Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ޔުނައިޓެޑްގެ ބަލިނުވުމުގެ ރެކޯޑް، ހަޑަސްފީލްޑް އިން ނިމުމަކަށް ގެނެސްފި

މިއީ 1952 ވަނަ އަހަރުގެ ފަހުން ލީގުގައި ޔުނައިޓެޑް އަތުން ހަޑަސްފީލްޑް މޮޅުވި ފުރަތަމަ ފަހަރު

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 21 އޮކްޓޯބަރު 2017 | ހޮނިހިރު 23:03
ޔުނައިޓެޑް ކޮޅަށް އާރޮން މޯއީ ޖަހައިދިން ލަނޑާއެކު ޔުނައިޓެޑްގެ މައްޗަށް ލީޑު ހޯދުމަށްފަހު، ހަޑަސްފީލްޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ

ޔުނައިޓެޑް ކޮޅަށް އާރޮން މޯއީ ޖަހައިދިން ލަނޑާއެކު ޔުނައިޓެޑްގެ މައްޗަށް ލީޑު ހޯދުމަށްފަހު، ހަޑަސްފީލްޑްގެ ކުޅުންތެރިން އުފާފާޅު ކުރަނީ

މިސީޒަނުގެ އިނގިރޭސި ޕްރިމިއަރ ލީގުގައި ބަލިނުވެ މެންޗެސްޓަރ ޔުނައިޓެޑުން ދަމަހައްޓަމުން އައި ރެކޯޑް، ހަޑަސްފީލްޑް ޓައުން އިން ނިމުމަކަށް ގެނެސްފި އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް ހަޑަސްފީލްޑް ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ.

މިމެޗަށް ޔުނައިޓެޑް ނިކުތްއިރު، ލީގުގައި ކުޅުނު ފުރަތަމަ އަށް މެޗުން ޔުނައިޓެޑްގެ ގޯލަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ. އެހެންނަމަވެސް މިރޭގެ މެޗާއެކު، ލީގުގައި ޔުނައިޓެޑް ކޮޅަށް ވަން ލަނޑުގެ އަދަދު ވަނީ ދެގުނައަށް އިތުރުވެފައެވެ.

މިމެޗުގެ 23 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ޑިފެންޑަރ ފިލް ޖޯންސް އަށް އަނިޔާވެގެން، އޭނާގެ ބަދަލުގައި ސްވިޑްންގެ ޑިފެންޑަރު ވިކްޓަރ ލިންޑެލޯފް ވަނީ ކުޅެން ނިކުމެފައެވެ. މިއީ އިނގިރޭސި ޕްރިމިއަރ ލީގުގައި އޭނާގެ ދެވަނަ މެޗެވެ.

ހަޑަސްފީލްޑުން މިމެޗުގައި ޖެހި ދެލަނޑަކީވެސް، ޔުނައިޓެޑްގެ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޖެހި ދެލަނޑެވެ.

މިމެޗުގެ 28 ވަނަ މިނިޓުގައި ޔުނައިޓެޑްގެ ސްޕެއިންގެ މިޑްފީލްޑަރު ހުއާން މަޓާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ހަޑަސްފީލްޑަށް ލީޑު ފުޅާ ކޮށްދިނީ އޮސްޓްރޭލިއާގެ މިޑްފީލްޑަރު އާރޮން މޯއީ އެވެ.

އޭގެ ފަސް މިނިޓު ފަހުން ޔުނައިޓެޑަށް ލީޑު ފުޅާ ކޮށްދިނީ ބެލްޖިއަމްގެ ފޯވާޑް ލޯރެންޓް ޑެޕޮއިޓްރާ އެވެ. މިލަނޑަކީ ހަޑަސްފީލްޑްގެ ގޯލްކުރިމަތިން ޖެހި ބޯޅައެއް، ޔުނައިޓެޑްގެ ޑިފެންޑަރު ވިކްޓަރ ލިންޑެލޯފް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހަޑަސްފީލްޑުން ޖެހި ލަނޑެކެވެ. އެބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ލިންޑެލޯފްގެ ފައިގައި ނުޖެހި، ޔުނައިޓެޑްގެ އޭރިއާގެ ބޭރުގައި ފެނުޖެހިފައި ލިބުނީ ޑެޕޮއިޓްރާ އަށެވެ. އޭނާ މިބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ޔުނައިޓެޑްގެ ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ކައިރިން ނައްޓާލުމަށްފަހު އެވެ.

ދެ ލަނޑުން ހަޑަސްފީލްޑް ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، ޔުނައިޓެޑުން ދެވަނަ ހާފަށް ނިކުތީ ދެ ބަދަލާއި އެކުގައެވެ. މިޑްފީލްޑަރ ހުއާން މަޓާގެ ބަދަލުގައި ހެންރިކް މިޚިތަރިޔަން ކުޅެން ނިކުތްއިރު، އެންތަނީ މާޝަލްގެ ބަދަލުގައި މާކަސް ރަޝްފޯޑް ވަނީ ކުޅެން ނެރެފައެވެ.

އެހެންނަމަވެސް މުޅި މެޗު ކަހަލަ ގޮތަކަށް ޔުނައިޓެޑުން ކޮންޓްރޯލް ކުރި މިމެޗުގެ ދެވަނަ ހާފުގައިވެސް ޔުނައިޓެޑަށް ނަތީޖާ އަނބުރާލެވިފައެއްނުވެއެވެ.

މެޗު ނިމެން 12 މިނިޓަށް ވެފައިވަނިކޮށް ޔުނައިޓެޑަށް ސުން ކަނޑުވާލައިދިނީ މާކަސް ރަޝްފޯޑެވެ.

މިއީ 1952 ވަނަ އަހަރުގެ ފަހުން އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް އަތުން ހަޑަސްފީލްޑް މޮޅުވި ފުރަތަމަ ފަހަރެވެ.

މިމެޗަށް ޔުނައިޓެޑް ނިކުތްއިރު، ލީގުގައި ކުޅުނު އަށް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިވެފައެއްނުވެ އެވެ. އެހެންނަމަވެސް، މިނަތީޖާއާއެކު ޔުނައިޓެޑްގެ ބަލިނުވުމުގެ ރެކޯޑް ނިމުމަކަށް އައީއެވެ.

ލީގު ޔުނައިޓެޑް ހަޑަސްފީލްޑް އަތުން ބަލިވުމާއި، ބާންލީ އަތުން މެންޗެސްޓަރ މޮޅުވުމާއި ގުޅިގެން ސިޓީ އާއި ޔުނައިޓެޑާއި ދެމެދުވާ ޕޮއިންޓުގެ ފަރަގު ވަނީ ފަސް ޕޮއިންޓަށް ފުޅާވެފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި 9 މެޗުން 25 ޕޮއިންޓާއެކު ތާވަލްގެ ކުރީގައިވަނީ މެންޗެސްޓަރ ސިޓީ އެވެ. 9 މެޗުން 20 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ ތާވަލްގެ ދެވަނަ މަގާމުގައެވެ. މިރޭ ޔުނައިޓެޑް އަތުން މޮޅުވި ހަޑަސްފީލްޑް އޮތީ 12 ޕޮއިންޓާއެކު ތާވަލްގެ 11 ވަނާގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެލްޓާވިގޯ މެޗަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ މުހިތްމު މެޗު: މޮރީނިއޯ

ސެލްޓާވިގޯ މެޗަކީ ޔުނައިޓެޑްގެ ތާރީޚުގައިވެސް އެންމެ މުހިތްމު މެޗު: މޮރީނިއޯ

11 މެއި 2017
އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

އާސެނަލުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

08 މެއި 2017
ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

ނިއު ބަލިނުވުމުގެ ސިލްސިލާ އަށް މާޒިޔާއިން ނިމުން ގެނެސްފި

13 އެޕްރީލު 2017
ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

ލިންގާޑް ޔުނައިޓެޑްގެ ކޮންޓްރެކްޓް އާކޮށްފި

07 އެޕްރީލު 2017
އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

އޮސްޓްރެލީއާގެ ތަރިންގެ ޓީމަކުން ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފި

26 މާރިޗު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު