Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަހްލޫފު ބަނޑުހައިހޫނުކަމުގައި

މަހްލޫފު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވި ސަބަބު ބެލުމަށް އެމްޑީޕީން ގޮވާލައިފި

ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތެއް ނުދޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 26 މާރިޗު 2017 | އާދީއްތަ 10:37
މެމްބަރު އަހްމަދު މަހްލޫފު

މެމްބަރު އަހްމަދު މަހްލޫފު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު މަހްލޫފް ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފައްޓަވަން މަޖުބޫރުވި ސަބަބުން ބެލުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މަހްލޫފް ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅޭ ގޮތާއި، ވަކީލުންނާއި ބައްދަލުކުރުމުގެ ހައްގު ނުދީ ހިފަހައްޓާފައިވާތާ އެތަކެއް މަސްދުވަސް ފާއިތުވެފައިވާ ކަމަށެވެ. ޖަލުގެ ކެއުން ހުއްނަ ގޮތުން އޭނާގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި ނަމަވެސް ޑޮކްޓަރަށް ދެއްކުމުގައި ވެސް ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށް އެމްޑީޕީން ބުނެއެވެ. އެގޮތުން ރާއްޖެއިން ބޭރުން، ކޮންމެ ތިން މަހަކުން އެއްފަހަރު ޖެހުމަށް ޑޮކްޓަރު ލަފާދެއްވި ޙާއްސަ އިންޖެކްޝަންގެ ޑޯޒް ހަމަވާއިރު ވެސް އެ އިންޖެކްޝަން ޖެހުމުގެ އިންތިޒާމު އަލުން ހަމަޖައްސައި ނުދީ، ބޭސްފަރުވާ ކުރުމަށް ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް އެމްޑީޕީން ތުހްމަތުކުރެ އެވެ. އެހެންވެ، އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް އެޕާޓީގެ ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

"މިފަދަ ގިނަގުނަ ސަބަބުތަކާހުރެ އަޙްމަދު މަޙްލޫފް ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ފައްޓަވައިފައިވާތީ މި މައްސަލަތައް ވަގުތުން ބެލުމަށް ކަމާބެހޭ މުވައްސަސާތަކަށް އަނެއްކާ ވެސް ގޮވާލަމެވެ. އަދި އަޙްމަދު މަޙްލޫފަށް ސަރުކާރުން ދެމުން އެގެންދާ ނުޙައްގު އަދަބާއި އަނިޔާ ވަގުތުން ހުއްޓާލައި އޭނާ މިނިވަންކުރުމަށް ސަރުކާރަށް ގޮވަލަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

މަޙްލޫފް ޖަލަށް ލައި ނުޙައްޤު އަދަބު ދެމުން ގެންދަނީ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ވާހަކަ ދައްކަވައި ފާޑުވިދާޅުވަމުން ގެންދެވުމުގެ ސަބަބުން ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

"އިންސާފުން އެއްކިބާވެފައިވާ ޝަރީޢަތަކުން އަޙަމަދު މަޙްލޫފް ޖަލަށްލުމަށް ފަހުގައި ވެސް އޭނާއާ މެދުގައި ނާއިންސާފުގެ މައްޗަށް ނާއިންސާފު ވަމުންދާކަން ކަންބޮޑުވުމާ އެކު ފާހަގަކުރަމެވެ،" ބަޔާނުގައި ވެއެވެ.

އޭނާގެ މައްޗަށް އިއްވުނު ދެ ޙުކުމުގެ ތެރެއިން އެއް ޙުކުމުގެ މުއްދަތު ނިމި ދިޔައިރު ވެސް ހައި ކޯޓަށް އޭނާ ހުށަހެޅުއްވި އިސްތިއުނާފުގެ މައްސަލައެއް އެ ކޯޓުން ބަލާފައިނުވާ ކަމަށާއި ހަމައެފަދައިން އެ ޙުކުމްގެ މުއްދަތު ނިމިދިޔައިރު ވެސް ޕޭރޯލްގެ މައްސަލަ ބަލައި ޕޭރޯލްގެ ޙައްޤު ވެސް ދީފައި ނުވާ ކަމަށް އެމްޑީޕީން ބުނެއެވެ.

މަހްލޫފު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރިއަށް ގެންދަވާ ކަމަށް އޭނާގެ އަނބިކަނބަލުން ނަޒްރާ ނަސީމް ހުކުރު ދުވަހު ރާއްޖެއެމްވީއަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މަހްލޫފް ބަނޑުހައި ހޫނުކަމުގެ ހަޅުތާލެ ފެއްޓެވީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްޤުތައް ވެސް ނުދީ، މަހްލޫފާ މެދު ތަފާތުކުރުންތައް ގެންގުޅޭތީ ކަމަށެވެ. އެގޮތުން ޤާނޫނު އަސާސީން ކޮންމެ މީހަކަށް ވެސް ޤާނޫނީ ވަކީލެއް އައްޔަނުކޮށް، މަސައްކަތްކުރުމުގެ ހައްޤު ކަށަވަރުކޮށްދީފައި ވީނަމަވެސް މަހުލޫފަށް އެ ހައްޤު ވެސް ނުދޭ ކަމަށާއި، މަހުލޫފަށް އޭނާގެ ޤާނޫނީ ވަކީލާއި ބައްދަލުވުމުގެ ފުރުސަތު ނުދޭތާ ދެ މަސް ދުވަސް ވެފައިވާކަމަށް ވެސް ނަޒޫ ވިދާޅުވި އެވެ. އަދި އެކަމުގެ ޝަކުވާ ވަރަށް ގިނައިން ހުށައެޅި ކަމަށާއި، ނަމަވެސް އެއްވެސް އެދެވޭ ޖަވާބެއްދީފައި ނުވާ ކަމަށް ނަޒޫ ވިދާޅުވި އެވެ.

ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަހްލޫފް ހުންނެވީ ބަންޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ނޫން ކަމަށާއި އޮންނަ އުސޫލުން ގާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު މަހްލޫފަށް ވެސް ތަނަވަސްކޮށްދެވޭނެ ކަމަށެވެ. އަދި ބޭސްފަރުވާގެ ކަންކަން ވެސް ހަމަޖެހިފައި އޮންނަ އުސޫލުން ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހްލޫފުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި

މަހްލޫފުގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި

30 މާރިޗު 2018
ބްރޯ ރަޝީދު ބަނޑުހައިހޫނު ކަމުގެ ހަޅުތާލުގައި!

ބްރޯ ރަޝީދު ބަނޑުހައިހޫނު ކަމުގެ ހަޅުތާލުގައި!

22 ފެބުރުއަރީ 2018
މަހްލޫފު ދޫކޮށްލައިފި

މަހްލޫފު ދޫކޮށްލައިފި

25 އޯގަސްޓު 2017
މުސާރަ ނުދޭތީ ލޯމާ ރިޒޯޓުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަނީ

މުސާރަ ނުދޭތީ ލޯމާ ރިޒޯޓުގެ މުވައްޒަފުން މަސައްކަތަށް ނުނިކުމެ ހަޅުތާލު ކުރަނީ

29 ޖޫން 2017
މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

މިނިވަން ކުރީ ވެސް އުސޫލާ ހިލާފަށް، ކުރިއަށް ވުރެ ބާރަށް އިސްލާހީ މަސައްކަތުގައި ކުރިއަށް ދާނަން: މަހްލޫފު

09 ޖޫން 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު