Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާޒިމާގެ ޝަރީއަތް

އާޒިމާގެ ދައުވާތައް ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ އަލުން ކަނޑައަޅަނީ!

މީގެކުރިން މިމައްސަލަ ބެއްލި ގާޒީ ވަނީ މި ދެ ދައުވާ ވެސް މަދަނީ މިންގަޑުން ކުރިއަށް ގެންދެވޭނެ ދެ ދައުވާކަމަށް ނިންމަވާފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2020 | އަންގާރަ 13:14
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން މަންޒަރެއް

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން މަންޒަރެއް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމާ ގުޅޭ ދެ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ އަލުން ކަނޑައެޅުމަށް ޝަރީއަތުން ނިންމައި، އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާ ގޮތަށް ނިންމައިފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގު ފަހި ކޮށް ދިނުމުގެ ކުށުގެ ދައުވާއެވެ.

Advertisement - newsAdvertisement

މިހާރު މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އާޒިމާގެ އަޑުއެހުންތައް ކުރިން މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ކުރިއަށް ގެންގޮސްފައިވާ ހިސާބުން ކުރިއަށް ގެންދަން ނިންމާފައެވެ.

ގާޒީ ހައިލަމް ވަނީ މި ދެ ދައުވާ ކުރިއަށް ގެންދަން ނިންމައި، ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާ ފަރާތްތައް ހުށަހެޅުމުގެ ފުރުސަތު ވެސް ދެއްވާފައެވެ. އަދި ދައުލަތުން ވަނީ އެ ފަރާތްތަކުގެ ނަންތައް ހުށަހަޅާފައެވެ. އެ ހެކީންނާ ގުޅޭ ގޮތުން އާޒިމާ ވެސް ވަނީ ގާޒީ ހައިލަމް ކުރިއަށް ގެންދެވި އަޑުއެހުންތަކުގައި ވާހަކަ ދައްކަވާފައެވެ.

އަންގާރަ ދުވަހު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައި ވަނީ އާޒިމާގެ ދިފާއުގައި ހުށަހަޅުއްވާ ނުކުތާތަކުގެ ތެރެއިން މިހާތަނަށް ހުށަހެޅިފައިިނުވާ ނުކުތާތައް ހުށަހެޅުއްވުމާއި އެ ހުށަހެޅުއްވުންތަކާއި ގުޅިގެން ދައުލަތުން ވާހަކަ ދެއްކެވުމެވެ.

ގާޒީ ސައީދު ކުރިއަށް ގެންދެވި އަޑުއެހުންތަކުގައި ވެސް، އާޒިމާ ވަނީ މި ދެ ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫންކަމަށް ވިދާޅުވެ، ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވާ ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް މީގެ ކުރިން ދައުވާ ކުރިއަަށް ގެންދަން ނިންމާފައިވާ ނިންމުން ދެމަހެއްޓުމަށްފަހު، އަންގާރަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވަނީ، އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދެ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވޭ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ބައެއް އަޑުއެހުންތަކުގައި، މި ދެ ދައުވާގެ އަޑުއެހުންތައް އަލުން ފެށުމަށް ވެސް އާޒިމާގެ ފަރާތުން އެދިލައްވާފައި ވެއެވެ. އެގޮތަށް ބަޔާންކޮށް އާޒިމާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ. އާޒިމާގެ ސިޓީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ މި މައްސަލަ ކުރިން ބެއްލި ގާޒީ ނިންމެވި ހިސާބުން ކުރިއަށް ގެންދިއުމަށެވެ.

އެންމެ ފަހުން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި، ދައުވާ ލިބޭ އާޒިމާގެ ފަރާތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 118 ވަނަ މާއްދާގެ (ޅ) އާ ގުޅިގެން ދައުލަތުގެ ގާނޫނީ ވަކީލުން ނެންގެވި ނުކުތާއަށް އެއްބަސްނުވުމުގެ ސަބަބުން އެދުވަހުގެ ޝަރީޢަތް މެދުކަނޑާލާފައިވާތީ، އެ ނުކުތާއާ ގުޅިގެން ޝަރީޢަތުން ނިންމިގޮތް ގާޒީ ވަނީ އަންގާރަ ދުވަހުގެ އަޑުއެހުމުގައި އިއުލާންކޮށް ދެއްވާފައެވެ.

އެ އިޖުރާއީ ނުކުތާއާ ގުޅިގެން ޝަރީއަތުން ނިންމާފައި ވަނީ، ދައުލަތުން ރައްދުގެ ގޮތުގައި އެއްވެސް ހުށަހެޅުމެއް ލިޔުމުން ހުށަހަޅާފައި ނުވާތީ، އަލުން އާ ހުށަހެޅުމެއް ހުށަނޭޅޭނެ ކަމަށާއި ނަމަވެސް، ދައުވާ ލިބޭފަރާތަށް ލިޔުމުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ލިޔުމުން ނޫންގޮތަކަށް ރައްދު ދިނުމުގެ ފުރުސަތު ހުއްޓުވާ ނުލެވޭނެ ކަމަށެވެ. ހަމައެއާއެކު ދައުވާ ލިބޭ ފަރާތުން އެންމެ ފަހުން ބޭއްވުނު އަޑުއެހުމުގައި އެ ފަރާތުން ހުށަހަޅާފައިވާ ސިޓީގައި ހިމެނޭ ތިން ނުކުތާއާ މެދު ކަނޑައެޅި ނިމިފައިވާ ނިންމުން ވެސް ގާޒީ ވަނީ އިއްވަވާ ދެއްވާފައެވެ.

އެގޮތުން، ފުރަތަމަ ނިންމުމަކީ ދައުވާ ލިބޭފަރާތަށް ވެސް އިތުރު އައު ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތްކަމާއި ދެވަނަ ނިންމުމަކީ، ހުށަހެޅި ހިނގަމުންދާ މި މައްސަލަ އަލުން އާ ފެށުމަކުން ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ނިންމާފައިވާތީ އަލުން އެފުރުސަތު ދެވެން ނެތްކަމެވެ. އަދި ތިންވަނަ ނިންމުމަކީ، ދައުވާ ސާފު ނުވާކަމަށް ވިދާޅުވެފައިވީ ނަމަވެސް، ދައުވާ ސާފު ކޮށްދެވައި، ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ އެންމެހާ ހެއްކަށް ރިއާޔަތްކޮށް، މަދަނީ މިންގަޑުން މައްސަލަ ކުރިއަށް ގެންދަން މީގެކުރިން މިމައްސަލަ ބެއްލެވި ގާޒީ ނިންމާފައިވާތީ، އަލުން އެދިފައިވާ ގޮތަށް އިއާދަ ނުކުރުމަށް ނިންމާފައިވާކަމެވެ.

އާޒިމާ، މިމައްސަލަ ދިގު ދަންމަން މަސައްކަތް ކުރެއްވުން

މި މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބޭއްވިފައި ވަނީ މި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ވެސް އާޒިމާ ވަނީ، މި ދެ ދައުވާ އަލުން ފައިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

މި މައްސަލަ ދިގު ދައްމާލަން އާޒިމާ މަސައްކަތް ކުރައްވާ އިރު، ނިމިދިއަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އާޒިމާ ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވަން ޖެހުމުން އެއަޑުއެހުން ކުރިއަށް ގެންދެވިފައި ވަނީ އެންމެ 15 ވަރަކަށް މިނެޓަށެވެ. އޭގެ ކުރިން އަޑުއެހުމެއް ބޭއްވިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 8 ވަނަ ދުވަހުއެވެ.

އެ އަޑުއެހުން ނިންމާލެއްވީ، އާޒިމާގެ ޤާނޫނީ ވަކީލެއް ނެތުމުން ޤާނޫނީ ވަކީލެއް ޢައްޔަނު ކުރުމުގެ ފުރުޞަތު މާރޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދެއްވާފައެވެ. އެ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވޭނެ ކަމަށް ވެސް ގާޒީ ހަސަން ސައީދު ވިދާޅުވެފައި ވެއެވެ. ނަމަވެސް ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން އެ ދުވަހުގެ އަޑުއެހުން ބާއްވާފައެއް ނުވެއެވެ.

ކޮވިޑް-19 ގެ ހާލަތުގެ ކުރިން އާޒިމާގެ މި ދެ ދަޢުވާ ވެސް ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަޙްމަދު ހައިލަމެވެ. ހައިލަމްގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލައި، އޭނާ ގާޒީ ކަމުން ވަކިކުރަން ނިންމުމާ ގުޅިގެން ހައިލަމް ވަނީ އިސްތިއުފާ ދެއްވާފައެވެ.

ދެން އޭގެ ކުރިން އަޑުއެހުމެއް ބާއްވާފައިވަނީ މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައި ވަނީ ޝަރީޢަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައެޅުމެވެ.

އެގޮތުން އާޒިމާގެ މައްޗަށް ކުރާ ދެ ދަޢުވާގައި ދަޢުލަތުން ހުށައެޅި ޝަފަޢީ ހެކިންގެ ގޮތުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް )ގެ ކުރީގެ ސީއީއޯ މުޙައްމަދު ޝަރީފު ހިމެނެއެވެ. އެ އަޑުއެހުމުގައި އާޒިމާ ވަނީ އެ ހެކިން ބަލައި ނުގަތުމަށް އެދިވަޑައިގަންނަވާފައެވެ.

އެގޮތުން ރައީސް ޔާމީނުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ފާހަގަ ކުރައްވާފައިވަނީ އެމަނިކުފާނަކީ މަނީ ލޯންޑަރިންގެ ދަޢުވާ ލިބޭ ފަރާތް ކަމަށާއި، އެ މައްސަލާގައި ދަޢުވާ ލިބޭ ފަރާތްކަމުން އެ މައްސަލައިގައި ހެކިބަސް ނުނެގޭނެ ކަމަށެވެ.

މުއައްވިޒު އާއި ލުޠުފީގެ ހެކިބަސް ނުނެގޭނެ ކަމަށް ދެކިވަޑައިގަންނަވާ ސަބަބު ކަމަށް އާޒިމާ ވިދާޅުވެފައި ވަނީ ކުށުގެ ތުހުމަތު ކުރެވޭ ފައިސާތަކެއް ބޭންކަށް ޖަމާވިކަން އެނގިހުރެ އެކަން ހުއްޓުވާފައި ނުވާތީއެވެ.

ބީއެމްއެލްގެ ޝަރީފުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވީ އޭނާއަކީ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު މަޢުލޫމާތު ދީފައިވާ ފަރާތެއް ކަމަށާއި، އަދި އޭނާ ދޮގު ހެކި ބަސް ދިނުމުގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖަވާބުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޤާނޫނީ ވަކީލު ވަނީ ސަބަބުތަކާއެކު، ހެކިންގެ ހެކިބަސް ނުނެގެންވީ ސަބަބެއް ނެތް ނެތްކަން ފާހަގަ ކުރައްވާފައެވެ. މި އަޑުއެހުން ކުރިއަށް ގެންދިޔައީ އޭރު މި މައްސަލަ ބެއްލި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު