Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަގުތައް މަރާމާތުކުރުން

އިތުރު މަސައްކަތެއް ނުކޮށް ކުނޫޒު ކުރިމަތިން ނެގި ގާތައް އަތުރަން ފަށައިފި

ގައު އަތުރަން ފެށީ ހޮނިހިރު ދުވަހު ދަންވަރާ ކައިރިވެފައިވަނިކޮށް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 9 އެޕްރީލު 2017 | އާދީއްތަ 02:50
މ ކުނޫޒް ހުންނަ މަގުގައި ގައު އަތުރަނީ

މ ކުނޫޒް ހުންނަ މަގުގައި ގައު އަތުރަނީ

މާފަންނު ކުނޫޒް ސަރަހައްދު ކޮނުމުގެ މަސައްކަތަކީ ހައުސިން މިނިސްޓްރީން މަޖިދީމަގު އެއްވަރުކޮށް، ގާ ބަދަލު ކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން މާކުރިން ރާވައިގެން ކުރަމުންދާ މަސައްކަތެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށް އިތުރު އެއްވެސް މަސައްކަތެއް ނުކޮށް އެތަނުގައި ގައު އަތުރަން ފަށައިފި އެވެ.

މާފަންނު ކުނޫޒް ކުރިމަތީގައިވާ ސަރަހައްދުގެ މަގު ވަރަށް ކުއްލި ގޮތަކަށް ހަދަން ފެށީ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު ޖެހުމާ ގުޅިގެން ގިނަ އަދަދެއްގެ ޢާއްމުން ކުނޫޒް ދޮށަށް އެއްވެފައި ތިއްބައެވެ. ނަމަވެސް ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިގޮތަށް މަސައްކަތް ފެށީ މަސައްކަތް އަވަސް ކުރުމަށްޓަކައި ކަމަށެވެ. މަޖިދީމަގާއި ފަނޑިޔާރުމަގުގައިވެސް މަސައްކަތް ކުރަނީ ދެ ގްރޫޕަކުން ކަމަށާއި އެހެން ކަމުން ދެ ސަރަހައްދުގައި ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement - newsAdvertisement

މުއިއްޒު އެހެން ވިދާޅުވެފައިވާއިރު އެތަނުން ގާތައް ނެގުމަށްފަހު ހޮނިހިރު ދުވަހުގެރޭ އެތަނުގައި ގައު އަތުރަން ފަށާފައިވަނީ އިތުރު މަސައްކަތެއް އެތަނަށް ކުރުމެއް ނެތިއެވެ. އާންމުކޮށް މަގުތައް މަރާމާތުކުރާއިރު، މަގުތަކުގައި ހުންނަ ގައުތައް ނެގުމަށްފަހު ކާނުތައް ނަގައި، އެއްވަރުކޮށް ހަދަ އެވެ. އަދި ކަރަންޓު ނަރާއި، ފެން ހޮޅިތައް ތަރުތީބުކުރެ އެވެ. ނަމަވެސް ކުނޫޒު ކުރިމަތީ މަގުގައި އެއިން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ހަމައެކަނި ގާތައް ނެގުމަށްފަހު، ކުރިއަށްގެންދަނީ ގާތައް ޖެހުމުގެ މަސައްކަތެވެ. ކާނުތައްވެސް ސާފުކޮށްފައެއް ނުވެއެވެ.

މ. ކުނޫޒަކީ ޖުމްހޫރީ ޕާޓީން ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާ މަރުކަޒެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާ ގުޅިގެން އެ ސަރަހައްދުގައި އަންނަނީ ގުޅިފައިވާ ސިޔާސީ ޕާޓީތައް ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. ހައުސިން މިނިސްޓްރީ ކުނޫޒް ސަރަހައްދުގައި މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ އެ ސަރަހައްދުގައި ހިންގާ ސިޔާސީ ހަރަކާތްތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށް ބުނެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ހައުސިން މިނިސްޓްރީއަށް އަންނަނީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

ހައުސިން މިނިސްޓްރީން އެ ސަރަހައްދުގައި މަގު ހެދުމުގެ މަސައްކަތް ފަށާފައި ވަނީ ހުކުރު ދުވަހު ރޭގަނޑު 06:30 ހާއިރު އެވެ. އެ ސަރަހައްދު ބަންދުކޮށް، މަގުމަތީގައި އަޅާފައި ހުރި ގާތަށް ނަގާފައިވާ އިރު ހޮނިހިރު ދުވަހު ހެނދުނު ވެސް ވަނީ މ. ކުނޫޒް ދޮރުމައްޗާ ވާގޮތަށް ޕޭމެންޓް މަތީގައި ހުރި ގާތައް ވެސް ނަގާފަ އެވެ.

މަޖީދީމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ މަޖީދީމަގާ އަލިކިލޭގެފާނު މަގާވީ ސަރަހައްދު ހެދުމުގެ މަސައްކަތެވެ. މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައި ވަނީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން ފުރަތަމަ މަގު އެއްވަރުކޮށް ގާބަދަލުކުރާނީ މަޖީދީ މަގު ކަމަށާއި އެހެން މަގުތަކުގައި މަސައްކަތް ފަށާނީ މަޖީދީ މަގުގެ މަސައްކަތް ނިމުމުން ކަމަށެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
30 ޖެނުއަރީ 2017

އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި

30 ޖެނުއަރީ 2017
އެޑުކޭޝަން މިނިސްޓްރީން ހިންގާ ލައިފް ސްކިލް ޕްރޮގްރާމުގައި 624 ޓޗަރުން ތަމްރީނުކޮށްފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު