Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުނގޫފާރުން މީހަކު ޕޮޒިޓިވްވުން

އުނގޫފާރުން މީހަކު ޕޮޒިޓިވްވެ، ރަށް މޮނިޓަރިންނަށް

27 އޮކްޓޯބަރު 2020 | އަންގާރަ 06:16

އޭނާ ޕޮޒިޓިވް ވެފައިވަނީ ރެންޑަމް ސާމްޕަލިންގެ ތެރެއިން

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 27 އޮކްޓޯބަރު 2020 | އަންގާރަ 06:16
ރ. އުނގޫފާރު، ޕޮޒިޓިވް ކޭސްއެއް ފެނިގެން އެ ރަށް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެވިފައި

ރ. އުނގޫފާރު، ޕޮޒިޓިވް ކޭސްއެއް ފެނިގެން އެ ރަށް ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެވިފައި

ރ. އުނގޫފާރުން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިންގގެ ހާލަތަށް ގެންދެވިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ އަތޮޅުތަކުގެ ކްލަސްޓާއާއި ހަވާލުވެ ހުންނެވި އަބްދުﷲ މައުރޫފް ވިދާޅުވީ އުނގޫފާރުން މީހަކު ޕޮޒިޓިވް ވެފައި ވަނީ ހޯމަ ދުވަހު އެރަށުގައި ނެގި ރެންޑަމް ސާމްޕަލިންގެ ތެރެއިން ކަމަށެވެ. އަދި އެކޭސްއާ ގުޅިގެން ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މައުރޫފް ވިދާޅުވީ ހޯމަ ދުވަހު އެރަށުން 60 މީހެއްގެ ރެންޑަމް ސާމްޕަލް ނެގިފައިވާ ކަމަށެވެ.

އެގޮތުން ސާމްޕަލް ނެގިފައިވަނީ ހޮސްޕިޓަލުގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ 20 ސްޓާފަކާއި، ކެފޭ ރެސްޓޯރެންޓް އަދި ފިހާރަތަކުން 15 މުވައްޒަފެއް، އަދި އެރަށުގައި ބަލީގައި އަލާމާތް ހުރިކަން ފާހަގަ ކުރެވޭ 20 ފަރާތެއްގެ ކަމަށެވެ.

މީގެ އިތުރުން އެރަށުގައި ދިރިއުޅޭ ބިދޭސީންގެ ތެރެިއން ފަސް ބިދޭސީއެއްގެ ސާމްޕަލް ނެގިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރަށް މޮނިޓަރިން ލެވިފައި ވުމާއި ގުޅިގެން މިވަގުތުން ފެށިގެން މަގުމަތީގައި ނުވަތަ ބޭރަށް ނުކުންނަ ނަމަ މާސްއަޅަން ޖެހޭނެ ކަމަށާއި އެރަށަށް އަރާފޭބުން ވަނީ މަނާވެފައިވާ ކަމަށެވެ. މީގެ އިތުރުން ސްކޫލްތައް ބަންދުވެ، ގިނަ މީހުން ބައިވެރިވާ ކުޅިވަރުތައް ކުޅުން މަނާވާނެ ކަމަށެވެ.

އާންމު ޚިދުމަތްދޭ ތަންތަނުގައި ތިބޭ ފަރާތްތަކުންވެސް މާސްކުއެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކެފޭ ރެސްޓޯރެންޓް ތަކުން ޑައިން އިން މެދުކެނޑިގެން ދާނެ ކަމަށާއި ހަމައެކަނި ދެވޭނީ ޓޭކްއަވޭގެ ޚިދުމަތްކަމަށް އޭނާ ވިދާޅުވިއެވެ. އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އުނގޫފާރު ރީޖަނަލް ޖޮސްޕިޓަލަށް ސިއްޚީ ޚިދުމަތް ހޯދަން އެހެންރަށްރަށުން އެރަށަށްދާ ފަރާތްތަކުންވެސް އެޗްޕީއޭގެ ލީގަލް އީމެއިލް މެދުވެރިކޮށް ހުއްދަ ލިބިގެން ނޫނީ ރަށަށް ނޭރޭނެ ކަމަށެވެ.

މީގެ އިތުރުން މާލެ ދަތުރުކުރާ ދޯނި ފަހަރުން ގެންދާ ކާބޯތަކެތި ބޭލުމުގެ އިންތިޒާމް ކައުންސިލާއި މަޝްވަރާކޮށްގެން ހަމަޖައްސަމުންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި

10 ޖެނުއަރީ 2017
ޗެއާޕާސަން ކަމަށް ހަސަން ލަތީފް ދޮރުން ދޮރަށް ކެމްޕޭން ފައްޓަވައިފި
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް