Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާރަންދޫ ކަމަނާ ކަޕް

މާރަންދޫގައި ހޭންޑްބޯޅަ މުބާރާތެއް ފަށައިފި

މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ބައިވެރިވެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 21 އޮކްޓޯބަރު 2020 | ބުދަ 18:10
މާރަންދޫ ކަމަނާ ކަޕް 2020 ގައި ކުޅުނު މެޗެއްގެ ތެރެއިން

މާރަންދޫ ކަމަނާ ކަޕް 2020 ގައި ކުޅުނު މެޗެއްގެ ތެރެއިން

ހއ. މާރަންދޫ ކަމަނާ ކަޕް 2020 ގެ ކުޅުން ފަށައިފިއެވެ.

މާރަންދޫގެ އަންހެނުންނަށް ހުޅުވާލައިގެން ބާއްވާ ހޭންޑްބޯޅަ މުބާރާތުގެ ކުޅުން ބުދަ ދުވަހުގެ ހަވީރު ފެށިއިރު، މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ މާރަންދޫ ޔޫތު ސޮސައިޓީ، އަންހެނުންގެ ކޮމިިޓީ، ބަނޑޭރި ސްޓާ ސްޕޯޓްސް ކުލަބު އަދި ޗެޕޭ ސްޕޯޓްސް އެކެޑަމީއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޗެޕޭ ސްޕޯޓްސް އެކެޑަމީ އާއި އަންހެނުންގެ ކޮމިޓީ ބައްދަލުކުރިއިރު، މި މެޗު 7-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޗެޕޭ ސްޕޯޓްސް އެކެޑަމީންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗެޕޭ ސްޕޯޓްސް އެކެޑަމީގެ އާތިކާ ދާއޫދެވެ.

މުބާރާތުގެ ދެވަނަ މެޗުގައި މާރަންދޫ ޔޫތު ސޮސައިޓީ އާއި ބަނޑޭރި ސްޓާ ސްޕޯޓްސް ކުލަބު ބައްދަލުކުރިއިރު، މި މެޗު މާރަންދޫ ޔޫތު ސޮސައިޓީން ކާމިޔާބުކޮށްފައިވަނީ 9-4 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މާރަންދޫ ޔޫތު ސޮސައިޓީގެ ޝިމާނާ އަބްދުﷲ އެވެ.

މި މުބާރާތް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ އަބްދުލް ކަރީމް އަބްދުއްރަޙުމާން ވިދާޅުވީ މި މުބާރާތަކީ މާރަންދޫ ކައުންސިލާއި، އެ ރަށުގެ އިޖުތިމާޢީ މަރުކަޒު ގުޅިގެން ރަށުގެ އަންހެނުން ކުޅިވަރަށް އަހުލުވެރިކޮށް، ކުޅިވަރުގެ މައިދާނުގައި ކުރިއަށްދިޔުމަށް ހުޅުވާލެވިގެން ކުރިއަށްގެންދާ މުބާރާތެއް ކަމަށެވެ.

މުބާރާތުގެ ކުޅުން ބުދަ ދުވަހުގެ ހަވީރު ފެށިއިރު، މި މުބާރާތުގެ ފައިނަލް މެޗު ތާވަލުކޮށްފައިވަނީ މި މަހުގެ 28 ވަނަ ދުވަހަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
10 ޖެނުއަރީ 2017

އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި

10 ޖެނުއަރީ 2017
އެމްއެންޑީއެފްގެ ފަލިޖެހުމާއި ރިޔަލު ދޯނި ދުއްވުމުގެ މުބާރާތެއް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު