Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގާސިމް ހައްޔަރުކުރުން

ގާސިމް ހައްޔަރުކުރީ ޖިސްމާނީ ގޮތުން އަނިޔާ ކުރަން: ޕާޓީތައް

ގާސިމް ހައްޔަރުކުރީ ގާނޫނީ ހަމަތަކުގެ ބޭރުން

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 21 އެޕްރީލު 2017 | ހުކުރު 19:06
ގާސިމް އިބްރާހިމް ކޯޓަށް ހާޒިރުކުރަނީ

ގާސިމް އިބްރާހިމް ކޯޓަށް ހާޒިރުކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހައްޔަރުކޮށް 15 ދުވަހަށް ދޫނިދޫގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ އެ މަނިކުފާނަށް ޖިސްމާނީ ގޮތުން އަނިޔާކުރަން ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ގާސިމް ހައްޔަރުކުރުމާ ގުޅިގެން ހުކުރު ދުވަހުގެ ހަވީރު ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނީ ހަމަތަކުގެ ބޭރުން ގާސިމް ހައްޔަރުކުރުމަކީ ދިވެހިރާއްޖޭގެ ހުރިހާ ކަމެއް ފާލުން ނެއްޓިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅުމާއެކު ގަދަ ބާރުން ވެރިކަން ކުރުމުގެ ޢަމަލުތައް އިތުރުވެ، ޤަނޫނުގެ ވެރިކަން ނަގާލައި، މުވައްސަސާތައް ހިޞާރުކުރުމާއެކު ސަރުކާރުން އިސްވެ އޮވެ، ޤާސިމް ހައްޔަރުކުރުން ފަދަ ފާލުން ނެއްޓިފައިވާ ޣައިރު ޤާނޫނީ ޢަމަލުތައް ހިންގަމުން އަންނަކަމީ ކަންބޮޑުވާ ކަމެކަމަށް ބުޔާނުގައިވެ އެވެ.

ޤާސިމްގެ މައްޗަށް ކުރާ ތުހުމަތުތަކުގައި މައްސަލަ ތަޙްޤީޤްކޮށް ނިންމައި މައްސަލައިގެ ޝަރީޢަތް ފަށައި، ދައުލަތުން އެދުނު ގޮތުގެ މަތީން ޤާސިމް ބަންދުގައި ބަހައްޓައިގެން ޝަރީޢަތް ކުރުމުގެ އަމުރު ކުރިން ދީފައި ނުވާއިރު، އަނެއްކާވެސް ހެކި ހޯދުމަށްކަމަށް ބުނެ ފުރައްސާރަކުރުމުގެ ގޮތުން އެމަނިކުފާނު ދިރިއުޅުއްވާ ގެއާއި އޮފީސް ފާސްކޮށް އަދި މޮބައިލް ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީގެ އިތުރުން ފުލުސް އޮފީހަށް އެމަނިކުފާނު ހާޒިރުކޮށް ސުވާލުކޮށްފައިވާކަމަށް ވެސް ބަޔާނުގައިވެ އެވެ.

މިއިން އެއްވެސް ފަހަރަކު ގާސިމްގެ މައްޗަށް ކުރެވޭ ތުހުމުތަތުތަކުގެ ހެކި ފެނިފައިނުވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައި ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އަލުން އެސްއޯ ފުލުހުން ގާސިމްގެ ގެޔަށް ވަދެ އެ މަނިކުފާނު ހައްޔަރުކޮށްފައިވަނީ ޖިސްމާނީ ގޮތުން އަނިޔާ ކުރުމަށް ކަމަށެވެ.

ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ސަރުކާރުން އިސްނަގައިގެން ސިޔާސީ ލީޑަރުންނަށް އެކި ގޮތްގޮތުން އަންނަނީ ފުރައްސާރަކުރުމާއި ބިރުދެއްކުންފަދަ ކަންކަން ކުރިމަތިކުރަމުން ކަމަށާއި ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އަސާސީ ޤާވާއިދާ ޚިލާފަށް ޕާޓީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅައި ޕީޕީއެމް ހިންގަމުން އަންނަނީ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ކަމަށް ބަޔާނުގައި ވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ތާވަލުކޮށް ޤާނޫނާ ޚިލާފަށް އެ ވޯޓު ނެގިތާ މާ ގިނަ އިރެއް ނުވަނީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާކޮށް މިހާރު އެކި ފަހަރު މަތީން އެ މައްސަލަ ކޯޓުގައި ތާވަލްކޮށްފިއެވެ. އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲގެ މައްޗަށް 2016 ވަނަ އަހަރު އިއްވާފައިވާ ޓެރަރިޒަމްގެ ކުށުގެ ޙުކުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރަމުންދާ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޢަބްދުﷲ ރިޔާޒަށް ބިރުދެއްކުމުގެ ގޮތުންނާއި ސިޔާސީ ގޮތުން ފިއްތުމަށް ޖިނާޢީ ދައުވާ އުފުލައި އަވަސް އަރުވާލައިގެން މައްސަލައިގެ އަޑުއެހުން އޭޕްރީލް 20 ވަނަ ދުވަހު ވަނީ ބާއްވާފައި ކަމަށް ބަޔާނުގައި ބުނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ޕީޕީއެމްއިން އިސްކޮށް މަސައްކަތްކުރައްވާ އެ ޕާޓީގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް މީގެ 10 އަހަރު ކުރިން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ޕްރޮސެކިއުޓާ ޖެނެރެލް ވަނީ 21 އޭޕްރިލް ގައި ދައުވާ އުފުލާފައެވެ.

ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމް ނެތިކޮށްލުމަށް ސިޔާސީ ގޮތުން ވާދަވެރި ހުރިހާ ފަރާތެއް ޖަލަށްލައި، އަދި ޤާނޫނުގައިވާ ގޮތުގެ މަތިން ކަންކަން އިސްލާޙްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުގެ ބޭނުންކޮށްގެން ހުރަސް އަޅަމުން އަންނަކަމީ ކަންބޮޑުވާ ކަމެއް ކަމަށާއި މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ތަކުރާރުވަމުން ދިއުމުން ޤައުމުގެ ހަމަޖެހުމަށް އެކަމުގެ އަސަރު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މުވައަސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި ރައްޔިތުންނަށް ދެމެހެއްޓެނިވި ހަމަޖެހުން ހޯދައިދިނުމަށް ހުރަސްއެޅިފައިވާ ކަމަށް ޕާޓީތަކުން ފާހަގަކުރާއިރު، ހައްދުން ނެއްޓިފައިވާ ކަންކަމަށް ވާގިވެރިނުވެ، ޤާނޫނީ ހަމަތަކުގެ ތެރެއިން ޤައުމު އިސްލާޙްކުރުމަށް ކުރެވޭ ކަންކަމަށް ހުރަސް ނޭޅުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ. އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޖާގަދީ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ގޮވާލަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު