Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

މިލާނުގެ މޮޅުވުމުގެ ރިކޯޑު ނިމުމަކަށް

މިލާނާއި ރޯމާ ބައްދަލުކުރި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 އޮކްޓޯބަރު 2020 | އަންގާރަ 01:52
މިލާނާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 3-3 ން

މިލާނާއި ރޯމާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 3-3 ން

އަމިއްލަ ދަނޑުގައި ރޯމާއާ އެއްވަރުވެ، މި ސީޒަނުގެ އިޓާލިއަން ލީގުގައި އޭސީ މިލާނުން ހުރިހާ މެޗަކުން މޮޅުވެ ދަމަހައްޓަމުން އައި ރިކޯޑު ނިމުމަކަށް އަތުވެއްޖެއެވެ.

ލީގުގައި ހޯމަ ދުވަހުގެރޭ މިލާނާއި ރޯމާ ބައްދަލުކުރި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ. މި މެޗާ ހަމައަށް އައިރު، ޔޫރަޕުގެ ގަދަ ފަސް ލީގުގައި ސައްތައިން ސައްތަ ރިކޯޑާއެކު އޮތް ހަމައެކަނީ ޓީމަކީ މިލާނެވެ.

މިލާނުގެ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ރަފައެލް ލެއާއޯ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 39 އަހަރުގެ ޒްލަޓާން އިބްރަހިމޮވިޗެވެ. އެކަމަކު މެޗުގެ 14 ވަނަ މިނެޓުގައި އެޑިން ޒެކޯގެ ލަނޑުން ރޯމާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

މެޗުގައި މިލާނުން ދެވަނަ ފަހަރަށް ލީޑު ނެގީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައެވެ. ލެއާއޯ ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސިސް ސައެލެމޭކާސްއެވެ. އެކަމަކު މެޗުގެ 71 ވަނަ މިނެޓުގައި ޖޯޑަން ވެރެޓޫޓް ކާމިޔާބުކުރި ޕެނަލްޓީން ރޯމާއިން ވަނީ ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ރޯމާގެ ޕެޑްރޯ ރޮޑްރިގޭޒަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ 79 ވަނަ މިނެޓުގައި އިބްރަހިމޮވިޗް ކާމިޔާބުކުރި ޕެނަލްޓީން މިލާނުން އަލުން ލީޑު ނެގި ނަމަވެސް، މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ކޯނަރަކުން މަރަޝް ކުމްބުލާ ވަނީ ލަނޑެއް ޖަހާ މިލާން ހުއްޓުވާފައެވެ.

މި މެޗު އެއްވަރުވި ނަމަވެސް މިލާން އަދިވެސް އޮތީ އިޓާލިއަން ލީގުގެ އެއްވަނައިގައެވެ. އެ ޓީމަށް ކުޅުނު ފަސް މެޗުން ވަނީ 13 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ނާޕޮލީ އާއި ތިންވަނައިގައި އޮތް ސަސުއޯލޯއަށް ފަަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. އަދި މިލާނާ އެއްވަރުކުރި ރޯމާ އޮތީ ތާވަލުގެ ނުވަވަނައިގައި ފަސް މެޗުން އަށް ޕޮއިންޓާއެކުއެވެ.

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2019

ޕްރިމިއާ ލީގު: ލިވަޕޫލް ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް، ސިޓީއަށް އުންމީދެއް

04 ޖެނުއަރީ 2019
ޕްރިމިއާ ލީގު: ލިވަޕޫލް ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް، ސިޓީއަށް އުންމީދެއް
04 ޖުލައި 2018

ޕެނަލްޓީ ޖަހައިގެން ވާރލްޑްކަޕްގައި ބަލިވުމުގެ ތާރީޚު ނިމުމަކަށް ގެނެސް، އިންގްލެންޑް ކުއާޓަރ ފައިނަލަށް

04 ޖުލައި 2018
ޕެނަލްޓީ ޖަހައިގެން ވާރލްޑްކަޕްގައި ބަލިވުމުގެ ތާރީޚު ނިމުމަކަށް ގެނެސް، އިންގްލެންޑް ކުއާޓަރ ފައިނަލަށް
11 ޖޫން 2018

މުހައްމަދު ސަލާހު: މެސީ އަދި ރޮނާލްޑޯގެ ޗެޕްޓަރ ނިމުމަކަށް ގެންނާނެ މިސްރުގެ ރަސްގެފާނު

11 ޖޫން 2018
މުހައްމަދު ސަލާހު: މެސީ އަދި ރޮނާލްޑޯގެ ޗެޕްޓަރ ނިމުމަކަށް ގެންނާނެ މިސްރުގެ ރަސްގެފާނު
28 މާރިޗު 2018

އިންޓަނޭޝަނަލް ފްރެންޑްލީ: ޖަރުމަނުގެ ރެކޯޑު ބްރެޒިލް އިން ނިމުމަކަށް ގެނެސްފި

28 މާރިޗު 2018
އިންޓަނޭޝަނަލް ފްރެންޑްލީ: ޖަރުމަނުގެ ރެކޯޑު ބްރެޒިލް އިން ނިމުމަކަށް ގެނެސްފި
07 މާރިޗު 2018

ޗެމްޕިއަންސް ލީގު: ޕީއެސްޖީގެ ހުވަފެން ރެއާލްއިން ނިމުމަކަށް ގެނެސްފި

07 މާރިޗު 2018
ޗެމްޕިއަންސް ލީގު: ޕީއެސްޖީގެ ހުވަފެން ރެއާލްއިން ނިމުމަކަށް ގެނެސްފި
23 ފެބުރުއަރީ 2018

އޭސީ މިލާނުގެ ކުރީގެ މިޑްފީލްޑަރ ސުލޭ މުންތާރީ ޑިޕޯޓިވޯ އަށް ސޮއިކޮށްފި

23 ފެބުރުއަރީ 2018
އޭސީ މިލާނުގެ ކުރީގެ މިޑްފީލްޑަރ ސުލޭ މުންތާރީ ޑިޕޯޓިވޯ އަށް ސޮއިކޮށްފި
15 ޖެނުއަރީ 2018

ޕްރިމިއާ ލީގު: ލިވަޕޫލް އަތްދަށުވެ ސިޓީގެ ރެކޯޑު ނިމުމަކަށް

15 ޖެނުއަރީ 2018
ޕްރިމިއާ ލީގު: ލިވަޕޫލް އަތްދަށުވެ ސިޓީގެ ރެކޯޑު ނިމުމަކަށް
21 އޮކްޓޯބަރު 2017

ޔުނައިޓެޑްގެ ބަލިނުވުމުގެ ރެކޯޑް، ހަޑަސްފީލްޑް އިން ނިމުމަކަށް ގެނެސްފި

21 އޮކްޓޯބަރު 2017
ޔުނައިޓެޑްގެ ބަލިނުވުމުގެ ރެކޯޑް، ހަޑަސްފީލްޑް އިން ނިމުމަކަށް ގެނެސްފި
22 ސެޕްޓެމްބަރު 2017

ޔުނައިޓެޑަށް ރިކޯޑު އާމްދަނީއެއް

22 ސެޕްޓެމްބަރު 2017
ޔުނައިޓެޑަށް ރިކޯޑު އާމްދަނީއެއް
01 ޖޫން 2017

އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި

01 ޖޫން 2017
އޭއެފްސީ ކަޕް: މާޒިޔާ ދެކެމުން އައި ހުވަފެން ޗެތުރީ ނިމުމަކަށް ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު