Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވާރލްޑް ކަޕް 2018

ޕެނަލްޓީ ޖަހައިގެން ވާރލްޑްކަޕްގައި ބަލިވުމުގެ ތާރީޚު ނިމުމަކަށް ގެނެސް، އިންގްލެންޑް ކުއާޓަރ ފައިނަލަށް

ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ ކޮންމެ ޓީމަކުން ވަނީ 1 ގޯލް ޖަހާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 4 ޖުލައި 2018 | ބުދަ 02:01
ކޮަލަމްބިއާގެ ކާލޯސް ފޮނުވާލި ޕެނަލްޓީ އިންގްލެންޑްގެ ޖޯޑަން ޕިކްފަރޑް މަތަކުރަނީ

ކޮަލަމްބިއާގެ ކާލޯސް ފޮނުވާލި ޕެނަލްޓީ އިންގްލެންޑްގެ ޖޯޑަން ޕިކްފަރޑް މަތަކުރަނީ

ވާރލްޑް ކަޕްގައި ޕެނަލްޓީ ޖަހައިގެން ދުވަހަކުވެސް މޮޅުނުވުމުގެ ތާރީޚު ނިމުމަކަށް ގެނެސް، އިންގްލެންޑުން ކޮލަމްބިއާ ބަލިކޮށް ރަޝިޔާގައި ކުރިއަށްދާ ވާރލްޑްކަޕްގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކޮލަމްބިއާއާއި ދެކޮޅަށް ދެވަނަ ބުރުގައި އިންގްލެންޑް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ކުޅުނީ 1-1 އިން ދެ ޓީމް އެއްވަރު ވެގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއެއްގައި ދެވަނަ ހާފްގައި މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބުކުރީ އިނގިރޭސި ކެޕްޓަން ހެރީ ކޭންއެވެ. މި ޕެނަލްޓީއަކީ ކޮލަމްބިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ކާލޯސް ސަންޗޭޒް ހެރީ ކޭންއަށް ފައުލްކުރުމާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެއަށްފަހު އިންގްލެންޑުން ވަރުގަދަ ކުޅުމެއް ދައްކަމުން ދަނިކޮށް 90 މިނެޓް ހަމަވިއިރު 1 - 0 އިން ކުރީގައި އޮތީ އިންގްލެންޑެވެ. ފަސޭހަކަމާއިއެކު އިންގްލެންޑް ކުއާޓަރ ފައިނަލަށް ދަތުރުކުރީކަމަށް ހީވެފައިވަނިކޮށް އިތުރު ވަގުތުގެ 3 ވަނަ މިނެޓްގައި ހުއާން ކުއަޑްރާޑޯ ނަގައިދިން ކޯނަރެއް ޔެރީ މިނާ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ކޮލަމްބިއާއިން ނަތީޖާ ހަމަހަމަކުރިއެވެ. މި ކޯނަރ ނެގި ވަގުތު ކީޕަރު ޑޭވިޑް އޮސްޕީނާވެސް ހިމެނޭ ގޮތަށް ކޮލަމްބިއާގެ މުޅި ޓީމު ކުރިއަށް ނިކުތެވެ.

މިއީ މިނާ މި ވާރލްޑްކަޕްގައި ބޮލުން ގޯލަށް ފޮނުވާލި 3 ވަނަ ގޯލެވެ. މިނާ ގޯލް ޖެހިއިރު އިންގްލެންޑްގެ ކިއެރަން ޓްރިޕަރ ގޯލް ރޮނގު މަތީގައި ހުރިނަމަވެސް އޭނާއަށް އެބޯޅަަ ނުހުއްޓުވުނެވެ. މިނާ ވަނީ އޭނާ ވާރލްޑްކަޕްގައި ކުޅުނު 3 މެޗުގައިވެސް ބޮލުން ގޯލް ޖަހާފައެވެ.

ފުރަތަމަ 90 މިނެޓްގައި ވަރުގަދައަށް ކުޅުނުނަމަވެސް ނަތީޖާ ނެރެން ކުޅުން އިތުރު ވަގުތުގައި އެޓީމް ފެނުނީ ބަލިކަށިކޮށެވެ. ޕެނަލްޓީއަކަށް ނުގޮސް މެޗު ނިންމާލަން ޑެނީ ރޯސް އަދި ޑަޔަރ އަށް ލިބުނު ފުރުސަތުތައް ވީ ބޭކާރެވެ.

ސްޕާރޓަކް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި އިންގްލެންޑް ޓީމުގެ ހެންޑަރސަން ފޮނުވާލި ޕެނަލްޓީ ކޮލަމްބިއާގެ ކީޕަރު އޮސްޕީނާ ދިފާޢުކުރިއެވެ. އެހެން ނަމަވެސް ޖެހިގެން އައި ޕެނަލްޓީ ކޮލަމްބިއާގެ މެޓިއަސް އުރީބޭ ފޮނުވާލުމުން ގޮސް ހުރަސް ދަނޑީގައި ޖެހި ބޭރުވިއެވެ.

4 - 3 އިން އިންގްލެންޑް މެޗް ކާމިޔާބުކުރިއިރު، މިމެޗަކީ ގިނަ ކާޑުތަކެއް ފެނުނު މެޗެކެވެ. ކޮލަމްބިއާގެ 6 ކުޅުންތެރިއަކަށް އަދި އިނގިރޭސި 2 ކުޅުންތެރިއަކަށް މިމެޗުގައި ރީނދޫ ކާޑު ދެއްކިއެވެ. އަދި ހެރީ ކޭންއަށް އެކަނިވެސް މިމެޗުގައި 9 ފައުލްކުރިއެވެ. ކޮލަމްބިއާއިން ޖުމްލަ 23 ފައުލްކުރިއިރު އިންގްލެންޑުންވެސް ވަނީ 13 ފަހަރު ފައުލްކޮށްފައެވެ.

މިމެޗުގައި ހެރީ ކޭން ޖެހި ގޯލަކީ މި ވާރލްޑްކަޕްގައި އޭނާ ޖެހި 6 ވަނަ ގޯލެވެ. އަދި ހެރީ ކޭން ވެގެންދިޔައީ 1939 ވަނަ އަހަރުގެ ފަހުން އިނގިރޭސި ޖާރޒީގައި ނިކުމެ ޖެހިޖެހިގެން 6 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ކުއާޓަރއަށް ދަތުރުކުރެވުމުން އިންގްލެންޑް ޓީމުން އުފާފާޅުކުރަނީ. ފޮޓޯ: އިންގްލިޝް އެފްއޭ

އިންގްލެންޑްގެ ޓީމަށް ފައިނަލާއި ހަމަޔަށް ދަތުރުކުރުމުގައި ވާރލްޑްކަޕް ކާމިޔާބުކޮށްފައިވާ ޓީމަކާއި ބައްދަލުކުރާކަށް ނުޖެހޭނެއެވެ.

ކުއާޓަރ ފައިނަލްގައި ސަމާރާގައި އަންނަ ހޮނިހިރު ދުވަހު އިންގްލެންޑް ނުކުންނާނީ ސްވީޑަންއާއި ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމެއް ނުކުންނާނީ ކްރޮއޭޝިއާ ނުވަތަ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ރަޝިޔާއާއި ދެކޮޅަށެވެ.

މިމެޗުގެ ކުރީކޮޅު ރެފްރީއަށް މެޗުގެ ކޮންޓްރޯލް ގެއްލުނުކަމަށް ބައެއް ކޮމެންޓޭޓަރުން ފާހަގަކުރިއެވެ. ޚާއްސަކޮށް މައްސަލަތައް ޖެހޭ ވަގުތު އަވަސް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ދެ ޓީމުގެ ކުޅުންތެރިންނާއި މަޝްވަރާކުރުމުގައި ރެފްރީ ވަގުތު ހޭދަކުރިކަން ބައެއް ކޮމެންޓޭޓަރުން ފާހަގަކުރިއެވެ.

މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވާފައިވަނީ އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭންއެވެ.

މިއީ 2006ގެ ފަހުން ވާރލްޑް ކަޕްގެ ކުއާޓަރ ފައިނަލަށް އިންގްލެންޑް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އަދި މިއީ 1990 ވަނަ އަހަރުގެ ވާރލްޑް ކަޕްގެ ސެމީ ފައިނަލަށް ދިޔަ ފަހުން އެޓީމަށް ވާރލްޑް ކަޕް ކާމިޔާބުކުރުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތުކަމަށް ބައެއް ކޮމެންޓޭޓަރުން ފާހަގަކުރެއެވެ.

ވާރލްޑްކަޕް ކުއާޓަރ ފައިނަލްގެ މެޗުތައް ކުޅޭނީ އަންނަ ހަފްތާ ބަންދުގައެވެ. ކުއާޓަރގެ ފުރަތަމަ މެޗުގައި އުރުގުއާއީ ނިކުންނާނީ ހުކުރު ދުވަހު ފްރާންސްއާއި ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި އެރޭ ބްރެޒިލް ނިކުންނާނީ ބެލްޖިއަމްއާއި ދެކޮޅަށެވެ.

ހޮނިހިރު ދުވަހު ސްވިޑަންއާއި އިންގްލެންޑް ކުޅޭއިރު، އެރޭ ރަޝިޔާ އަދި ކްރޮއޭޝިއާ ބައްދަލުކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަރުމަނު ކަޕް: ޕެނަލްޓީ ޖަހައިގެން ބަޔާން ސަލާމަތްވެއްޖެ

ޖަރުމަނު ކަޕް: ޕެނަލްޓީ ޖަހައިގެން ބަޔާން ސަލާމަތްވެއްޖެ

26 އޮކްޓޯބަރު 2017
ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި

ކްލަބް ފްރެންޑްލީ: ޕެނަލްޓީ ޖަހައިގެން ރެއާލްގެ މައްޗަށް ޔުނައިޓެޑު ކުރިހޯދައިފި

24 ޖުލައި 2017
ކޮންފެޑެރޭޝަންސް ކަޕް: ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ޗިލީ ފައިނަލަށް

ކޮންފެޑެރޭޝަންސް ކަޕް: ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ޗިލީ ފައިނަލަށް

29 ޖޫން 2017
ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ޓެސްޓްކޮށްފި

ޔޫއެފާގެ ޕެނަލްޓީ ޖެހުމުގެ އާ ގަވާއިދު ޓެސްޓްކޮށްފި

12 މެއި 2017
ސެލްޓާވިގޯ މެޗަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ މުހިތްމު މެޗު: މޮރީނިއޯ

ސެލްޓާވިގޯ މެޗަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ މުހިތްމު މެޗު: މޮރީނިއޯ

11 މެއި 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު