Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ކުޅުދުއްފުށީގެ ހާލަތު

ކުޅުދުއްފުށިން ފަހުން ނެގި ރޭންޑަމް ސާމްޕަލްތައްވެސް ނެގެޓިވް

ކުޅުދުއްފުށިން ފުރަތަމަ ބުރުގައި ނެގި ރެންޑަމް ސާމްޕަލްތައްވެސް ވަނީ ނެގެޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 އޮކްޓޯބަރު 2020 | އަންގާރަ 06:34
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވެ އެރަށުގައި ލޯކަލް ޓްރާންސްމިޝަން އޮތުމާއެކު ބަލި އޮތްމިންވަރު ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދެ ވަނަ ފަހަރަށް ރޭންޑަމް ސާމްޕަލްގެ ގޮތުގައި ނެގި 100 ސާމްޕަލްވެސް ނެގެޓިވްވެފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފި އެވެ.

ކުޅުދުއްފުށިން މީގެކުރިންވެސް ވަނީ ރޭންޑަމް ސާމްޕަލް ތަކެއް ނަގާފައެވެ. އެފަހަރު 120 ސާމްޕަލް ނަގާފައިވާއިރު އެސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ.

Advertisement - newsAdvertisement

އެސެންޓަރުން ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނަސް ޓީމުގެ އަބްދުﷲ މައުރޫފް ވިދާޅުވީ ކުޅުދުއްފުށި މޮނިޓަރިންގ ގެ ހާލަތުގައި އޮތްއިރު އެސިޓީއަކީ ގިނަ ބަޔަކު ސިއްހީ ޚިދުމަތް ހޯދުމަށް ދާ ރަށަކަށްވާއިރު އެރަށަށް ޑޮކްޓަރަށް ދެއްކުމަށްދިއަ މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރި މީހުންގެ ތެރެއިން މިހާތަނަށް 84 މީހެއްގެ ސާމްޕަލެއް ނަގާފައިވާ ކަމަށެވެ. އަދި ފަހުން ނެގި ރޭންޑަމް ސާމްޕަލްތަކުގެ ތެރޭގައި އެކި ގެތަކާއި އާންމުން ގިނައިން އެއްވެއުޅެ ޚިދުމަތް ހޯދާ ތަންތަން ހިމެނޭ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ކިރިޔާވެސް ބަލީގެ އަލާމާތެއް ހުންނަ މީހަކު ނަމަ އެމީހަކު ޑޮކްޓަރަށް ދެއްކުމަށް މައުރޫފް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކުޅުދުއްފުށިން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެންމެ ފަހުން ކުޅުދުއްފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. ކުޅުދުއްފުށިން އެންމެ ފަހުން ޕޮޒިޓިވް ވެފައިވަނީ އެރަށުގައި މަސައްކަތްކުރާ ފުލުހެއްގެ އާއިލާގެ ހަތަރު މެންބަރުންނެވެ.

އުތުރު ޕޮލިސް ކްލަސްޓާއާއި ގުޅިގެން މިހާތަނަށް ޖުމްލަ 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ކުޅުދުއްފުށިން ޕޮޒިޓިވްވި 13 މީހަކާއި ކުރިނބިން ޕޮޒިޓިވްވި މީހަކާއި ފޯކައިދޫން އިން ޕޮޒިޓިވްވި މީހެއްގެ އިތުރުން ދިއްދޫން އިން ޕޮޒިޓިވްވި ހަތަރު މީހުންނެވެ.

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

އިތުރު މަސައްކަތެއް ނުކޮށް ކުނޫޒު ކުރިމަތިން ނެގި ގާތައް އަތުރަން ފަށައިފި

09 އެޕްރީލު 2017
އިތުރު މަސައްކަތެއް ނުކޮށް ކުނޫޒު ކުރިމަތިން ނެގި ގާތައް އަތުރަން ފަށައިފި
28 މާރިޗު 2017

މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު

28 މާރިޗު 2017
މަޖިލީހުގައި ނެގި ވޯޓަކީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ ވޯޓެއް: ސަރުކާރު
01 މާރިޗު 2017

އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

01 މާރިޗު 2017
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު