Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބު

ޓެނިސް އެސޯސިއޭޝަނުގެ ރައީސް ކަމަށް ލިލީ ހޮޓެލްސްގެ އެމްޑީ އަޙްމަދު ހަފީޒް

ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ހަފީޒް އެކަނި

ހުސައިން ފަރިޔާޒް
ހުސައިން ފަރިޔާޒް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2020 | ހޯމަ 09:58
ލިލީ ހޮޓެލްސްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ހަފީޒް

ލިލީ ހޮޓެލްސްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ހަފީޒް

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އަޙްމަދު ހަފީޒް ކުރިމަތިލައްވައިފިއެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ހަފީޒަކީ ފުޅާ ދާއިރާއެއްގައި ރިސޯޓް ވިޔަފާރީ ކުރައްވާ ލިލީ ހޮޓެލްސްގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) އެވެ.

ޓެނިސް އެސޯސިއޭޝަނުގެ އިންތިޚާބު ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މި އިންތިޚާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ހަފީޒް އެކަންޏެވެ. އެކަމަކު އެ އެސޯއިއޭޝަނު ނައިބު ރައީސްގެ މަގާމަށް މުޙައްމަދު އަމީން އާއި މުޙައްމަދު ހާނިމް ވަނީ ކުރިމަތިލައްވާފައެވެ. އަމީނަކީ މިހާރުވެސް ޓެނިސް އެސޯސިއޭޝަނުގެ ނައިބު ރައީސެވެ.

އިތުރު މެންބަރުންގެ ގޮތުގައި އިންތިޚާބުކުރާ ތިން މަގާމަށް ހަތަރު ބޭފުޅުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ މިހާރުގެ ހިންގާ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ހަސަން ޝާމުގެ އިތުރުން އަލަށް ކުރިމަތިލެއްވި އަޒުމާ އިބްރާހިމާއި ޔޫސުފް ރިޒާ އަދި މޫސާ އާޒިމެވެ.

ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިޚާބުގައި ވޯޓުން އިންތިޚާބު ކުރުމަށް ނިންމާފައި ވަނީ ފަސް މަގާމެކެވެ. އެއީ ރައީސް އާއި ނައިބު ރައީސް އަދި އިތުރު ތިން މެންބަރުންނެވެ. ހަޒާންދާރުގެ މަގާމާއި ޖެނަރަލް ސެކްރެޓަރީއެއް އައްޔަނު ކުރާނީ އިންތިޚާބުވާ ހިންގާ ކޮމިޓީން ކަމަށް ޓެނިސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ވޯޓުލުމުގެ ހައްގު ލިބިގެންވަނީ އެ އެސޯސިއޭޝަނުގެ އާންމު މެންބަރުންގެ ތެރެއިން އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުވާލެވުނު ދުވަހުގެ ނިޔަލަށް މެންބަރުންގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނިފައިވާ މެންބަރުންނަށެވެ. އެ ގޮތުން މި ވަގުތު ޓެނިސް އެސޯސިއޭޝަނުގެ މެންބަރުންގެ ގޮތުގައި ތިބީ 215 މެންބަރުން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

ޓެނިސް އެސޯސިއޭޝަނުގެ މިހާރުގެ ހިންގާ ކޮމިޓީގެ ދެވަނަ ދައުރު ފުރިހަމަކޮށްފައިވާއިރު، މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު މި އަހަރުގެ ޖުލައި 17 ވަނަ ދުވަހު ވަނީ ހަމަވެފައެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ހާލަތާ ގުޅިގެން އައު ހިންގާ ކޮމޓީއެއް އިންތިޚާބުވެ، ސްޕޯޓްސް ކޮމިޝަނުން ބަލައިގަންނަންދެން މިހާރުގެ ހިންގާ ކޮމިޓީގެ ދައުރު ސްޕޯޓްސް ކޮމިޝަނުން ވަނީ ދަމަހައްޓާދީފައެވެ.

ޓެނިސް އެސޯސިއޭޝަނުގެ މިހާރުގެ ރައީސް އަކީ އަޙްމަދު ނަޒީރެވެ. މަޝްހޫރު ވިޔަފާރިވެރިޔާ ނަޒީރު ވަނީ ދެ ދައުރު ޓެނިސް އެސޯސިއޭޝަންގެ ރައީސްގެ މަގާމު އަދާކޮށް ޓެނިހުގެ ވަސީލަތް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބޮޑު ހޭދައެއް ކުރައްވާފައެވެ. އެސޯސިއޭޝަނުގެ މިހާރުގެ ނައިބު ރައީސަކަށް މުޙައްމަދު އަމީން ހުންނެވިއިރު، ހަޒާންދާރަކީ މަޙްމޫދު ރަމީޒެވެ. އިތުރު ތިން މެންބަރުންނަކީ ހަސަން ޝާމް އާއި، އަޙްމަދު ޝާމް އަދި އިބްރާހީމް ހުސައިނެވެ.

ރާއްޖޭގައި ޓެނިސް ކުޅޭތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ރަނގަޅު ކުޅިވަރު ވަސީލަތް ގާއިމުވެފައިވާ ކުޅިވަރަކީ ޓެނިހެވެ. ކޮންމެ އަހަރަކުވެސް ޓެނިހުން ގިނަ މުބާރާތްތަކެއް ބާއްވަމުންދިޔަ ނަމަވެސް، ޓެނިސް ކުޅޭ ކުޅުންތެރިންގެ އަދަދު އިތުރުވަމުންދަނީ ވަރަށް މަދުންނެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ޓެނިހުން ރާއްޖެއަށް އެކަށީގެންވާ ކާމިޔާބީއެއް ހޯދިފައިނުވާއިރު ޓެނިހަކީ ނިސްބަތުން މަދު އެތްލީޓުން ހިމެނޭ ކުޅިވަރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

ސަރަހައްދީ ފެންވަރުގެ ފުޓްބޯލް ޓްރެއިނިންގ ސްކޫލެއް ގާއިމު ކުރާނަން: ރައީސް ޔާމިން

16 މާރިޗު 2017
އިންޓަ އޮފީސް ކޮމްޕެނީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި

އިންޓަ އޮފީސް ކޮމްޕެނީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި

13 މާރިޗު 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު