވި ޒީނާ ޒާހިރު

ބްރޯޑްކޮމް އިން އިސްތިއުފާދެއްވި ޒީނާ ޒާހިރު

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރުކަމުން ޒީނާ ޒާހިރު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ބުދަ ދުވަހުގެ މަޖިލީހުގައި އޭނާ މަގާމުން ވަކި ކުރުމުގެ މައްސަލަ ތާވަލުކުރެވިފައި ވަނިކޮށެވެ.

Advertisement - newsAdvertisement

މަގާމުން އިސްތިއުފާ ދެއްވާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ މިއަދާ ހަމަޔަށް އެ ކޮމިޝަންގެ މެމްބަރުގެ ހައިސިއްޔަތުން މަގާމުގެ މައްސޫލިއްޔަތު އަދާކުރައްވާފައި ވަނީ އެންމެ ފުރިހަމައަށް ކަމަށެވެ. އަދި އޭނާ ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުން ނިންމީ އެންމެ އިންސާފުވެރިކޮށް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

ޒީނާގެ މައްސަލަ ކޮމިޓީން މީގެ ކުރިން ވެސް ބަލާފައިވެއެވެ. ނަމަވެސް އޭރު ޒީނާ ބަލިވެ އިނުމުން، އޭނާ ހާޒިރު ކުރުމަށް ނިންމުނު ބައްދަލުވުން ބާއްވާފައެއް ނުވެއެވެ.

ޤާނޫނީ ވާޖިބު އަދާ ނުކުރުމާއި، ވަކި މީޑިއާތަކަކާ މެދު ކުރީގެ ސަރުކާރުގެ ދުވަސްވަރު ތަފާތުކޮށް އަމަލު ކުރި ކަމުގެ ތުހުމަތުތައް ޒީނާގެ އިތުރުން ބްރޯޑްކޮމްގެ ކުރީގެ މެމްބަރުންގެ މައްޗަށް ވެސް ކުރެވެއެވެ.

އެގޮތުން 2018 ވަނަ އަހަރު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނިކޮށް 'ރާއްޖެޓީވީން' ފޮނުވަމުން ދިޔަ ކޮންޓެންޓް ހުއްޓުވައި ދިނުމަށް މިނިސްޓްރީ އޮފް ޑިފެންސްގައި އެދުމަށް ނިންމި ނިންމުމުގައި ޒީނާގެ ބައިވެރިވުން އޮތް ކަމަށް ފާހަގަކުރެވެއެވެ. މި ކަމާ ގުޅިގެން އޭނާ ވިދާާޅުވެފައި ވަނީ އެއީ އެ ހާލަތުގައި ނެގޭނެ އެންމެ ރަނގަޅު ފިޔަވަޅު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އޭނާ ވަކި ކުރުމަށް ކޮމިޓީން ނިންމީީ އެ ކޮމިޝަންގެ މަސައްކަތްތަކަށް ފަރުވާ ކުޑަކުރާ ކަމުގެ މައްސަލަތަކެއް ވެސް ބެލުމަށް ފަހުއެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ޒީނާ އައްޔަނު ކުރީ 2016 ވަނަ އަހަރުގެ އެޕްރީލް މަހުގެ 5 ވަނަ ދުވަހުއެވެ. އެގޮތުން ޒީނާ ޒާހިރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖަރގެ މަޤާމްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު