Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގދ.ތިނަދޫގައި ގާއިމްކުރި ކޮވިޑް ފެސިލިޓީ

ތިނަދޫ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާލައިފި

ޕްލޭނިން މިނިސްޓްރީއާ މިހާރު ވަނީ ހަވާލުކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޮކްޓޯބަރު 2020 | ބުދަ 18:41
ގދ. ތިނަދޫގައި ގާއިމްކުރި ކޮވިޑް ފެސިލިޓީ

ގދ. ތިނަދޫގައި ގާއިމްކުރި ކޮވިޑް ފެސިލިޓީ

ގދ. ތިނަދޫގައި ގާއިމްކުރާ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާލައިފިއެވެ.

މި ފެސިލިޓީގެ މަސައްކަތް ކުރި މޯލްޑިވްސް ޓްރާންސްޕޯޓު އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ތިނަދޫގައި އިމާރާތް ކުރި އެމަރޖެންސީ ކޮވިޑް ފެސިލިޓީގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ޕްލޭނިން މިނިސްޓްރީއަށް ހަވާލު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ނިންމާލާފައިވަނީ އެންމެ 20 ދުވަހުން ކަމަށެވެ.

ތިނަދޫގައި 22 އެނދުގެ ކޮވިޑް ފެސިލިޓީއެއް ގާއިމު ކުރުމުގެ މަސައްކަތް ފެށީ 25 ސެޕްޓެމްބަރުގައެވެ. އަދި އެ ފެސިލިޓީގައި އިންޓެންސިވް ކެއާ ޔުނިޓެއް ގާއިމްކޮށްފައި ވެއެވެ.

ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމް ކުރުމަށް ނިންމީ އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ފަރުވާ ހޯދުމަށް ގެންދިޔުމުން ރަށަށް ނޭރުވުމުންނެވެ. އެ ރަށުގެ ބަޔަކު ދެކޮޅު ހެދުމާ ގުޅިގެން އެންމެ ފަހުން އެ މީހާއަށް ފަރުވާ ދިނުމަށް އެއަރޓެކްސީއެއްގައި ގެނައީ މާލެއަށެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވިލިނގިލީގެ ރައްޔިތުންނަށް ކުރިމަތިވެގެން ދިޔައެވެ. އަދި މިހާރު ވިލިނގިލި ކޮވިޑް ފެސިލިޓީގައި ދަނީ ބައެއް މީހުންނަށް ފަރުވާ ދެމުންނެވެ.

ކޮވިޑް- 19 ގުޅިގެން އަތޮޅުތެރޭގެ 5 ސަރަހައްދެއްގައި މެޑިކަލް ފެސިލިޓީސް ސަރުކާރުން ގާއިމް ކުރިއެވެ. އެގޮތުން ގދ. ޒޯނުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީ ގާއިމް ކުރެވިފައި ވަނީ ވިލިނގިލީގައެވެ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި 23 އައިސީޔޫ އެނދާއި ވެންޓިލޭޓަރުގައި ފަރުވާ ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު