Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލަލީގާ

އޭސީ މިލާނުގެ ކުރީގެ މިޑްފީލްޑަރ ސުލޭ މުންތާރީ ޑިޕޯޓިވޯ އަށް ސޮއިކޮށްފި

މުންތާރީ ޑިޕޯޓިވޯ އާ ގުޅުނީ މިސީޒަނުގެ ނިޔަލަށް

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު | 23 ފެބުރުއަރީ 2018 | ހުކުރު 08:43
ގާނާގެ މިޑްފީލްޑަރ ސުލޭ މުންތާރީ، އިޓަލީގެ އޭސީ މިލާނުގެ ޖަރޒީގައި

ގާނާގެ މިޑްފީލްޑަރ ސުލޭ މުންތާރީ، އިޓަލީގެ އޭސީ މިލާނުގެ ޖަރޒީގައި

އިޓަލީގެ އޭސީ މިލާނަށް ކުޅުނު ގާނާގެ މިޑްފީލްޑަރ ސުލޭ މުންތާރީ، ސްޕެއިންގެ ކްލަބް ޑިޕޯޓިވޯ ލަ ކޮރޫނާ އަށް ސޮއިކޯށްފި އެވެ.

ސްޕެނިޝް ލީގުގެ ރެލިގޭޝަން ޒޯނުގައި އޮތް ޑިޕޯޓިވޯ އަށް މުންތާރީ ސޮއިކޮށްފައިވަނީ މިސީޒަނުގެ ނިޔަލަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ސަންޑަލެންޑާއި ޕޯޓްސްމައުތަށް ކުޅެފައިވާ މުންތާރީ އެންމެ ފަހުން ކުޅެފައިވަނީ އިޓަލީގެ ކްލަބް ޕެސްކާރާ އަށެވެ. އެހެންނަމަވެސް، ޕެސްކާރާ އާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މިދިޔަ ހޫނު މޫސުމުގައި ހަމަވި ފަހުން އޭނާ އެއްވެސް ކްލަބަކާއި ގުޅިފައެއްނުވެއެވެ. ޑިޕޯޓިވޯ އާ އޭނާ ގުޅިފައިވަނީ އެކްލަބާއެކު ހެދި ޓްރަޔަލް އަށްފަހު، ޑިޕޯޓިވޯގެ ކޯޗު ކްލަރެންސް ސީޑޯފްގެ ހިތް އަތުލުމަށްފަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މުންތާރީ އަކީ ސީޑޯފް އާއެކު މީގެ ކުރިން އިޓަލީގެ އޭސީ މިލާނަށް ކުޅުނު ކުޅުންތެރިޔެކެވެ. މީގެ އިތުރުން، އޭސީ މިލާނަށް ސީޑޯފް އިރުޝާދު ދިން ދުވަސް ވަރުވެސް މުންތާރީ އެ ކްލަބަށް ކުޅެފައިވެއެވެ.

މުންތާރީ އިޓަލީގައި ކުޅުނު ފުރަތަމަ ކްލަބަކީ އުދިނޭޒީ އެވެ. އޭގެ ފަހުން އޭނާ ވަނީ އޭސީ މިލާނުގެ އިތުރުން އިންޓަރ މިލާނަށްވެސް ކުޅެފައެވެ. އޭނާ އަކީ މިލާނުގެ ވާދަވެރި ދެ ޓީމަށް ކުޅުމުގެ ޝަރަފް ލިބިފައިވާ މަދު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔެކެވެ.

ގާނާގެ ގައުމީ ޓީމަށް 84 މެޗު ކުޅެފައިވާ މުންތާރީ، 2014 ވަނަ އަހަރުގެ ފަހުން ގާނާގެ ގައުމީ ޓީމަށް ކުޅެފައެއްނުވެއެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2017

ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި

26 އެޕްރީލު 2017
ބާންލީގެ މިޑްފީލްޑަރު 18 މަސްދުވަހަށް އެފްއޭ އިން ސަސްޕެންޑުކޮށްފި
21 އެޕްރީލު 2017

އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ

21 އެޕްރީލު 2017
އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު