Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ގައިޑްލައިން

ގައިޑްލައިނާއި އެއްގޮތަށް އޮފީސްތައް ހިންގަމުންދޭތޯ ބެލުމަށް ކުރިއަށްދާ އިންސްޕެކްޝަންގައި 10 އޮފީހެއް އިންސްޕެކްޓްކޮށްފި

ބައެއް އޮފީސްތަކުގައި ގައިިދުުރުކަން ނެތްކަން ފާހަގަވެފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 އޮކްޓޯބަރު 2020 | އަންގާރަ 06:06
ވެލާނާގެ- ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ އިމާރާތެއް

ވެލާނާގެ- ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގަމުން އަންނަ އިމާރާތެއް

ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތަކުގައި މަސައްކަތް ކުރަމުންދަނީ މިހާލަތުގައި އޮފީސްތައް ހިންގުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން އެކުލަވާލާފައިވާ ގައިޑްލައިނާއި އެއްގޮތަށްތޯ ބެލުމަށް ކުރިއަށް ގެންދާ އިންސްޕެކްޝަންގެ ދަށުން ހޯމަ ދުވަހު 10 ތަނެއް ބަލާފައިވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ(އެޗްއީއޯސީ)ން ބުނެފި އެވެ.

އެސެންޓަރުން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގް ވިދާޅުވީ މިތަންތަން އިންސްޕެކްޓް ކުރުމުގެ މަސައްކަތް އެޗްޕީއޭއާއި ފުލުހުން ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އަދި ހޯމަ ދުވަހު ބެލިތަންތަން އާންމު ގޮތެއްގައި ރަނގަޅު ނަމަވެސް ޓީމުން ފާހަގަކުރާ ބައެއް ކަންކަން އެބަހުރި ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ބައެއް އޮފީސްތަކުގައި ގައިިދުުރުކަން ނެތްކަން ފާހަގަވެފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ވިދާޅުވީ ޚިދުމަތް ހޯދުމަށްދާ ބައެއް އޮފީސްތަކުގައި މާސްކު އެޅުމާއި ގައިދުރުކަން ގެންގުޅުންފަދަ ކަންކަން އަންގައިދޭ ލިޔުންތައް ފެންނަ ގޮތަށް ހަރުކޮށްފައި ނެތްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޮފީސްތައް ހުންނަންޖެހޭ ގޮތުގައި ގައިޑްލައިނެއް އެޗްޕީއޭއިން އާންމުކޮށްފައިވާ ކަމަށާއި އެކަމާއި ގުޅޭގޮތުން ސުވާލެއް އޮތްނަމަވެސް ގުޅައިގެން މައުލޫމާތު ސާފުކުރެއްވުމަށް ޑރ ނަޒްލާ އެދިވަޑައިގެންނެވި އެވެ.

އެޗްޕީއޭގެ ފަރާތުން މީގެކުރީގައި ވަނީ މާލެ ސަރަހައްދުގައި އާންމު ޚިދުމަތްދޭ ތަންތަން ހިނގަމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށްތޯ ބެލުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އަދި އަތޮޅުތެރޭގައިވެސް އެޕްރޮގްރާމް ހިންގާފައިވެ އެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

މަހްލޫފު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވި ސަބަބު ބެލުމަށް އެމްޑީޕީން ގޮވާލައިފި

26 މާރިޗު 2017
މަހްލޫފު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވި ސަބަބު ބެލުމަށް އެމްޑީޕީން ގޮވާލައިފި
25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
24 މާރިޗު 2017

ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން

24 މާރިޗު 2017
ފާރިސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހައްގުގައި، ރައީސް މައުމޫނުގެ އިރުޝާދާ އެއްގޮތަށް: މައުމޫނު ފެކްޝަން
16 މާރިޗު 2017

އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް

16 މާރިޗު 2017
އެޗްވަންއެންވަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ސަރުކާރުން އަޅަމުންދޭތޯ ބެލުމަށް މަޖިލީހަށް
01 މާރިޗު 2017

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު