Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ލިވަޕޫލް އަތްދަށުވެ ސިޓީގެ ރެކޯޑު ނިމުމަކަށް

ލިވަޕޫލްގެ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މެޗުން ސިޓީ ބަލިވީ 4-3 ގެ ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 ޖެނުއަރީ 2018 | ހޯމަ 03:01
މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން

މި ދެ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ މި ސީޒަނުގައި އެއްވެސް މެޗަކުން ބަލިނުވެ މެންޗެސްޓާ ސިޓީއިން ދަމަހައްޓަމުން އައި ރެކޯޑު ނިމުމަކަށް އަތުވެއްޖެއެވެ.

ލިވަޕޫލްގެ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު މެޗުން ސިޓީ ބަލިވީ 4-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ބަލާހިތްވާ ޒާތުގެ ކުޅުމެއް ފެނިގެންދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. މި މެޗުގައި ލިވަޕޫލްއާ އަލަށް ގުޅުނު ޑިފެންޑަރު ވާޖިލް ވެންޑައިކް ފެނިފައިނުވާއިރު ސިޓީގެ މެދުތެރޭގެ މައި ތަނބު ކަމަށްވާ ޑޭވިޑް ސިލްވާ ވެސް މި މެޗުގައި ފެނިފައެއް ނުވެއެވެ.

ފުރަތަމަ ހާފު ފެށިގެން ލިވަޕޫލްއިން ވަނީ ސިޓީގެ ހާފަށް ބާރުބޮޑުކޮށް އެ ޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ. މެޗުގެ ފުރަތަމަ ލަނޑު ނުވަ ވަނަ މިނެޓުގައި ލިވަޕޫލްއަށް ޖަހައިދިނީ އެލެކްސް އޮކްސްލޭޑް ޗެމްބަލިންއެވެ. މި ލަނޑަށް ފަހުވެސް ލިވަޕޫލްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ސިޓީގެ ގިނަ ހަމަލާތައް ހުއްޓުވާފައެވެ. އެހެން ނަމަވެސް އެ ޓީމުން ރަނގަޅަށް ކުޅެމުން ދަނިކޮށް ލެރޯއި ސާނޭ ވަނީ 40 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ ސިޓީއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެ ޓީމު އެއްވަރުވެއޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު ލިވަޕޫލްއިން ވަނީ ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 59 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯ ލިވަޕޫލްއަށް އަލުން އަނބުރާ ލީޑު ހޯދައިދިންއިރު އޭގެ ދެ މިނެޓު ފަހުން ސަދިއޯ މާނޭ ވަނީ ރީތި ލަނޑެއް ޖަހައިދީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. ތަކުރާރުކޮށް އެ ޓީމުން އުފައްދަމުންދިޔަ ހަމަލާތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ 68 ވަނަ މިނެޓުގައި މުހައްމަދު ސަލާހު އެ ޓީމަށް ލަނޑެއް ޖަހައިދީ އެ ޓީމު ލީޑު އިތުރަށް ފުޅާކޮށްދިނުމެވެ.

މި ލަނޑުތަކަށްފަހު ސިޓީއިން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރުމަށް ކުރި މަސައްކަތުގެ ނަތީޖާއަކަށް ވެގެންދިޔައީ 84 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެންއެރި ބަނާޑޯ ސިލްވާ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނުމެވެ. ސިޓީގެ ތިންވަނަ ލަނޑު ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ކުޅެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި އިކޭ ގުންޑޮގަން ޖަހައިދިންއިރު އެ ޓީމަށް ނަތީޖާ ހަމަހަމަ ކުރެވިފައެއް ނުވެއެވެ.

މިއީ މި ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީ ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ.

ޕްރިމިއާ ލީގުގައި އާސެނަލް ވެސް ވަނީ ރަށުން ބޭރުގައި ބޯންމައުތް އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ ތާވަލުގެ ހަވަނައަށް ވެއްޓިފައެވެ. ހެކްޓާ ބެލެރިން ލަނޑެއް ޖަހައިދީ އާސެނަލްއަށް ލީޑު ނަގައިދިން ނަމަވެސް ކެލަމް ވިލްސަންއާ ޖޯޑަން އައިބް ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީ ބޯންމައުތް މެޗުން މޮޅުކޮށްދީފައެވެ.

މި މެޗުން ބަލިވި ނަމަވެސް ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 62 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީއެވެ. ދެވަނައިގައި 47 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން މެންޗެސްޓާ ޔުނައިޓެޑް އޮތްއިރު ތިންވަނައިގައި ހަމަ 47 ޕޮއިންޓާއެކު އޮތީ ލިވަޕޫލްއެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީއަށް ވެސް ލިބިފައިވަނީ 47 ޕޮއިންޓްއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު