Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ

ތަހުޤީޤެއް ކުރިއަށް ދާތީ ވަޒީފާ ނުލިބޭ މައްސަލައަށް އޭސީސީއާއި ޕީޖީ: އެއީ ބޭއިންސާފެއް!

21 އޮކްޓޯބަރު 2020 | ބުދަ 09:16

މިހާރުވެސް 4554 މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ކޯޓުގައި ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 އޮކްޓޯބަރު 2020 | ބުދަ 09:16
ބުދަ ދުވަހު އޮތް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ޕީޖީ ޝަމީމްއާއި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ބައިވެރިވެވަޑައިގެންނެވި

ބުދަ ދުވަހު އޮތް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ޕީޖީ ޝަމީމްއާއި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ބައިވެރިވެވަޑައިގެންނެވި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ތަޙުޤީޤު ކުރަމުންދާ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ވަޒީފާ ލިބުން ދަތިވުމަކީ ކުރިމަތިވާ ބޭއިންސާފެއް ކަމަށް އޭސީސީއާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

އެ މައްސަލަ މަޖިލީހުގެ ސަމާލު ކަމަށް އައިސްފައިވާ އިރު، ބުދަ ދުވަހު އޮތް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި މެމްބަރުން ވަނީ އެއީ އެންމެ އިންސާފުވެރި ގޮތެއްތޯ ސުވާލު އުފައްދަވާފައެވެ. އެގޮތުން ކޮމިޓީގެ މުޤައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އޭސީސީއަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް ތުހުމަތެއް ކޮށް، މައްސަލަ ހުށައެޅޭ އިދާރާއަކަށްވާ އިރު، އެ މައްސަލަތަކުގައި ގޮތެއް ނިންމުން ލަސް ވެގެން ދިއުމުގެ ސަބަބުން ވަޒީފާ ލިބުމަށް ދަތިވާ މައްސަލައަށް ޙައްލެއް އަންނަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، ކުށުގެ ރެކޯޑު ސާފު ކުރާ އިރު އެ މީހެއްގެ މައްޗަށް މައްސަލައެއް ތަޙުޤީޤު ކުރެވެމުންދާ ކަން ނުވަތަ ނޫން ކަން މުއައްސަސާއަކުން ސާފުކުރަން ބޭނުންވާ ނަމަ ކޮމިޝަނުން އެ މައުލޫމާތު ދެއްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަޒީފާ ނުލިބުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ޝިއުނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުމުން ވަޒީފާ ނުލިބުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށާއި، އެކަމަށް ދާއިމީ ޙައްލެއް ގެނައުމަށް ޤާނޫނަށް ބައެއް ބަދަލުތަކެއް ގެނެވިދާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރުވެސް 4554 މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ކޯޓުގައި ކުރިއަށްދާ ކަމަށާއި، އޭސީސީން ވެސް 800 އެއްހާ މައްސަލަ ތަހުޤީޤު ކުރަމުންދާ އިރު، އެ މައްސަލަތަކާ ގުޅިގެން ވަޒީފާއެއް ނުލިބި ލަސްވެގެން ދިއުމަކީ އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ އެހެން ވިދާޅުވެފައިވާ އިރު، މަސްތުވާތަކެތީގެ ފަރުވާއަށް އެދިގެން ފަރުވާއަށް ހުކުމް ކޮށްފައިވީ ނަމަވެސް ޖާގަ ނެތުމުގެ ސަބަބުން ފަރުވާއަށް ނުދެވިފައި އެތައް ބަޔަކު ތިބިކަން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ތަފާސްހިސާބުތަކުން ވެސް ދައްކައެވެ.

ރާއްޖޭގައި އިތުރު ރިހެބިލިޓޭޝަން ސެންޓަރުތަކެއް ގާއިމް ކޮށް، އެ ތަންތަނުން ފަރުވާގެ ފެންވަރު ރަނގަޅު ކުރުމަކީ މި ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި ވެސް ހިމަނާފައިވާ ކަންކަމެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް